ކެމަރޫން ފެށުން ރަނގަޅު، ކޯޗު ކޮންސެސާއޯ އުފަލުން

Jan 10, 2022, 10:24 AM
ކެމަރޫން ފެށުން ރަނގަޅު، ކޯޗު ކޮންސެސާއޯ އުފަލުން

ޔައުންޑޭ، ކެމަރޫން (ޖެނުއަރީ 10) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މެޗުގައި ރޭ ބުރްކީނަ ފާސޯ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ، ކެމަރޫން ފެށުން ރަނގަޅުކުރިއިރު، މިއީ ކުރިއަށްދާން ރަނގަޅު ނަތީޖާއެއް ކަމަށް ކެމަރޫންގެ ކޯޗު ޓޯނީ ކޮންސެސާއޯ ބުނެފި އެވެ.

ބުރްކީނާ ފާސޯ އިން ލީޑުނެގި މި މެޗުގައި ކެމަރޫން މޮޅުވީ ފަހަތުން އަރަ އެވެ. މެޗަށް ފަހު ކޮންސެސާއޯ ބުނީ މިއީ ހަގީގަތުގައި ފެށުމަކަށް ބަލާއިރު ރަނގަޅު ނަތީޖާއެއް ކަމަށެވެ.

"މޮޅަކުން ފެށުން އެއީ ޓާގެޓަކީ. އެކަން ހާސިލްވުމުން އަހަރެން މި ހުރީ އުފަލުން. ދެން ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި،" ކްލަރެންސް ސީޑޯފްގެ ބަދަލުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކެމަރޫނާ ހަވާލުވި ކޮންސެސާއޯ ބުންޏެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫން ސިއްސުވާލުމަށް ފަހު، މެޗުގެ 24 ވަނަ މިނިޓުގައި ބުރްކީނަ ފާސޯ އިން ލީޑު ނެގީ ގުސްޓާވޯ ސަންގާރޭ ޖެހި ލަނޑުންނެވެ.

އެހެން ނަމަވެސް، ފުރަތަމަ ހާފުގެ ފަހުކޮޅު ކެމަރޫނަށް ކައިރިކައިރީގައި ލިބުނު ދެ ޕެނަލްޓީއެއް ކާމިޔާބުކޮށް، ކެމަރޫންގެ ފޯވަޑް ވިންސެންޓް އަބޫބަކާރް ވަނީ ކެމަރޫންގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

ގުރޫޕް ޢެގައި ކުޅުނު ފުރަތަމަ މެޗުން ކެމަރޫނަށް ތިން ޕޮއިންޓް ހޯދައިދިނުމުގައި އެ ޓީމުގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ވެސް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ދެވަނަ ހާފުގައި އޮނާނާ ވަނީ ބުރްކީނަ ފާސޯގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

މި ގުރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި އިތޯޕިއާ އަތުން ކޭޕް ވާޑް މޮޅުވީ 1-0 އިންނެވެ. ދިހަ މީހުންނާއެކު މެޗު ނިންމާލި އިތޯޕިއާ ކޮޅަށް ލަނޑު ޖެހީ ކޭޕް ވާޑްގެ ފޯވަޑް ހޫލިއޯ ޓަވަރޭސް އެވެ. ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން، މި މެޗުގައި ކޭޕް ވާޑްގެ ބައެއް ކުޅުންތެރިންނަށް ނުކުޅެވުނެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox