ޕޯޓް ސޭފްޓީ ވީކް ރަން ކާމިޔާބުކުރީ ކުޑަ ރިޒާ އާއި ޝަމްހާ

Jan 1, 2022, 3:52 AM
ޕޯޓް ސޭފްޓީ ވީކް ރަން ކާމިޔާބުކުރީ ކުޑަ ރިޒާ އާއި ޝަމްހާ

މޯ‎ލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕޯޓް ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް ކަމަށްވާ ދުވުމުގެ އިވެންޓްގެ އެއް ވަނަ ހުސައިން ރިޒާ (ކުޑަ ރިޒާ) އާއި އައިޝަތު ޝަމްހާ ޝަރީފް ހޯދައިފި އެވެ.

އިއްޔެ ހެނދުނު ހުޅުމާލެ ޓާމިނަލުން ފެށި ދުވުމުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ދުވުމުގައި އަންހެން/ފިރިހެން ކެޓަގަރީން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.

އެއް ވަނަ ހޯދި ޝަމްހާ އާއި ކުޑަ ރިޒާ އަށް ވަނީ 2500 ރުފިޔާގެ އިނާމެއް ދީފަ އެވެ. ދެ ވަނަ މަގާމު ހޯދި އާބިދަށް 1500 ރުފިޔާ ދިންއިރު، ތިން ވަނަ ހޯދި ފަރުހާދަށް 500 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ. އަންހެން ކެޓަގަރީން ދެ ވަނަ އަށް ދިޔައީ ހުސްނާ މުހައްމަދު އެވެ. އަދި ތިން ވަނަ ހޯދީ ނަޝީދާ އަލީ އެވެ.

އިނާމް ފައިސާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ޗެއާމަން ކެޕްޓަން، މުހައްމަދު ޝަރީފް އެވެ.

ފަސް ކިލޯމީޓަރުގެ މި ދުވުމުގެ ޖޯޒީ ވިއްކައިގެން ލިބުނު ފައިސާ ވަނީ ‎ކުޑަކުދިންގެ ހައްގުތަށް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ، އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ހަދިޔާކޮށްފަ އެެވެ. އެގޮތުން އިއްޔެގެ ދުވުމުގައި ޖުމްލަ އެއްކޮށް ލިބުނު، 23،700 ރުފިޔާ އާކާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު މުއިއްޒު އެވެ.

ޕޯޓް ސޭފްޓީ ވީކްގެ ތެރެއިން، އެމްޕީއެލް އިން ވަނީ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް އެ ކުންފުނީގެ މުވައްޒަފުންނަށް ހިންގައިފަ އެވެ. ކުރިއަށް އޮތްތަނުގައި އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް އަހަރަށް ވުރެ އަހަރެއް ފުޅާކޮށް ކުރިއަށް ގެންދިއުމަކީ އެމްޕީއެލްގެ ވަރަށް ބޮޑު ވިސްނުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox