ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ފަސްކޮށްފި

Dec 11, 2021, 12:57 PM
ދެ ވަނަ ބުރުގައި ޕްރިޒަންގެ މުރުތަޖާ (ކ) ޕޮލިހުގެ ކީޕަރު އަލީފް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ދެ ވަނަ ބުރުގައި ޕްރިޒަންގެ މުރުތަޖާ (ކ) ޕޮލިހުގެ ކީޕަރު އަލީފް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި މިރޭ ކުޅެން އޮތް ކުއާޓާ ފައިނަލްގެ ފުރަތަމަ ދެ މެޗު މާދަމާރެ އަށް ފަސްކޮށްފި އެވެ.

މިރޭ ކުޅެން ޝެޑިއުލްކޮށްފައި އޮތީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ޕްރިޒަން ކްލަބާއި އެމްއޭސީއެލް ބައްދަލުކުރާ މެޗާއި ކްލަބް އެޗްޑީސީ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ކުޅޭ މެޗެވެ. ކްލަބް މޯލްޑިވްސްގެ އޮފިޝަލަކު "އަދަދު" އަށް ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިރޭ ކުޅެން އޮތް ދެ މެޗު މާދަމާ ކުޅޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި މާދަމާރޭ ކުޅެން އޮތް ދެ މެޗު އޮންނާނީ ހޯމަ ދުވަހުގެރޭގަ އެވެ.

ހޯމަ ދުވަހުގެރޭ ކުޅޭނީ އެމްޕީއެލް އާއި އާރްއާރްސީ ކުޅޭ މެޗާއި އެސްޓީއޯ އާއި ޓީމު ފަނަކަ ބައްދަލުކުރާ މެޗެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ކެޓީ ދެ ވަަނަ ބުރުގެ ފުރުސަތު ނުލިބި ގްރޫޕް ސްޓޭޖުންނެވެ. އެންމެ ފަހުގެ ރަނަރަޕް ކްލަބް ވެމްކޯ މި ފަހަރު ފުޓްސަލްގެ ތަރިން ގިނަ ޓީމެއް އެކުލަވާލައިގެން އައި ނަމަވެސް ދެ ވަނަ ބުރު ފަހަނައަޅައި ނުދެވުނެވެ. ހިތްވަރުގަދަ ކުޅުމެއް ދައްކައި، ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ވެމްކޯ ކަޓުވާލީ އެފްއެސްއެމް އިންނެވެ. އެފްއެސްއެމް އިން ކުއާޓާގައި މިރޭ ކުޅެން ޖެހޭނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވޭ އެޗްޑީސީއާ އެވެ. އެޗްޑީސީ މިހާތަނަށް ކުޅުނު ކޮންމެ މެޗަކުން ވެސް ވަނީ ފަސޭހައިން މޮޅުވެފަ އެވެ. ދެ ވަނަ ބުރުގައި ސިފައިންގެ މައްޗަށް ކުރިހޯދީ ފަސޭހައިންނެވެ.

އެމްޓީސީސީ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި އެމްއޭސީއެލް ކުއާޓާގައި މިރޭ ކުޅޭ ޕްރިޒަން އިން ވަނީ ދެ ވަނަ ބުރުގައި ޕޮލިސް ކްލަބް ކަޓުވާލައިފަ އެވެ. ކޯޗު މުހައްމަދު ޝާހީން (ޕޮޓޭ)ގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޕްރިޒަން މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވީ ގްރޫޕް ސްޓޭޖުގައި ވަރުގަދަ ފެނަކަ އަތުންނެވެ. އަނެއް ކޮޅުން އެމްއޭސީއެލް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މީޑިއާނެޓް އަތުން ބަލިވެފަ އެވެ. އެކަމަކު، އޭގެ ފަހުން ޖެހިޖެހިގެން ތިން މެޗުން މޮޅުވި އެވެ.

މުބާރާތުގައި މިހާތަނަށް މެޗަކަށް ފަހު މެޗެއް ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އެމްޕީއެލް އާއި އާރްއާރްސީގެ މެޗު ފޯރިގަދަވާނެ އެވެ. ދެ ޓީމުން ވެސް ދެ ވަނަ ބުރުގައި ކުޅުނު މެޗުގައި ވަނީ ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. އާރްއާރްސީގެ ކޯޗަކީ ފުޓްސަލްގައި ތަޖުރިބާކާރު ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. އެމްޕީއެލާ ހަވާލުވެ ހުރީ އަހުމަދު މުހައްމަދު (އައްމަޑޭ) އެވެ.

އެސްޓީއޯ އާއި ފެނަކަ އަކީ ކުއާޓާ ފައިނަލްގެ ބޮޑު ކުރިމަތިލުމެވެ. ދެ ޓީމު ވެސް މިހާތަނަށް ކުޅުނު ހަތަރު މެޗުން މޮޅުވެފައިވާއިރު، ސެމީގެ ފުރުސަތު ލިބޭނީ މިތަނުން އެއް ޓީމަށެވެ. ދެ ޓީމުގެ ބެންޗަށް ބަލާއިރު، ތިބީ ފުޓްސަލް އަށް މަޝްހޫރު ދެ ކޯޗުންނެވެ. އެސްޓީއޯގެ ކޯޗަކީ ކްލަބް މޯލްޑިވްސް ކަޕްގައި އެމްޕީއެލް އިން ފެނުނު އަހުމަދު ވިޝާލް (އަންދު) އެވެ. ފެނަކަ ޓީމުގެ ކޯޗަކީ އަހުމަދު ނިސާމް (ފޮޓޯ) އެވެ.

ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް 18/30 ވިމެން ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލްގައި އަންގާރަ ދުވަހުގެރޭ ދިވެހި ސިފައިންގެ ކްލަބް ކުޅޭނީ ވެމްކޯއާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ބައްދަލުކުރާނީ ޕޮލިހާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox