ރެފްރީ އަށް ފާޑުކީ މައްސަލައިގައި ބެލިންހަމަށް 45،000 ޑޮލަރުގެ ޖޫރިމަނާއެއް

Dec 7, 2021, 1:53 PM
ރެފްރީ އަށް ފާޑުކީ މައްސަލައިގައި ބެލިންހަމަށް 45،000 ޑޮލަރުގެ ޖޫރިމަނާއެއް

ބާލިން (ޑިސެމްބަރު 7) - ޖަރުމަނު ލީގުގައި ބަޔާން މިއުނިކް އަތުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިވި މެޗުގައި ހުރި ރެފްރީ ފީލިކްސް ޒްވޯޔާ އަށް ރައްދުވާ ގޮތަށް ޑޯޓްމަންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ފާޑުކިޔުމާ ގުޅިގެން އޭނާ ޖޫރިމަނާކުރަން ނިންމައިފި އެވެ.

ބަޔާނުން 3-2 އިން ޑޯޓްމަންޑް ބަލިކުރި މެޗުގައި ޑޯޓްމަންޑުން އެޕީލްކުރި ޕެނަލްޓީ ނުދިނުމަށް ފަހު ޒްވޯޔާ ވަނީ ޑޯޓްމަންޑްގެ މެޓް ހަމެލްސް އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ބަޔާނަށް ޕެނަލްޓީ ދީފަ އެެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ބަޔާން މެޗުން މޮޅުވީ އެވެ.

މެޗު ފިކްސިން މައްސަލައެއްގައި ރެފްރީ ޒްވޯޔާ ވަނީ 2005 ވަނަ އަހަރު ހަ މަހަށް ސަސްޕެންޑްކޮށްފަ އެވެ. ބެލިންހަމް ބުނީ މެޗު ފިކްސިން މައްސަލައެއްގައި ކުރިން ބައިވެރިވެފައި ހުރި ރެފްރީއަކާ ޖަރުމަނު ފުޓްބޯޅައިގެ އެންމެ ބޮޑު މެޗު އިންސާފުކުރަން ހަވާލުކުރުމުން ފެންނާނެ މަންޒަރު އެ މެޗުގައި ފެނުނު ކަމަށެވެ.

ބެލިންހަމް ދެއްކި އެ ވާހަކަތަކުގެ މައްސަލަ ބެލުމަށް ފަހު ޖަރުމަނު އެފްއޭ އިން ނިންމީ ބެލިންހަމް 40،000 ޔޫރޯ (ގާތްގަނޑަކަށް 45،000 ޑޮލަރު) އިން ޖޫރިމަނާ ކުރާށެވެ. އުމުރުން 18 އަހަރުގެ ބެލިންހަމަށް ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް ކޮންޓްރޯލް ކޮމިޓީން ނިންމީ އަދަބު ޖޫރިމަނާއަކާ ހަމައިން ދޫކޮށްލާށެވެ. އެ ފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ބެލިންހަމަަށް ދޭ އަދަބު ބޮޑުވާނެ އެވެ.

ޑޯޓްމަންޑުން ވަނީ ބެލިންހަމަށް މި ދިން އަދަބާ ދެކޮޅަށް އެޕީލް ނުކުރަން ނިންމައިފަ އެވެ.

އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ހޯދާފައިވާ ބެލިންހަމް އަކީ ޑޯޓްމަންޑް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. މެންޗެސްޓާ ޔުނައިޓެޑުން ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް މިދިޔަ އަހަރު ޖެނުއަރީ މަހު ޑޯޓްމަންޑުން ބެލިންހަމްގެ ސޮއި ހޯދީ އޭނާ އޭރު ކުޅެމުން އައި ބާމިންހަމް ސިޓީ އަށް 40 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox