އިންޓަ އަށް ތާރީހީ ރެކޯޑަކާ އެކު ބޮޑު މޮޅެއް

Dec 18, 2021, 4:21 AM
ޗަނޮނޮގްލޫ އާއި ސަންޗޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗަނޮނޮގްލޫ އާއި ސަންޗޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (ޑިސެމްބަރު 18) - އިޓާލިއަން ލީގުގެ ފުލުގައި އޮތް ސެލަނިޓާނާ އަތުން އިންޓަ މިލާނުން 5-0 އިިން ބޮޑު މޮޅެއް ހޯދައި ކްލަބްގައި ތާރީހީ ރެކޯޑެއް ގާއިމްކޮށްފި އެވެ.

އިންޓަ އިން ރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު ވަނީ 2021 ވަނަ އަހަރު ޖުމްލަ އެއްކޮށް ލީގުގައި 103 ގޯލު ޖަހައިފަ އެވެ. މިއީ އެ ކްލަބްގެ ތާރީހުގައި ކަލަންޑަރު އަހަރެއްގައި ލީގުގައި މި އަދަދަށް ގޯލު ޖެހި ފުރަތަމަ ފަހަރެވެ. ކުރިން އިންޓަގެ ކަލަންޑަރު އަހަރެއްގައި އެންމެ ރަނގަޅު ލީގުގެ ގޯލު ރެކޯޑަކީ 1950 ވަނަ އަހަރު ޖެހި 99 ގޯލެވެ.

ސެލަނިޓާނާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ހަކަން ޗަނޮނޮގްލޫ ދިން ބޯޅައަކުން އިންޓަ އަށް ލީޑުނަގައިދިނީ ކްރޮއޭޝިއާގެ ވިންގް، އިވާން ޕެރިސިޗް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނެދަލެންޑްސްގެ ފުލްބެކް ޑެންޒެލް ޑަމްފްރީސް ވަނީ އިންޓަގެ ދެ ވަަނަ ގޯލު ޖަހައިފަ އެވެ. މިއީ އެޑިން ޒެކޯ ދިން ބޯޅައަކުން ޑަމްފްރީސް އޭރިއާތެރެއިން ވައްދާލި ގޯލެކެވެ.

ދެ ގޯލުގެ ލީޑެއްގައި އިންޓަ އިން ފުރަތަމަ ހާފު ނިންމާލި ނަމަވެސް މި ހާފުގައި ވެސް އެ ޓީމަށް ގިނަ ގޯލުތަކެއް ޖަހަން ފުރުސަތު ލިބުނެވެ.

އިންޓަ އިން ވަނީ ދެ ވަނަ ހާފުގައި ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިފަ އެވެ. އެ ގޮތުން ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ ވަނަ މިނިޓްގައި ޗަނޮނޮގްލޫ ދިން ބޯޅައަކުން އިންޓަގެ ދެ ވަނަ ގޯލު ޖެހީ އަލެކްސިސް ސަންޗޭޒް އެވެ. އިންޓަ އިން ފަހު ދެ ގޯލު ޖެހީ ލަޓާރޯ މާޓީނޭޒް އާއި ރޮބާޓޯ ގަގްލިއަޑީނީ އެވެ.

މި ނަތީޖާއާ އެކު އިންޓަ އިން ވަނީ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އެއީ 18 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 17 މެޗުން ވަނީ 39 ޕޮޮއިންޓް ލިބިފަ އެވެ.

މިލާން ދެން ކުޅޭ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ހަތަރު ވަނައިގައި އޮތް ނަޕޯލީއާ އެވެ. ނަޕޯލީ ހަތަރު ވަނައިގައި އޮތީ ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެންނެވެ. އެޓަލަންޓާ އަށް 17 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އަށް 17 މެޗުން ލިބުނީ 36 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox