އާދަންނާގެ ހެޓްރިކާ އެކު ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން އާރްއާރްސީން ހޯދައިފި

Dec 19, 2021, 5:55 PM
އާރްއާރްސީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އާރްއާރްސީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އާދަމް ނާސިހް (އާދަންނާ)ގެ ހެޓްރިކާ އެކު 4-0 އިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން މިރޭ ހޯދައިފި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކްލަބެއްގެ ގޮތުގައި އާރްއާރްސީން ޗެމްޕިއަންކަން މި ހޯދީ ބައިވެރިވި ފުރަތަމަ ފަހަރު އެވެ. މީގެ ކުރިން 2017 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ކުރިން އޮތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިންނެވެ.

ހުޅުމާލޭ ރެެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި އެފްއެސްއެމް ކުޅުނީ 21 އަހަރަށް ފަހު ކުންފުނީގެ ކުލަ އާއި ލޯގޯ ރީބްރޭންޑް ކުރުމަށް ފަހު މިހާރު ބޭނުންކުރާ މައިގަނޑު ކުލަ ކަމަށްވާ އޮރެންޖް ކުލައިގެ ޖޯޒީގަ އެވެ. އެ ޓީމުން މުބާރާތުގައި ކުރިން ކުޅުނީ ފެހި ކުލަޔާއި ނޫ ކުލައިގެ ޖޯޒީގަ އެވެ. މިއީ އެފްއެސްއެމް އިން ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗު ފަށައިގެން އެފްއެސްއެމް އިން ޑިފެންސަށް ފޯކަސްކޮށްގެން ކުޅެ، ކުރިއަށް ޖެހިގެން ކައުންޓާގައި ގޯލެއް ޖެހޭތޯ ބަލަމުން ދިޔަ އެވެ. ދެ ރީނދޫ ކާޑު ހަމަވެގެން އާރްއާރްސީގެ އިސްމާއިލް މުނީޒް މި މެޗުގައި ނުކުޅެ އެވެ. އޭނާ ހުރީ ޓީމަށް ހިތްވަރު ދޭން ސަޕޯޓަރުންނާ އެކު އެވެ. މުނީޒްގެ ބަދަލުގައި އާރްއާރްސީން ފެށީ އަލީ ޝިފާއު (ރޮނާ) ލައިގެންނެވެ.

އެފްްއެސްއެމް ފަހަތުގައި މަޑުކޮށްގެން ކުޅެމުން ދަނިކޮށް އާރްއާރްސީ އަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އިބްރާހިމް އަސްވަދު (ގަބޭ) އެވެ. އޭރިއާބޭރުން ގަބޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ 10 މިނިޓް ތެރޭ އެފްއެސްއެމް އިން ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ބެލި އެވެ. އެފްއެސްއެމްގެ އަހުމަދު ވިޖުދާން (ވިޖުއްކޮ) ދުރުދުރުން ގޯލަށް ފޮނުވާލި ދެ ބޯޅައެއް ގޯލަށް ނުރައްކާކުރި އެވެ. އެ ޓީމުގެ މުހައްމަދު ތޯހިރު ޖެހި ބޯޅަ އާރްއާރްސީގެ ގޯލްކީޕަރު މުހައްމަދު ޒުހަލް ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު އާދަންނާ އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއެސްއެމް އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 31 ވަނަ މިނިޓްގައި އާދަންނާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައި، އާރްއާރްސީ އަށް ދެ ވަަނަ ގޯލެއް ޖަހައިދީފަ އެވެ. އޭގެ ދެ މިނިޓް ފަހުން އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން އެފްއެސްއެމް ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް އާދަންނާ ވަނީ އިންޑިވިޖުއަލީ ތަފާތު މޮޅު ގޯލެއް ޖަހައިފަ އެވެ. މި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރި ގޮތުން އާދަންނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ގަބޭ އުފެއްދި އެޓޭކެއްގައި އޭރިއާތެރެއިން ލިބުނު ބޯޅަ ގޯލަށް ފޮނުވާލައި އާދަންނާ ހެޓްރިކް ފުރިހަމަކުރި އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އާދަންނާ އެވެ.

ކްލަބް މޯލްޑިވްސް އިން ހޮވާ "ކިންގް އޮފް ފުޓްސަލް" އަކީ އާރްއާރްސީގެ ކެޕްޓަން އިބްރާހިމް މައިޝާން (މައި) އެވެ. ފެއާޕްލޭ ކުޅުންތެރިއަކީ އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އޭނާ ވަނީ އެމްއާރްޑީސީގެ ނަމުގައި ވެސް ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ވެސް އާރްއާރްސީ އެވެ. އެންމެ މޮޅު ކޯޗަކީ އާރްއާރްސީގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. ފެއާ ޕްލޭ ޓީމަކީ ޕްރިޒަން ކްލަބް އެވެ.

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދެ ކުޅުންތެރިއަކަށް ލިބުނެވެ. އެއީ އެސްޓީއޯގެ އިސްމާއިލް ވަޖީހު (ވައްޖެ) އާއި ފެނަކަ ޓީމުގެ އަޔާޒް އަހުމަދު (އަޔާ) އެވެ. ދެ ކުޅުންތެރިން ވެސް އަށް ގޯލު ޖެހި އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާރްއާރްސީގެ މައިޝާން، ގަބޭ އަދި ކީޕަރު ޒުހަލްގެ އިތުރުން އެފްއެސްއެމްގެ ވިޖުއްކޮ އާއި ނާއިފް ޝަފީގު (ސީއާރް3) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox