ސޫދާން ބަލިކޮށް މިސްރު ދެ ވަނަ ބުރަށް

Jan 20, 2022, 3:27 AM
ސޫދާން ބަލިކޮށް މިސްރު ދެ ވަނަ ބުރަށް

ޔައުންޑޭ، ކެމަރޫން (ޖެނުއަރީ 20) - އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ސޫދާން 1-0 އިން ބަލިކޮށް މިސްރުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.

މިސްރު ހިމެނޭ ގްރޫޕް ޑީގެ އެއް ވަަނަ ދިޔައީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ނައިޖީރިއާ އެވެ. ރޭ ގިނީ ބިސާއު އަތުން 2-0 އިން މޮޅުވި ނައިޖީރިއާ ނުވަ ޕޮއިންޓާ އެކު ނިންމާލިއިރު، މިސްރަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނިންމާލި ސޫދާނާއި ފުލުގައި އޮތް ގިނީ ބިސާއު އަށް ލިބުނީ އެއް ޕޮއިންޓެވެ.

މިސްރު ޓީމަށް ރޭގެ މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ 35 ވަނަ މިނިޓްގައި އަބްދުﷲ އަލް ސައީދު ނެގި ކޯނަރަކުން މުހައްމަދު އަބްދުލްމޯނެމް އެވެ. ވެއްޓިގެންފައި އަބްދުލްމޯނެމް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހަށް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދޭން ރަނގަޅު ފުރުސަތު ލިބިފަ އެވެ. އެކަމަކު، ސޫދާން ޑިފެންޑަރުން ވަނީ މި މެޗުގައި ސަލާހު ހުއްޓުވުމުގައި ކާމިޔާބު ހޯދައިފަ އެވެ.

ފުރަތަމަ މެޗުން ނައިޖީރިއާ އަތުން މިސްރު ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން އެ ޓީމު މި ވަނީ މޮޅުވެފަ އެވެ.

ނައިޖީރިއާ އިން ރޭގެ މެޗުގައި ގޯލުތައް ޖެހީ އުމަރު ސޯދިގު މިސްބާހާއި ވިލިއަމް ޓްރޫސްޓް-އެކޯން އެވެ. މި ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މި މެޗަށް ނުކުތްއިރު ވެސް ނައިޖީރިއާ އަށް ދެ ވަނަ ބުރު ކަށަވަރުވެފައި އޮތުމުން އެ ޓީމުން ކުޅުނީ ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ.

މުބާރާތުގެ ގަދަ 16 ޓީމު ކުޅޭ ބުރުން ޖާގަ ހޯދާފައިވާ ޓީމްތަކަކީ ބުރްކީނާ ފާސޯ، ގެބޮން، ނައިޖީރިއާ، ސެނެގޯލް، ގިނީ، ކެމަރޫން، މޮރޮކޯ، މިސްރު، ކޭޕް ވާޑޭ އަދި މަލާވީ އެވެ. ބާކީ ޖާގަތައް މިރޭގެ މެޗުތަކަށް ފަހު ކަށަވަރުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox