ލެވަންޑޯސްކީގެ ގޯލުތަކުން ޑޯޓްމަންޑް ބަލިކޮށް ބަޔާން ލީޑުފުޅާކޮށްފި

Dec 4, 2021, 8:06 PM
ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލެވަންޑޯސްކީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (ޑިސެމްބަރު 4) - ޖަރުމަނު ލީގުގައި މިރޭ ރޮބަޓް ލެވަންޑޯސްކީގެ ގޯލުތަކާ އެކު 3-2 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބަޔާން، ލީގުގެ އެއް ވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 14 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ.

ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކުގައި މިރޭގެ މެޗު ކުޅުނީ ނިސްބަތުން މަދު އަަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. އެއީ ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޯންގެ ނުރައްކާ ޖަރުމަނަށް ބޮޑުވެފައިވާތީ އެވެ. ވައިރަހުގެ ސަބަބުން ދަނޑުތަކަށް ހުއްދަދީފައިވަނީ ދަނޑުގެ ޖާގައިގެ ވަކި އިންސައްތަ އަކަށް ސަޕޯޓަރުން ވެއްދުމަށެވެ.

މިރޭ ލީޑުނެގީ އަމިއްލަ ދަނޑުގައި ކުޅުނު ޑޯޓްމަންޑުންނެވެ. އެ ޓީމުގެ ހޫލިއަން ބްރަންޑްޓް މެޗުގެ ފަސް ވަނަ މިނިޓްގައި ވަނީ އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ޑޯޓްމަންޑަށް ލީޑު ހިފަހައްޓައިލެވުނީ ހަތަރު މިނިޓް އެވެ. ލެވަންޑޯސްކީ ވަނީ މެޗުގެ ނުވަ ވަނަ މިނިޓްގައި ގޯލެއް ޖަހައި ބަޔާނަށް އެއްވަރުކޮށްދީފަ އެވެ.

ލަނޑު ޖެހުމަށް ފަހު ބަޔާންގެ މުލާ (ކ) އާއި ކޯމަން އުފާފާޅުކުރަނީ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ލީޑުނެގީ 44 ވަނަ މިނިޓްގައި ކިންގްސްލީ ކޯމަން ވައްދާލި ގޯލުންނެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޑޯޓްމަންޑްގެ ހުނަރުވެރި ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

ބަޔާން މޮޅުކޮށްދިން ލަނޑު މެޗުގެ 77 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖެހީ ލެވަންޑޯސްކީ އެވެ. ޑޯޓްމަންޑްގެ މާކޯ ރޯސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކިއިރު، ޑޯޓްމަންޑްގެ އެއް ކުޅުންތެރިއަކު މަދުުވުމުގެ ފައިދާނަގައި ބަޔާންގެ ކޮރެންޓިން ޓޮލީސޯ އަށް ގޯލު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ޖަރުމަނު ލީގުގެ ތިން ވަނައިގައި އޮތް ބަޔާ ލެވަކޫސަނުން ވަނީ އަމިއްލަ ދަނޑުގައި 7-1 އިން ފާތު ބަލިކޮށްފަ އެވެ. ލެވަކޫސަން އަށް ވަނީ 14 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox