ގާނާ - ދެކުނު އެފްރިކާ މެޗުގެ މައްސަލަ ފީފާ އިން ބަލަނީ

Nov 17, 2021, 7:55 AM
ގާނާ - ދެކުނު އެފްރިކާ މެޗުގެ މައްސަލަ ފީފާ އިން ބަލަނީ

ޒިއުރިކް (ނޮވެމްބަރު 17) - ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެފްރިކާ އާއި ގާނާ ބައްދަލުކުރި މެޗާ ގުޅިގެން ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލަ ބެލުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ނިންމައިފި އެވެ.

ދެކުނު އެފްރިކާ އާއި ގާނާ މިދިޔަ އާދިއްތަ ދުވަހު ބައްދަލުކުރި މެޗުން ޕޮއިންޓެއް ހޯދައިގެން، ދެކުނު އެފްރިކާ އަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު އެ މެޗުން 1-0 އިން ބަލިވެ، ދެކުނު އެފްރިކާ އަށް ވަނީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފަ އެވެ. މި މެޗުގައި ގާނާ އިން ލަނޑު ޖެހީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެކަމަކު ސެނެގާލްގެ ރެފްރީ މަގުއޭ އެންޑިއާޔޭ ދިން ޕެނަލްޓީއާމެދު ސުވާލު އުފެދެ އެވެ.

މެޗަށް ފަހު، ދެކުނު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަން ޗީގް އެގްޒެކުޓިވް ތެބޯގޯ މޮތްލަންޓޭ ބުނީ ރެފްރީގެ ބޭއިންސާފު ނިންމުންތަކާ ގުޅިގެން، ދެކުނު އެފްރިކާގެ "ހައްގު ފޭރިގަނެފައިވާ" ކަމަށެވެ.

"މެޗުގެ ރެފްރީން މި މެޗުގެ ނަތީޖާ މި ބަދަލުކުރީ. މިއީ އިންސާފެއް ނޫން،" މޮލަންޓޭ ބުންޏެވެ.

މި މެޗުގެ ނަތީޖާއާއެކު، ގުރޫޕް ޖީގައި ދެކުނު އެފްރިކާ އަށްވުރެ ކުރިއަށް ގާނާ ޖެހިލީ ލަނޑުގެ ތަފާތުންނެވެ. އަދި އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގެ ޖާގައެއް، ގާނާ އިން ވަނީ ހޯދައިފަ އެވެ.

ފީފާ އިން ބުނީ މި މެޗާ ގުޅިގެން ދެކުނު އެފްރިކާ އިން ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލަ ބަލައި، މެޗު އަލުން ކުޅުވާނެ ކަމުގެ އުންމީދު އެ ގައުމަށް ބޮޑެވެ. އެއީ މީގެ ކުރިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެފްރިކާ ކުޅުނު މެޗެއްގައި ރެފްރީ ހެދި ގޯސްތަކަކާ ގުޅިގެން، ފީފާ އިން މެޗު އަލުން ކުޅުވުމެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި 2018 ވަނަ އަހަރު ސެނެގާލް އަތުން 2-1 އިން ދެކުނު އެފްރިކާ މޮޅުވި އެވެ. އެކަމަކު، އެ މެޗުގެ ރެފްރީ ޖޯސެފް ލަމްޕްޓޭ ހެދި ގޯސްތަކުގެ ސަބަބުން، ފީފާ އިން ވަނީ މެޗު އަލުން ކުޅުވައިފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކޮށް، ސެނެގާލް ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ހޯދައިފަ އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox