ޔޫތު ޗެމްޕިއަންޝިޕް: އިޝްފާގުގެ މޮޅު ގޯލުން މަހިބަދޫ އިން ޔުނައިޓެޑް ވިކްޓްރީއާ އެއްވަރުކޮށްފި

މަހިބަދޫ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ ސިޑިބަރި.އެމްވީ

މަހިބަދޫ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ ސިޑިބަރި.އެމްވީ

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަލީ އިޝްފާގު ހަސަން ޖެހި މޮޅު ގޯލުން އެ ޓީމުން މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ 1-1 އިން އެއްވަރުކޮށްފި އެވެ.

މިރޭގެ މެޗު ފަށައިގެން ނުރައްކާތެރި ހަމަލާތައް އުފައްދަމުން ދިޔައީ ޔުނައިޓެޑް ވިކްޓްރީ އިންނެވެ. އެ ގޮތުން މެޗުގެ ފަސް ވަނަ މިނެޓުގައި ޔޫވީގެ އަބްދުއްރަހްމާން ތިބްޔާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ. އޭގެ ފަސް މިނެޓު ފަހުން ތިބްޔާން ޔޫވީގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީކަނަށް އަމާޒުކޮށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ މަހިބަދޫގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ފުރަތަމަ ހާފް އެއްކޮށް ޑޯމިނޭޓްކޮށްގެން ޔޫވީ އަށް ފުރަތަމަ ގޯލް ޖަހަން އެންމެ ހުސް ފުރުސަތު ލިބުނީ އެޓީމްގެ އަލްހިމް ފަލާހު ޝަރީފަށެވެ. އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅައިގައި ބާރެއް ނެތެވެ. މަހިބަދޫގެ ކީޕަރު މުހައްމަދު އިގްޔާން އިގްބާލް އެ ބޯޅަ ހޯދީ އުނދަގޫކަމެއް ނެތި އެވެ.

އޭގެ ތިން މިނެޓު ފަހުން ޔޫވީ އަށް އަނެއްކާ ވެސް ހުސް ފުރުސަތެއް ލިބުނެވެ. ލަމާން ޒާހިރު ފޮނުވާލި ކީޕަރުގެ އަތުގައި ޖެހިފައި ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި އާލީ މީސާގް އީސާ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

ޔޫވީން މެޗުގެ ގޯލް ޖެހީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. އަރިމަތިން ބޯޅަ ހިފައިން ގޮސް ލަމާން ނެގި ހުރަސް މިފަހަރު މީސާގް ގޯލްގެ އަރިމަތީ ކަނަށް އަމާޒުކޮށްލި އެވެ. ކީޕަރު އިގްޔާނަށް ބޯޅަ ދިފާއުކުރަން އެއްވެސް ފުރުސަތެއް ނުލިބުނެެވެ.

ލީޑުފުޅާކުރަން ޔޫވީ އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަނގަޅު ފުރުސަތެއް ލިބުނެވެ. މީސާގް ނަގައިދިން ހުރަސް އަލްހިމް އަށް މުޅިން ހުސްކޮށް އޮތް ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފުގައި މަހިބަދޫން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ ފެނުނީ ފުރަތަމަ ހާފުގެ ފަހު މިނިޓްގަ އެވެ. އެ ބޯޅަ ޔޫވީ ކީޕަރު އަލީ ޝައިބާން ދިފާއުކުރި އެވެ. މަހިބަދޫގެ ހަސަން ނާއިމް ފޮނުވާލި ބޯޅަ ދިޔައީ ސީދާ ކީޕަރާ ޝައިބާންއާ ދިމާލަށެވެ.

ދެ ވަނަ ހާފު ފަށައިގެން ހަމަހަކޮށް ފެނުނުއިރު، މަހިބަދޫ އިން ކައުންޓަ އެޓޭކުގައި ހަމަލާއެއް އުފައްދަން މަސައްކަތްކުރި އެވެ. ނަމަވެސް އޭރިއާ ތެރެއަށް ވަނުމުގެ ކުރިން ޔޫވީގެ ޑިފެންޑަރުންވަނީ މަހިބަދޫގެ ފޯވާޑް މުހައްމަދު އިޝްހަމް އަށް ފައުލްކޮށްފަ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުން އަލީ އިސްބާގް ފޮނުވާލި ބޯޅަ ކީޕަރު ޝައިބާން އަތުގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުނު ނަމަވެސް މަހިބަދޫ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން އޭނާ ވަނީ އެ ބޯޅަ އަލުން ހޯދައިފަ އެވެ.

މެޗުގެ 55 ވަނަ މިނިޓްގައި އޭރިއާ ބޭރުން ޔޫވީގެ މުހައްމަދު ލީވާން ފޮނުވާލި ހަމަލާ އަމާޒުވީ މަހިބަދޫގެ ކީޕަރު އިގްޔާން އަތަށެވެ. އޭގެ މިނެޓެއް ފަހުން ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ތިބްޔާން އޭރިއާ ތެރެއަށް ވަދެ ނެގި ބޯޅަ ޔޫވީގެ އަލީ މީސާގް ޖަހަ ޖަހަ އޮއްވާ ކީޕަރު އިގްޔާން ދިފާއުކުރި އެވެ. އިގްޔާން އަތުގައި ޖެހިފައި ދެ ވަނަ ފަހަރަށް ނިކުތް ބޯޅަ ތިބްޔާން ނަގައިދިނުމުން ލިބުނީ މުޙައްމަދު ރާއިފް އަށެވެ. އޭނާ އުނދަގޫ ގޮތަކަށް ހުރެ އޮވަހެޑް ކިކަކުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ.

ޔޫވީގެ ލީޑް ފުޅާކުރަން ތިބްޔާން އަށް އިތުރު ފުރުސަތެއް 80 ވަނަ މިނެޓުގައި ވެސް ލިބުނެވެ. އޭރިއާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ މިފަހަރު ވެސް ކީޕަރު އިގްޔާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހު ދިހަ މިނެޓުގައި ގޯލެއް ޖެހުމަށް މަހިބަދޫ އިން ކުރިއަށް ޖެހިލައިން މަސައްކަތް ފެށި އެވެ. އެ ގޮތުން އެޓީމުގެ ނާއިމް އަރިމަތިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މަހިބަދޫ އިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށެވެ. ކެޕްޓަން އިިސްފާގު، ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ. މިއީ ޔޫތު ޗެމްޕިއަންޝިޕްގެ ތާރީހުގައި ވެސް ފެންނާނެ އިންޑިވިޖުއަލް ގޯލުތަކަށް ބަލާއިރު މޮޅު ގޯލެކެވެ.

މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭނީ ގްރޫޕް އޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބު ގްރީން ސްޓްރީޓްސް އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ ޓީސީ ސްޕޯޓްސް ކުލަބް އާއި ކުލަބު ވެލެންސިއާ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން ވަނީ 1-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox