މުޅި ރާއްޖެ އަށް ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މި ފަހަރު 91 ޓީމު

Dec 13, 2021, 7:43 AM
2019 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށީ ޓީމު ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

2019 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށީ ޓީމު ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުރިއަށް އޮތް މުބާރާތުގައި 91 ޓީމު ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމްކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އިން ބުނެފި އެވެ.

މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޓީމަކަށް ކުޅެވޭނީ އެ ޓީމެއް ނިސްބަތްވާ ރަށަކަށް ނޫނީ އަވަށަކަށް ރަޖިސްޓްރީވެފައިވާ ކުޅުންތެރިންނަށެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނީ އަންނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ މުބާރާތުގައި 91 ޓީމު ބައިވެރިވެފައިވާ ކަމަށެވެ. މުބާރާތުގައި ޖުމްލަ 177 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މެޗުތައް އެންމެ ފަހުން ކުޅުނީ ހުޅުމާލެ، ރެހެންދި ފުޓްސަލް ދެ ދަނޑުގަ އެވެ.

ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ ހާއްސަ ކަމަކީ އަތޮޅާއި ޒޯޏް ފުޓްބޯޅަ ފޯރިން ފެށިގެން މުޅި ރާއްޖެއާ ހަމައަށް ޗެލެންޖިން މެޗުތަކެއް ފެނުމެވެ.

އެ ގޮތުން މުބާރާތް ކުރިއަށްދިޔަ އާންމު އުސޫލަށް ބަލާއިރު، މި ފަހަރު ވެސް މުބާރާތުގެ ފޯމެޓް އޮތީ ކުރިން އޮތްގޮތަށް ފުރަތަމަ އަތޮޅު ބުރެއް ކުޅުމަށް ފަހު ދެން ޒޯން ބުރަށް ހޮވޭ ގޮތަށެވެ. އެ އަށް ފަހު މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމެއް ހޮވާނެ އެވެ.

ފޯމެޓް އެކުލަވާލުމުގައި ފަސް ޓީމަށް ވުރެ މަދުން ބައިވެރިވާ އަަތޮޅުތަކުގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އަދި ފަސް ޓީމަށް ވުރެ ގިނައިން ބައިވެރިވާނަމަ ގްރޫޕަށް ބަހައިގެން ކުރިއަށްދާނެ އެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތައް:

ޒޯން އެކެއް

ހއ. އަތޮޅު - މާރަންދޫ، ބާރަށް، ހޯރަފުށި، ދިއްދޫ، ވަށަފަރު، މުރައިދޫ، އިހަވަންދޫ، ކެލާ

ހދ. އަތޮޅު - ކުޅުދުއްފުށި، ފިނޭ، ކުމުންދޫ، ނާވައިދޫ، ނޭކުރެންދޫ، މަކުނުދޫ، ވައިކަރަދޫ، ނެއްލައިދޫ

ށ. އަތޮޅު - މިލަންދޫ، ގޮއިދޫ، ބިލެއްފަހި، މަރޮށި، ފީވައް، ކަނޑިތީމު، ކޮމަންޑޫ، ފޯކައިދޫ

ޒޯން ދޭއް

ނ. އަތޮޅު - ކުޑަފަރި

ރ. އަތޮޅު - އިނގުރައިދޫ، އިންނަމާދޫ، ދުވާފަރު

ބ. އަތޮޅު - އޭދަފުށި، ހިތާދޫ، ތުޅާދޫ

ޒޯން ތިނެއް

ޅ. އަތޮޅު - ހިންނަވަރު، ކުރެންދޫ

ކ. އަތޮޅު - ގުރައިދޫ، ގާފަރު، ކާށިދޫ، ތުލުސްދޫ، މާފުށި، ހުރާ

އއ. އަތޮޅު - ބޮޑުފުޅުދޫ، ރަސްދޫ، މަތިވެރި، ފެރިދޫ

ޒޯން ހަތަރެއް

އދ. އަތޮޅު - ފެންފުށި، އޮމަދޫ، ކުނބުރުދޫ، ހަންޏާމީދޫ، ދަނގެނތި، މާމިގިލި

މ. އަތޮޅު - ދިއްގަރު، މަޑުއްވަރި، މުލި، މުލަކު، ނާލާފުށި، ކޮޅުފުށި

ޒޯން ފަހެއް

ފ. އަތޮޅު - ނިލަންދޫ، ބިލެއްދޫ، މަގޫދޫ، ފީއަލި

ދ. އަތޮޅު - ކުޑަހުވަދޫ، ބަނޑިދޫ

ތ. އަތޮޅު - ތިމަރަފުށި، ގާދިއްފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ބުރުނި

ޒޯން ހައެއް

ލ. އަތޮޅު - ގަން، އިސްދޫ، ކަލައިދޫ، މާމެންދޫ،

ގއ. އަތޮޅު - ނިލަންދޫ، ކަނޑުހުޅުދޫ، ދާންދޫ، ކޮނޑޭ، މާމެންދޫ، ގެމަނަފުށި، ކޮލަމާފުށި، ދެއްވަދޫ

ގދ. އަތޮޅު - މަޑަވެލި، ވާދޫ، ހޯޑެއްދޫ، ގައްދޫ، ތިނަދޫ

ޒޯން ހަތެއް

އައްޑޫ ސިޓީ - ފޭދޫ، މަރަދޫ

ފުވައްމުލަކު ސިޓީ - މާލެގަން

ޒޯން އަށެއް

މާލެ - މާފަންނު، ވިލިމާލެ، ހުޅުމާލެ، ހެންވޭރު

އެންމެ ފަހުން ގޯލްޑަން ފުޓްސަލް ޗެލެންޖް ބޭއްވީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި ބ.އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ތިމަރަފުށިންނެވެ. ތިމަރަފުށްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ދެ ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ތިމަރަފުށިން އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރެވެ. ފަސް ފަަހަރު ބޭއްވި މި މުބާރާތުގެ އެންމެ ފުރަތަމަ ތަށި އުފުލާލީ 2015 ވަނަ އަހަރު ބ. ހިތާދޫ އެވެ. ދެން މި މުބާރާތުގެ ތަށި އުފުލާލީ މާލޭގެ ދެ ޓީމު ކަމަށްވާ ހެންވޭރާއި މާފަންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ އަދި ރަނަރަޕަށް 25،000 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބުރެއްގެ ހާއްސަ މަގާމުތައް ހޮވާނެ އެވެ. އެއީ އެންމެ ގިނަ ގޯލުޖަހާ ކުޅުންތެރިޔާ އާއި މޮޅު ކުޅުންތެރިޔާ އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މި މުބާރާތުގައި ސްޕޮންސަކުރުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox