ޑަނީލޯގެ ލަނޑާއެކު ފަހު ވަގުތު ޔުވެންޓަސް އަށް ޕޮއިންޓެއް

Feb 14, 2022, 8:22 AM
ލަނޑު ޖެހުމަށް ފަހު ޑަނީލޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޑަނީލޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޯމް (ފެބްރުއަރީ 14) - މެޗުގެ އިތުރު ވަގުތުގައި ޑިފެންޑަރު ޑަނީލޯ ޖެހި ލަނޑާ އެކު، އިޓާލިއަން ސީރިއާގައި ރޭ ޔުވެންޓަސް ކުޅުނު މެޗުގައި އެޓަލަންޓާއާ އެއްވަރުވެއްޖެ އެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމުގެ ޔޫކްރޭން މިޑްފީލްޑަރު ރުސްލާން މަލިނޮވްސްކީ ޖެހި ލަނޑާއެކު އެޓަލާންޓާ އިން ލީޑު ނެގި އެވެ. ހާފުގެ މެދެއްހާ ހިސާބުން މަލިނޮވްސްކީ މި ގޯލު ޖެހި ހިލޭ ޖެހުމަކުންނެވެ. އޭނާ ފޮނުވާލި ބާރު ބޯޅަ ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ އަތްމަތިން ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެެވެ. އޭގެ ފަހުން މަލިނޮވްސްކީ ދިން ބޯޅައަކުން ހަންޒް ހަޓެބޯ ހުސްކޮށްއަރައި ޖެހި ބޯޅަ ބޭރުވީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް، ބެލެވިފައި އޮތީ ޔުވެންޓަސް ފަހަތަށް ޖައްސާލައި، އެޓަލާންޓާ ގަދަ ހަތަރަކަށް އަރާނެ ކަމަށެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގައި ޕައޮލޯ ޑިބާލާ ނެގި ކޯނަރަކުން، ޑަނީލޯ ވަނީ ލަނޑު ޖަހައި، ޔުވެންޓަސް އަށް މުހިންމު ޕޮއިންޓެއް ހޯދައިދީފަ އެވެ.

ޔުވެންޓަސް ތާވަލްގެ ހަތަރު ވަނައިގައި އޮތީ 46 ޕޮއިންޓާ އެކު އެވެ. އެޓަލާންޓާ ފަސް ވަނައިގައި އޮތީ 44 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު، ޔުވެންޓަސް ވަނީ އިތުރަށް އެއް މެޗު ކުޅެފަ އެވެ.

އިޓާލިއަން ސީރިއާގައި ރޭ ރޯމާ އާއި ސަސުއޯލޯ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެނެވެ. ސަސުއޯލޯގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ރޯމާ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ޓެމީ އަބްރަހަމް އެވެ. މިއީ މި ފަހަރު ލީގުގައި އަބްރަހަމް ޖެހި 11 ވަނަ ގޯލެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު، ރޯމާގެ ޑިފެންޑަރު ކްރިސް ސްމޯލިން އަތުން ބައިކޮޅަށް ވަތް ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަވި އެވެ. ސަސުއޯލޯ އިން ލީޑު ނެގީ 76 ވަނަ މިނިޓުގައި ހަމަދް ޓްރައޯރޭ ޖެހި ލަނޑުންނެވެ. ރޯމާ މެޗުން ޕޮއިންޓެއް ހޯދީ މެޗުގެ އިތުރު ވަގުތުގައި ބްރަޔަން ކްރިސްޓަންޓޭ ޖެހި ލަނޑުންނެވެ.

ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ ތާވަލްގެ ހަތް ވަނައިގައި މިހާރު އޮތީ 40 ޕޮއިންޓާއެކު އެވެ. ރޭ އޭސީ މިލާނުން ވަނީ 1-0 އިން ސަމްޑޯރިއާ ބަލިކޮށް ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox