މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓަށްވާނެ: މަހުލޫފު

Feb 21, 2022, 4:55 PM
މޯލްޑިވްސް ސްޕޯޓްސް އެވޯޑް އިއުލާނުކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޯލްޑިވްސް ސްޕޯޓްސް އެވޯޑް އިއުލާނުކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސްޕޯޓްސް އެވޯޑަކީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ އެންމެ ބޮޑު އިވެންޓަށްވާނެ ކަމަށާއި، މި އެވޯޑުގެ ސަބަބުން އެސޯސިއޭޝަންތަކާއި ކުޅުންތެރިންގެ މެދުގައި ރަނގަޅު ވާދަވެރިކަމެއް އުފެދި ކުޅިވަރަށް ކުރިއެރުން އަންނާނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގަ 17 ވަނަ ދުވަހު މާލޭ ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގަ އެވެ.

މުޅިން އަލަށް ބާއްވާ އެވޯޑާއި ގުޅޭގޮތުން މިނިސްޓަރު މަހުލޫފު ވިދާޅުވީ މި އެވޯޑް ތައާރަފް ކުރުމުގެ މައިގަނޑު ތިން މަގްސަދަކީ ކުޅުންތެރިން ކުރާ މަސައްކަތް ބަލައިގަތުމާއި، އަގުވަޒަން ކުރުމުގެ އިތުރުން ހިތްވަރުދިނުން ކަމަށެވެ.

"މިއަދަކީ ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ބޮޅެއް އިތުރުވާ ދުވަހެއް. ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކަައި ކުޅިވަރު އިންފްރާސްޓަރަކްޗާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެބަ ހިންގަން. އެތައް މިލިއަން ރުފިޔާ މިކަމަށް ހަރަދު ކޮށް ރާއްޖޭގެ ގައުމީ ޓީމުތައް ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން މި އަންނަނީ" މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ކުޅިވަރު ކުޅުންތެރިން ކާމިޔާބާ ހަމައަށް ދިއުމަށް ވަރަށް ބުރަކޮށް، ދާ އޮހުރުވައިގެން ގައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

"އެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުލަގަދަކޮށް ކުރާ ކަމެއް. ރާއްޖެ ފިޔަވައި ހުރިހާ ގައުމެއްގައި ވެސް މި ކަން ކުރޭ. މި އެވޯޑާ އެކު ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އެވޯޑުގެ ސަބަބުން ކުޅިވަރުގެ ކުރިއެރުމަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަން ހޮވުމުގެ އިތުރުން އެ ކުޅިވަރެއްގެ އެތުލީޓުންގެ މެދުގައި ވެސް ވާދަވެރިކަން އިތުރުވާނެ ކަަމަށް ވިދާޅުވި އެވެ. އަދި މި ކަމުގެ ސަބަބުން ކުޅިވަރުގެ ފެންވަރު ރަނގަޅުވެ، ކުރިއެރުމަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވެސް މިނިސްްޓަރު މަހުލޫފު ވިދާޅުވި އެވެ.

މި އެވޯޑަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ހަރަކާތަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި އިވެންޓުގައި ރާއްޖޭގެ ކުޅިވަރަށް އެކިއެކި ގޮތްގޮތުން އެހީތެރިވެވަޑައިގެން، ގާތްގުޅުމެއް ބަހައްޓަވާ އެކި ގައުމުުތަކުގެ ކުޅިވަރު ވަޒީރުންނާއި ދުނިޔޭގެ ފެންވަރުގައި ކުޅިވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތުން ވެސް ބައިވެރިވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"އަދި ދުނިޔޭގެ ފެންވަރުގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ކުޅިވަރު ލެޖެންޑުން، ވޯލްޑް ރެކޯޑް ހޯލްޑަރުން މި އިވެންޓުގައި ބައިވެރިވާނެ. މިހާރު ވެސް ކުޅިވަރުގައި ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން ބައިވެރިވާނެ. ކުލަގަދަ، އެހާމެ ވަރުގަދަ އިވެންޓަކަށް މި އިވެންޓްވާނެ. މިހާރު އެބޭފުޅުން މިކޮޅަށް ވަޑައިގަތުމުގެ އެކި އެކި އެރޭންޖްމަންޓް މިހާރު މިދަނީ ހަމަޖައްސަމުން،" އެވޯޑާ ގުޅިގެން ރޭވިފައިވާ ކަންތައްތަކާ ބެހޭގޮތުން މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ މި އިވެންޓުގައި ހާއްސަ މެހުމާނުންގެ ގޮތުގައި ބައިވެރިވާ ފަރާތްތަކުގެ މައުލޫމާތުތައް ކުރިއަށް ހުރި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހާމަކުރައްވާނެ ކަމަށެވެ.

މުޅިން އަލަށް ބާއްވާ އެވޯޑުގައި އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން)، ކޮންމެ ކުޅިވަރެއް ވަކިވަކިން އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން) ހޮވާނެ އެވެ.

އޭގެ އިތުރުން ސްޕެޝަލް އެބިލިޓީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކޯޗު (އަންހެން/ފިރިހެން)، އަހަރުގެ އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް (އަންހެން/ފިރިހެން)، އެންމެ މޮޅު ސިއްހީ އެހީތެރިޔާ (އަންހެން/ފިރިހެން)، އެންމެ އުންމީދީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރު، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާ އަދި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީނުމަށްވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑްތަކަށް ނަން ހުށަހެޅުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު، ނަންތައް ނޮމިނޭޓްކުރާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނެވެ. އެސޯސީއޭޝަންތަކުން ހުށަހަޅާ ނަންތަކުގެ ތެރެއިން އެވޯޑް ލިބޭ ފަރާތެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލަކުންނެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "އަދަދު" އޮންލައިން އެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރާއްޖެ ޓީވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox