ޔޫތު ޗެމްޕިއަންޝިޕް: ސަސް ބަލިކޮށް އީގަލްސް ފެށުން ރަނގަޅުކޮށްފި

ލަނޑު ޖެހުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މިހާރު

ލަނޑު ޖެހުމަށް ފަހު އީގަލްސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މިހާރު

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-0 އިން ބަލިކޮށް އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕްގެ ފެށުން ކުލަބް އީގަލްސް އިން ރަނގަޅުކޮށްފި އެވެ.

ނަވާރަ އަހަރުން ދަށުގެ ކުޅުންތެރިންނަށް އަަމާޒުކޮށްގެން މި ފަހަރު ކުރިއަށްދާ މި ޔޫތު މުބާރާތުގައި މި އަހަރު ނުވަ ޓީމެއް ވާދަކުރެ އެވެ. އެއީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ފަސް ޓީމު ހިމެނޭ ގްރޫޕް އޭގައި އީގަލްސް އާއި މާޒިޔާ އަދި ގްރީން ސްޓްރީޓްސްގެ އިތުރުން ދެން ހިމެނެނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބާއި ކުލަބް ވެލެންސިއާ އަދި މަހިބަދޫގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.

މެޗުގައި ފުރަތަމަ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލީ ސަސް އިންނެވެ. އޭރިއާ ބޭރުން ސަސްގެ އަހުމަދު ޖުމާން ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ޝައިހާން އަލީ ވަނީ ދިފާއުކޮށް، ހުރަސް ދަނޑި މަތިން ބޭރުކޮށްލާފަ އެވެ.

އީގަލްސް އިން ކުުޅުން ރަނގަޅުކޮށް މެޗުގެ ހަތްވަނަ މިނެޓުގައި ފުރަތަމަ ހަމަލާ އުފެއްދި އެވެ. އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމުން މިޑްފިލްޑަރު އިބްރާހިމް ޝަރީފް ނަގައިދިން ބޯޅަ ބޮލުން ކެޕްޓަން ހުމައިދު ހުސައިން ފޮނުވާލި ނަމަވެސް އެ ހަމަލާ ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވި އެވެ. އޭގެ ދެ މިނެޓު ފަހުން މުޙައްމަދު ރިޝާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަަށެވެ.

ފުރަތަމަ ހާފުގެ އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ސަސް އިންނެވެ. އޭރިއާ ބޭރުން އަލީ ޝާޒް ހަބީބު ފޮނުވާލި ބާރު ހަމަލާ ކީޕަރު ޝައިހާން ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ގޯލް އީގަލްސް އިން ޖެހީ 32 ވަނަ މިނެޓުގަ އެވެ. މި ގޯލް ޖަހައިދިނީ މުޙައްމަދު ސަމާހު މޫސާ އެވެ. ހާފްގެ މެދުތެރެއިން އިސްމާއިލް ސާއިފް ދިން ޕާސް ކޮންޓްރޯލް ކުރުމަށްފަހު ސަމާހު އޭރިއާ ތެރެއަށް ވަދެ ގޯލްގެ މަތީ ކަނަށް ބޯޅަ ފޮނުވާލީ ސަސްގެ ކީޕަރު ޔޫސުފް މީސަމް އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރުމަށް ސަސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 43 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ހުސްކޮށް ހުރެ ފޯވާޑް ޝާޒް ފޮނުވާލި ބޯޅަ ކީޕަރު ޝައިހާން ދިފާއުކުރީ އެވެ.

ދެ ވަނަ ހާފުގައި ވެސް ހުސް ފުރުސަތުތައް ތަނަވަސް ކުރީ އީގަލްސް އިންނެވެ. އެ ގޮތުން މެޗުގެ 58 ވަނަ މިނިޓުގައި ސަމާހު އަށް ހުސް ފުރުސަތެއް ލިބުނެވެ. އީގަލްސްގެ މުޙައްމަދު ރިޝާން ނަގައިދިން ހުރަސް ސަސްގެ ޑިފެންޑަރު އަހުމަދު ރީހާން ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިބުނީ ސާމާހު އަށެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ކީޕަރު މީސަމް ހުށިހާރުކަމާ އެކު ދިފާއުކުރި ކުރިއެވެ.

އޭގެ ދެ މިނެޓު ފަހުން އީގަލްސް އަށް ލީޑް ފުޅާ ކުރަން ވަރަށް ހުސް ފުރުސަތެއް ލިބުނެވެ. ރިޝާން މުޅިން ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު މީސަމް މިފަހަރު ވެސް ދިފާއު ކުރިއެވެ. ރިޝާން އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ބަދަލުގައި އަރިމަތީގައި މުޅިން ހުސްކޮށް ހުރި ސަމާހު އަށް ބޯޅަ ދިންނަމަ ގޯލެއް ޖަހަން މާ ފުރުސަތު ބޮޑުވީހެވެ.

މެޗުގެ ފަހު ފަންސަވީސް މިނެޓުގައި ސަސް އިން ގޯލެއް ޖެހުމަށް ކުރިއަށް ޖެހިލައިގެން ކުޅުނެވެ. ނަމަވެސް އީގަލްސްގެ ކީޕަރު ޝައިހާން ދިފާއުކުރަންޖެހޭ ވަރުގެ ނުރައްކާ ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. ސަސްގެ ހަމަލާތައް ހުއްޓުވުމަށް އީގަލްސްގެ ޑިފެންސް ލައިން ލީޑްކުރި ކެޕްޓަން ހުމެއިދު ހުސައިން މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ހުމެއިދު އެވެ. މި ސީޒަނުގައި އީގަލްސް ސީނިއާ ޓީމުގައި ވެސް ހުމެއިދު ވަނީ ކުޅެފަ އެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގައި ވާދަކުރާނީ މަހިބަދޫ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox