ޕީއެސްޖީއާ ދެކޮޅަށް ބެންޒެމާ ނުފެނުމުގެ ބިރު އެބައޮތް

Feb 11, 2022, 3:38 AM
ޕީއެސްޖީއާ ދެކޮޅަށް ބެންޒެމާ ނުފެނުމުގެ ބިރު އެބައޮތް

މެޑްރިޑް (ފެބްރުއަރީ 11) - ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ އަށް މި ހަފްތާގައި ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

މިދިޔަ މަހު ސްޕެނިޝް ލީގުގައި އެލްޗޭއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި އުމުރުން 34 އަހަރުގެ ބެންޒެމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ.

ސްޕެނިޝް ކަޕްގައި އެތުލެޓިކް ބިލްބާއޯ އަތުން ބަލިވެ، ރެއާލް ކެޓި މެޗުގައި އަނިޔާގެ ސަބަބުން ބެންޒެމާ އަށް ނުކުޅެވުނެވެ. ކުރިން ބެލެވުނީ ރެއާލުން ޗެމްޕިއަންސް ލީގުގައި އަންނަ އަންގާރަ ދުވަހުގެރޭ ޕީއެސްޖީއާ ކުޅޭ މެޗަށް ބެންޒެމާ ފިޓްވާނެ ކަމަށެވެ. އެކަމަކު، އެ ފުރުސަތު މިހާރު އޮތީ ހަނިކޮށް ކަމަށް ފްރާންސްގެ ނޫސްތަކުން ބުނެ އެވެ.

ފްރާންސްގެ މަޝްހޫރު ނޫސް، ލެކިއުޕޭ އިން ރިޕޯޓްކުރާ ގޮތުގައި ބެންޒެމާގެ ރިކަވަރީގެ ކަންތައްތައް ލަސްކޮށްދާތީ، ރެއާލްގެ މެޑިކަލް ޓީމުން ވަނީ އެކަން އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީގެ ސަމާލުކަމަށް ގެނެސްފަ އެވެ. ބެންޒެމާގެ ރިހެބިލިޓޭޝަންގެ ކަންކަން މި ވަގުތު ކުރިއަށްދާ ދުވެއްޔަށް ބަލާއިރު، ޕީއެސްޖީ މެޗު އޭނާ އަށް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ރެއާލްގެ މެޑިކަލް ޓީމުން ވަނީ އަންޗެލޮޓީ ގާތުގައި ބުނެފަ އެވެ.

ދާދި ފަހުން ރެއާލްގެ ޓްރެއިނިންގައި ބެންޒެމާ ބައިވެރިވާން ފެށި ނަމަވެސް ކުރިއަށް ގެންދަނީ އިންޑިވިޖުއަލް ތަމްރީންތަކެވެ. ޓީމު ޓްރެއިނިންގައި ބައިވެރިވާން ބެންޒެމާ އަށް މުއްދަތެއް ނަގާނެ އެވެ.

މިހާރު އޮތްގޮތުން ސްޕެނިޝް ލީގުގައި މި ހަފްތާގައި ވިޔަރެއާލާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުގައި ބެންޒެމާ ބޭނުމެއް ނުކުރާނެ އެވެ. އެއީ ވެސް ޕީއެސްޖީ މެޗަށް ބެންޒެމާ ފިޓްކުރަން ނިންމި ނިންމުމެކެވެ.

ބެންޒެމާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 28 މެޗުން 24 ގޯލު ޖަހައި، ނުވަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ނޮކައުޓް ބުރުގެ ގުރުއަތުލުން ދެ ފަހަރު ބާއްވަން ޖެހުނެވެ. އެއީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. ފުރަތަމަ ބޭއްވި ގުރުއަތުލުމުން ރެއާލާ ކުޅެން ޖެހުނީ ބެންފީކާއާ އެވެ. އެކަމަކު، ދެ ވަނަ ފަަހަރަށް ގުރުއަތުލުމުން ޕީއެސްޖީއާ ކުޅެން ޖެހުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox