ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ އަށް އުންމީދެއް

Jan 30, 2022, 1:19 PM
ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް 2-1 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދެއް ހޯދައިފި އެވެ.

ކުޅުނު ފުރަތަމަ މެޗުން ދަ ގްރާންޑޭ ވަނީ އީގަލްސް އަތުން ބަލިވެފަ އެެވެ. ގްރީން ސްޓްރީޓްސް ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތްދަށުވެފަ އެވެ. މިއަދު ގްރީން ސްޓްރީޓްސް އަތުން މޮޅުވެ، ދަ ގްރާންޑޭ އަށް ވަނީ ސެމީ އަށް ދިއުމުގެ އުންމީދެއް ލިބިފަ އެވެ.

ފަސް ޓީމު ވާދަކުރާ ގްރޫޕް އޭގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން މޮޅުވެގެން އީގަލްސް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ހަތަރު ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތީ 2018 ވަނަ އަހަރުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް އެވެ. އެ ޓީމަށް ދެ މެޗު ކުޅުނުއިރު ޕޮއިންޓެއް ނުލިބެ އެވެ.

މެޗު ފަށައިގެން ގްރީން ސްޓްރީޓްސް އިން ރަނގަޅަށް ކުޅެ 12 ވަނަ މިނިޓްގައި ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން ގްރީން ސްޓްރީޓްސްގެ މުހައްމަދު އައިހަމް ބޮލުން ޖެހި ބޯޅައެއް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ދަ ގްރާންޑޭ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދަ ގްރާންޑޭ އިން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ މެޗުގެ 16 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ދަ ގްރާންޑޭގެ ކެޕްޓަން ނަޒާހު އަބްދުލް ރަހީމް އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދަ ގްރާންޑޭ އަށް މެޗުގެ 25 ވަނަ މިނިޓްގައި ލީޑުނަގަން ޕެނަލްޓީއެއް ލިބުނެވެ. ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު އަލީ އަބާން މުހައްމަދު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން ދަ ގްރާންޑޭގެ މުހައްމަދު ލަޔާން އަހުމަދު ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ގޯލެއް ޖަހަން ދަ ގްރާންޑޭ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 38 ވަަނަ މިނިޓްގަ އެވެ. އިބްރާހިމް ނަޒީހު އޭރިއާތެރެއަށް ޖައްސާލި ބޯޅަ ޝިމަން އަބްދުލް ޝަކޫރު ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދަ ގްރާންޑޭގެ ކެޕްޓަން ނަޒާހު ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ދަ ގްރާންޑޭގެ މުހައްމަދު ރިމްހާން ގާސިމް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެެވެ.

ދަ ގްރާންޑޭ އިން ދެ ގޯލުގެ ލީޑެއްގައި އޮވެގެން ދެ ވަނަ ހާފު ފަށައިގެން ކުޅެމުން ދިޔައިރު، މި ހާފުގައި އެ ޓީމުން ބޮޑަށް މަސައްކަތް ކުރީ އޭރިއާބޭރުން ޝޮޓް ޖަހައިގެން ގޯލު ޖަހާށެވެ. އެ ގޮތުން ދަ ގްރާންޑޭގެ އަހުމަދު ޖާހު މުހައްމަދާއި މިލްހާން އިބްރާހިމް ފޮނުވާލި ބޯޅަތައް ގްރީން ސްޓްރީޓްސްގެ ކީޕަރު އަބާން ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި މެޗުގައި ގްރީން ސްޓްރީޓްސް އިން ޖެހި ގޯލަކީ މެޗުގެ 68 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ ކީޕަރު ނައްފާޒް ސައުދަށް ހެދުނު ގޯހަކުން ޖެހި ގޯލެކެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކީޕަރު ނައްފާޒް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އޭނާ އަށް ނުލިބި އެ ބޯޅަ ހޯދީ ގްރީން ސްޓްރީޓްސްގެ އައިހަމް އެވެ. އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ގްރީން ސްޓްރީޓްސް އިން ކުރި މަސައްކަތް ހުއްޓުވުމުގައި ދަ ގްރާންޑޭގެ ކީޕަރު ނައްފާޒު އިސް ރޯލެއް ކުޅުނެވެ. އޭނާ ވަނީ ރަނގަޅު ވަގުތުތަކުގައި މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ 8:30 ގައި ފަށާ މެޗުގައި މާޒިޔާ ކުޅޭނީ އީގަލްސްއާ އެެވެ. އީގަލްސް މި މެޗުން މޮޅުވެއްޖެނަމަ ސެމީ ފައިނަލްގެ ޖާގަ ގާތްގަނޑަަކަށް ޔަގީންވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox