ފަހު ވަގުތު ސަލާމަތްވެ އިންޓަ އިޓާލިއަން ކަޕް ކުއާޓާ ފައިނަލަށް

Jan 20, 2022, 7:41 AM
ފަހު ވަގުތު ސަލާމަތްވެ އިންޓަ އިޓާލިއަން ކަޕް ކުއާޓާ ފައިނަލަށް

މިލާން (ޖެނުއަރި 20) - އެމްޕޯލީ އަތުން ބަލިވާން ދަނިކޮށް ފަހު ވަގުތު ސްޓެފާނޯ ސެންސީ ގޯލެއް ޖަހައި އިންޓަ މިލާނަށް ކޮޕަ އިޓާލިއާގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިދީފި އެވެ.

އެމްޕޮލީ އަތުން އިންޓަ މޮޅުވީ 3-2 އިންނެވެ.

އިންޓަ ހިމެނޭ ގޮތަށް އިޓާލިއަން ކަޕް ކުއާޓަ ފައިނަލުން ރޯމާ ފިޔަވާ ބޮޑެތި ހުރިހާ ޓީމެއްވަނީ ޖާގަ ހޯދާފަ އެވެ. މިގޮތުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ޔުވެންޓަސް، އެޓަލާންޓާ، ލާޒިއޯ އަދި އޭސީ މިލާން ވެސް ވަނީ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިފަ އެވެ.

އެމްޕޯލީ އަތުން ރޭ މޮޅުވި މެޗުގެ ފުރަތަމަ ގޯލް ޖެހީ ވެސް އިންޓަ އިންނެވެ. މި ގޯލު މެޗުގެ 13 ވަނަ މިނިޓްގައި ޖަހައިދިނީ މި ސީޒަންގަައި ރަނގަޅު ފޯމެއްގަ ހުރި ފޯވާޑް އަލެކްސިސް ސަންޗޭޒް އެވެ. ފުރަތަމަ ހާފުގައި އިންޓަ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ކީޕަރު އަންދްރޭ ރަޑޫ ވަނީ އެމްޕޯލީގެ ފޯވާޑުން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

އެމްޕޯލީން އެ ޓީމުގެ ފުރަތަމަ ގޯލް ޖެހީ ދެ ވަނަ ހާފުގަ އެވެ. ނަދީމް ބަޖްރާމީގެ ގޯލުން އެއްވަރު ކުރި ފަހުން ގާތްގާތުގައި އެ ޓީމުން ހަމަލާތައް އުފެއްދި އެވެ. ނަތީޖާއެއްގެ ގޮތުން އިންޓަގެ ގޯލް ކީޕަރު ރަޑޫ އަތުން ބައިކޮޅަށް ގޯލެއް ވަދެ އެމްޕޯލީ އަށް ލީޑް ލިބުނެވެ. މެޗުގެ ބާކީ ވަގުތު ކޮޅު އެޓީމުން ކުޅުނީ ޑިފެންސަށް ބޮޑު އިސްކަމެއް ދީގެންނެވެ.

ގޯލެއް ޖެހުމަށް ކުރިއަށް ޖެހިގެން ކުޅުނު އިންޓަގެ މަސައްކަތް ކާމިޔާބުވީ މެޗުގެ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ. މި ގޯލް ޖަހައިދިނީ އަންދްރޭ ރަނޮކިއާ އެވެ. އެންމެ ފަހުން ރަނޮކިއާ އިންޓަ މިލާނަށް ގޯލެއް ޖަހައިދިނީ މީގެ ދެ އަހަރު ކުރިންނެވެ. އެއީ ވެސް އިޓާލިއަން ކަޕްގެ މެޗެއްގަ އެވެ.

ފުރިހަމަ ވަގުތުގައި ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ. އިންޓަ މެޗުން މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގަ ސެންސީ ޖެހި ގޯލުންނެވެ.

އިންޓަ، އިޓާލިއަން ކަޕްގެ ކުއާޓާގައި ނުކުންނާނީ ރޯމާ އާއި ލެޗޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox