ޔޫތު ޗެމްޕިއަންޝިޕް: ލަނޑު ގޯންޏަކާ އެކު އީގަލްސް ސެމީ ފައިނަލަށް

Feb 5, 2022, 1:18 PM
ގްރީން ސްޓްރީޓްސްގެ ތިން ކުޅުންތެރިން ކައިރިން އީގަލްސްގެ ޒައިން ޒަފަރު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ގްރީން ސްޓްރީޓްސްގެ ތިން ކުޅުންތެރިން ކައިރިން އީގަލްސްގެ ޒައިން ޒަފަރު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް 11-0 އިން ބަލިކޮށް ކްލަބް އީގަލްސް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މި މެޗުގައި އީގަލްސްގެ މުހައްމަދު ސަމާހު މޫސާ ފަތުހީ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ޒައިން ޒަފަރާއި މުހައްމަދު ރަޔާން މުސްއަދު މަންސޫރު ކޮންމެ ކުޅުންތެރިއަކު ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ސެމީގައި އީގަލްސް ކުޅޭނީ ގްރޫޕް ބީން ދެ ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އެ މެޗު އޮންނާނީ ބުދަ ދުވަހު ހަވީރު އެވެ.

ފަސް ޓީމު ވާދަކުރާ ގްރޫޕް އޭގެ އެއް ވަނަ ހޯދީ އީގަލްސް އިންނެވެ. އީގަލްސް އަށް 10 ޕޮއިންޓް ލިބުނުއިރު، ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ސެމީގެ ޖާގަ ލިބޭކަން ޔަގީންވާނީ މިރޭ ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭ މެޗަށް ފަހު އެވެ.

ތިން ވަނައިގައި އޮތް ސަސް އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މިރޭ ދަ ގްރާންޑޭ އަތުން ސަސް މޮޅުވެއްޖެނަމަ އެ ޓީމަށް ސެމީގެ ޖާގަ ލިބި މާޒިޔާ ކަޓާނެ އެވެ. ޔޫތު ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދި ގްރީން ސްޓްރީޓްސް މި ފަހަރުގެ މުބާރާތް ނިންމާލީ ޕޮއިންޓެއް ވެސް ނުލިބި ކުޅުނު ހަތަރު މެޗުން ބަލިވެ، ގްރޫޕް އޭގެ ފުލުގައި އޮވެގެންނެވެ.

ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ކައިރިން އީގަލްސްގެ ސަމާހު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ ސިޑިބަރި.އެމްވީ

މެޗުގެ ފުރަތަމަ މިނިޓުން ފަށައިގެން އީގަލްސް އިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. ފުލުފުލުގައި ގްރީން ސްޓްރީޓްސްގެ ގޯލާ އަމާޒުކޮށް ހަމަލާތައް ފޮނުވާލަމުންދިޔަ އެވެ. އެ ގޮތުން މެޗުގެ ފަސް ވަނަ މިނިޓްގައި އީގަލްސްގެ ފޯވާޑް ޒައިން ޒަފަރު އޭރިއާތެރެއިން ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު އަލީ އަބާން މުހައްމަދު ވަނީ ފައިން މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން އީގަލްސް އިން ވަނީ ލީޑުނަގައިފަ އެވެ. ހަސަން ސަހާފް މި ގޯލު ޖެހީ އޭރިއާތެެރެއިން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

އީގަލްސް އިން ލީޑުފުޅާކުރީ މެޗުގެ އަށް ވަނަ މިނިޓްގައި ރަޔާން ޖެހި ގޯލުންނެވެ. ރަޔާން މި ގޯލު ޖެހީ އެ ޓީމުގެ ވާތުބެކް ހުސެއިން ޒައިން ހަނީފް ނަގައިދިން ހުރަހަކުންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި އޭރިއާތެެރެއިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ޒައިން ޒަފަރު ވަނީ އީގަލްސްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން އީގަލްސްގެ ހަތަރު ވަނަ ގޯލު ޖެހީ ރަޔާން އެވެ. ޒައިން ހަނީފް ނެގި ހުރަހަކުން ސަހާފް އޭރިއާތެރެއިން ހުސްކޮށްލާފައި ރަޔާނަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ 31 ވަނަ މިނިޓްގައި އީގަލްސްގެ ޒައިން ޒަފަރު އެ ޓީމަށް ފަސް ވަނަ ގޯލެއް ޖަހައިދޭން އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ހަތް މިނިޓް ފަހުން އީގަލްސް އިން ވަނީ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. ސަހާފް ދިން ބޯޅައަކުން މި ގޯލު ޖެހީ ސަމާހު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސަމާހު ވަނީ އޭނާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފަށް ނުކުތީ ކީޕަރު އަބާންގެ ބަދަލުގައި އަލީ ޔަނީއު އަހުމަދު ކުޅެން އަރުވައިގެންނެވެ. މެޗުގެ 59 ވަނަ މިނިޓްގައި ސަމާހު ވަނީ އޭނާގެ ތިން ވަނަ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މުހައްމަދު ފާލިލް ފާއިގް ނެގި ހުރަހަކުން ސަމާހު މި ގޯލު ޖެހީ ވޮލީއަކުންނެވެ.

އޭގެ ފަހުން އީގަލްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ކީޕަރު ޔަނީއު ވަނީ މަތަކޮށްފަ އެވެ. އީގަލްސް އިން އަށް ވަނަ ގޯލު ޖެހީ މެޗުގެ 75 ވަަނަ މިނިޓްގަ އެވެ. ސަމާހު އޭރިއާތެެރެއިން ހުރަސްކޮށްލި ބޯޅަ ޒައިން ޒަފަރު ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ސަމާހު ދިން ބޯޅައަކުން ރަޔާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، އީގަލްސްގެ ނުވަ ވަނަ ގޯލު ޖަހައިފަ އެވެ.

ޒައިން ޒަފަރު ވަނީ މެޗުގެ 80 ވަަނަ މިނިޓްގައި އީގަލްސްގެ 10 ވަނަ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މުހައްމަދު ޒައިން ނަގައިދިން ހުރަހަކުން ޒައިން ޒަފަރު ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ޒައިން ޒަފަރު ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ސަމާހު ވަނީ ގޯލުގެ ތިރީ ކަަަނަށް ބޯޅަ ފޮނުވާލައި އީގަލްސްގެ 11 ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސަމާހު އެވެ.

މިރޭ ސަސް އާއި ދަ ގްރާންޑޭ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ފަށާނީ 8:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox