މަރުގެ މެޗެއް، ކޯޗަށް ވަގުތު ދިނުމާއި ނަތީޖާ ނެރުން ވެސް މުހިއްމު

މަރުގެ މެޗެއް، ކޯޗަށް ވަގުތު ދިނުމާއި ނަތީޖާ ނެރުން ވެސް މުހިއްމު

މީގެ އެއް މަސް ކުރިން ރާއްޖޭން ވަނީ އަމިއްލަ ދަނޑުގައި ސްރީ ލަންކާ އާއި ބަންގްލަދޭޝް އަތުން ސާފް ޗެމްޕިއަންޝިޕްގައި މޮޅުވެފަ އެވެ. މިހާރު ސްރީ ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބެ އެވެ. ލަންކާއާ 4-4 އިން އެއްވަރުވީ އެވެ. ބަންގްލަދޭޝް އަތުން 2-1 އިން ބަލިވީ އެވެ.

ދެ މެޗަށް ފަހު ވެސް ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ، އޭނާގެ ޓްރާންސްލޭޓަރުގެ އެހީގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިންއިރު ބުނީ "އަހަރެން މި ޓީމުގައި އަދި މިވީ ކުޑަ ވަގުތު ކޮޅެއް، އަހަންނަށް ވަގުތު ދީ،" މިހެނެވެ. ހަގީގަތުގައި ވެސް ކަން އޮތީ އެގޮތަށެވެ. ދެ ހަފްތާތެރޭގައި ދުނިޔޭގެ އެއްވެސް ކޯޗަކަށް ބޭނުންވާ "ފިލޯސަފީ" އަކަށް ގައުމީ ޓީމެއް ބައްޓަން ނުކުރެވޭނެ އެވެ.

ސުވާލަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަމުގައި ހަމައެކަނި ލިބޭ ވަގުތުގެ ވާހަކަ ދައްކައިގެން ފަރުޖެއްސޭނެތޯ އެވެ. އެއީ އާންމުންގެ ވިސްނުމުގައި ހަރުލާފައި ހުރީ ނަތީޖާގެ މަންޒަރުތައް އެކަނި ކަމަށްވާތީ އެވެ.

ސަރަހައްދުގެ އެއްވެސް ޓީމަކުން ރާއްޖެ ހަތަރު ގޯލު ކުރީގައި އޮއްވައި 25 މިނިޓް ތެރޭ ހަތަރު ގޯލުން އެއްވަރު ނުކުރެ އެވެ. އެކަން ބަދަލުވީ މި މުބާރާތުގައި ލަންކާ އިން ފަހަތުން އަރައި ރާއްޖެ ކޮޅަށް ހަތަރު ގޯލު ޖެހުމުންނެވެ. މި މުބާރާތާ ހަމައަށް ރާއްޖޭން މިދިޔަ 18 އަހަރު ތެރޭ ބަންގްލަދޭޝްގެ އަތްދަށުވެފައި ނުވެ އެވެ. އެކަމަކު، އެ ތާރީހު ވެސް ބަދަލުވީ މި މުބާރާތުގަ އެވެ. މި ވަގުތު ގައުމީ ޓީމުގައި ތިބި ކުޅުންތެރިން ސީނިއާ ފުޓްބޯޅައިގައި ބަންގްލަދޭޝް އަތުން ބައްޔެއް ވުން ތަޖުރިބާ ކުރަން ޖެހުނީ މި މުބާރާތުގަ އެވެ.

މީގެ އެއް މަސް ކުރިން ލަންކާ އާއި ބަންގްލަދޭޝް އަތުން މޮޅުވެފައި، މި ފަހަރު ބަންގްލަދޭޝާއި ލަންކާ އަތުން މޮޅެއް ނުލިބި އޮތުމަކީ ފުޓްބޯޅައިގެ މިސްރާބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާ އެއް ސަބަބެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ޕްރެޝަރުގެ ހޫނުގައި ވެސް އެންމެންގެ ލޯ އަމާޒުވާ ކަމަކީ "ނަތީޖާ" އެވެ. އެއީ ރާއްޖޭގެ ވެސް ހާލަތެވެ. އަދި އަމުދުން ރާއްޖެ ކަހަލަ އަހަރަކު އިންޓަނޭޝަނަލް މަދު މެޗުތަކެއް ލިބޭ ގައުމެއްގެ ނަތީޖާ ކޮންމެ ގޮތެއް ވިޔަސް މުހިއްމުވާނެ އެވެ.

ގައުމީ ކޯޗު މޮރިއޭރޯ ބޭނުންވާ "ވަގުތު" ދެވިދާނެ އެވެ. އެކަމަކު، ސީޝެލްސްއާ ދެކޮޅަށް މިއަދު ރާއްޖޭން މޮޅުވުން މަޖުބޫރު މެޗަކަށް ނުކުންނައިރު، މި މެޗަކީ ވަގުތު ނުލިބޭ ވާހަކަ ދައްކައިގެން ކުރިއަށް ދެވެން އޮތް މެޗަކަށް ވުރެން ނަތީޖާ ނެރުން ހުރިހާ ގޮތަކުން ވެސް މުހިއްމު މެޗެކެވެ.

ސަބަބަކީ މުޅި ފުޓްބޯޅައިގެ މަންޒަރަށް ވެސް ރާއްޖެ މި މެޗުން މޮޅުވެ، މި މުބާރާތުގެ ފައިނަލަށް ދާން ޖެހޭތީ އެވެ. ރޭންކިންގައި ރާއްޖެ އަށް ވުރެ ފަަހަތުގައި އޮތް ޓީމުތަކެއް ކުޅޭ މުބާރާތެއްގައި މޮޅެއް ނުލިބި ރާއްޖެ ކަޓައިގެން އެނބުރި ގައުމަށް ދާން ޖެހުމަކީ ފުޓްބޯޅަ އަށް ރަނގަޅު ފާލެއް ނޫނެވެ.

"ޓީމު ނަގަނީ އަހަރެން، ޓީމު ރާވަނީ ވެސް އަހަރެން"

ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ ދެ މެޗަށް ބަލާއިރު، ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސް އޮތް ހަމައެކަނި ޓީމަކީ ރާއްޖެ އެވެ. ސީޝެލްސް އާއި ލަންކާ އަދި ބަންގްލަދޭޝް އިން ވަނީ ފުރަތަމަ ދެ މެޗަށް ނެރުނު ފުރަތަމަ އެގާރަ އަށް ބަދަލު ގެނެސްފަ އެވެ. ސަބަބަކީ މިއީ ކުރު މުއްދަތެއްގައި ކުޅޭ މުބާރާތެއް ކަމަށްވެފައި މުޅި ޓީމުގައި ތިބި ކުޅުންތެރިންގެ ބޭނުން ކޮށްފިނަމަ ކޮންމެ ވަގުތެއްގައި ކުޅުންތެރިއަކު ބޭނުންކުރަން ޖެހުނަސް އެ ކުޅުންތެރިން ތައްޔާރީ ހާލަތުގައި ބެހެއްޓުމަަށެވެ.

ސީޝެލްސްއާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ގާތުގައި ނޫސްވެރިއަކު އެހީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް މޮޅު ކުޅުމެއް ދެއްކި ހަމްޒާ މުހައްމަދު (ހަމްޕު) ފުރަތަަމަ އެގާރައިގައި ބޭނުންނުކުރަނީ ކީއްވެތޯ އެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ގޭމް މެނޭޖްމަންޓް ކޯޗިން ޓީމުން މި ގެންދަނީ އެންމެ ރަނގަޅަށްތޯ އެވެ.

މޮރިއޭރޯ އެ ދެ ސުވާލަށް ވެސް ދިނީ ގާތްގަނޑަކަށް އެއް ޖަވާބެކެވެ.

"ޓީމު ނަގަނީ އަހަރެން، ޓީމުގެ ރޭވުމުގެ ކަންކަން ވެސް ކުރިއަށް ގެންދަނީ އަހަރެން. މީގެ ބަލަން ޖެހޭނީ މުޅި މަންޒަރަށް. ތި ގޮތަށް އިނގިލި ދިން ކުރުމުގެ ބަދަލުގައި ބަލަންވީ ވަކިވަކި ކަންކަމަކަށް ނޫން. މުޅި ޕްރޮސަސް އަށް ބަލަންވީ،" މޮރިއޭރޯ ބުންޏެވެ.

ރާއްޖޭގެ ކުޅުންތެރިން ދަސްކުރަން މޮރިއޭރޯ އަށް އެކަަށީގެންވާ ވަގުތު ބޭނުން ވެ އެވެ. ދިވެހި ޕްރިމިއާ ލީގު ވެސް ނުކުޅެ، އޮފް ސީޒަންގައި އޮތް ދުވަސްވަރެއްގައި ޓީމެއް ނަގައިގެން ކުއްލިއަކަށް މުބާރާތެއްގައި ކުޅެގެން މޮރިއޭރޯ އަށް ވެސް ބޭނުންވާ ހުރިހާ ކަމެއް ހާސިލެއް ނުވާނެ އެވެ. މުޅި ޖުމްލަ މަންޒަރަށް ބަލާނަމަ މޮރިއޭރޯ އަށް ލީގު މެޗުތައް ފެނިގެން ނަގާ ގައުމީ ޓީމެއް މިހާރު އޮތް ގައުމީ ސްކޮޑާ ތަފާތު ވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ލަންކާ އަތުން ރާއްޖެ އެއްވަރުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ގާތުގައި ނޫސްވެރިއަކު ސުވާލުކުރީ ގައުމީ ޓީމާ އެކު ލިބުނު ވަގުތަށް ބަލާއިރު، މޮރިއޭރޯ އަށް މިހާރު އޮތް ގައުމީ ސްކޮޑްގެ ކުޅުންތެރިން ދަަސްވެފައިވަނީ ކިހާވަރަކަށްތޯ އެވެ.

"އަހަންނަށް މި ޓީމުގެ ކުޅުންތެރިން އެނގޭ. މި ކުޅުންތެރިންނާ އެކު މަސައްކަތް ކޮށްގެން އަހަރެން ބޭނުންވާ ފުޓްބޯޅަ ކުޅެވޭނެ ކަން ވެސް އެނގޭ. އެބަ ފެނޭ އަހަރެން ކުޅެން ބޭނުންވާ ފުޓްބޯޅައިގެ ކަންކަން،" ކުޅުންތެރިން އެނގޭ ކަމަށް ބުނެ، މޮރިއޭރޯ ޖަވާބު ދިނެވެ.

ޒުވާން ސްކޮޑެއް ނަަމަ ނަތީޖާގެ ވާހަކަ ދައްކާނެތަ؟

ފޯ ނޭޝަންސް ކަޕްގައި މި ވަގުތު ވާދަކުރަމުން އަންނަ ޓީމުތަކަށް ބަލާއިރު، ޖުމްލަ ސްކޮޑުގައި އެންމެ ދުވަސްވީ ކުޅުންތެރިންނަށް ކުޅުމުގެ މިނިޓް ގިނައިން ދޭ ޓީމަކީ ރާއްޖެ އެވެ.

ރާއްޖޭގެ ޓީމުން ފުރަތަމަ ދެ މެޗުގައި ފެނިގެންދިޔަ ޕޮޒިޓިވް ކަމަކީ ގޯލުގައި ހުރީ އެންމެ ފަހުން ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް މޮޅު ކުޅުމެއް ދައްކައި ދާދި ފަހުން 23 އަހަރުން ދަށުގެ ޓީމުގެ ގޯލު ބެލެހެއްޓި އަލީ ނާޖިހު (ނާޖީ) އެވެ.

ނާޖީ ކޮޅަށް ފޯ ނޭޝަންސް ފުރަތަމަ ދެ މެޗުގައި ހަ ގޯލު ވަން ކަމުގައި ވިޔަސް އޭނާ އަކީ މި ލެވަލްގެ ތަޖުރިބާނެތް ދަސްކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެހެންވެ، އެ ގޯލުތަކަށް ސަމާލުކަމެއް ނުދީ ކޮންމެ މީހަކު ވެސް ނާޖީ ކުޅުވުމާ މެދު ޕޮޒިޓިވް ވިސްނުމަކުން ދެކެނީ އެހެންވެ އެވެ. ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އިއްޔެ ނާޖީގެ ދިފާއުގައި ތެދުވީ ވެސް އެ ސަަަބަބަށްޓަކަ އެވެ.

"ނާޖީއާ ދިމާލަށް އެއްވެސް މީޙަކު އެއްވެސް އެއްޗެއް ނުބުނާށޭ. އޭނަ އަކީ އަދި ޒުވާން ކީޕަރެކޭ އޭނަ އަދި ފައްޓައިގެން މި އުޅެނީ،" އަކޫ ސަޕޯޓަރުންގެ ކިބައިން އިލްތިމާސެއް ކުރި އެވެ.

ދާދި ފަހުން އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޒުވާން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ސޮބާހު މުހައްމަދު (ސޮބާ) ވަނީ އެ ޓީމު ގޮވައިގެން ދެ މަހަަށް ވުރެން ގިނަ ދުވަސް މަސައްކަތްކޮށްފަ އެވެ. ރާއްޖެ ތެރޭގައި ކޭމްޕްކޮށް ކޮލިފައިންގައި ކުޅެލަން ލިބުނު ދެ މެޗުގައި ޕޮޒިޓިވް ކަންކަން ފެނުނު ކަމަށް އޭނާ ބުނެފައިވެ އެވެ.

ސޮބާ، އޭރު ދިން އިންޓަވިއުއެއްގައި ބުނީ އެ ޒުވާން ޓީމުގައި ސީނިއާ ގައުމީ ޓީމަށް މި ވަގުތު ވެސް ކުޅެވޭނެ ހަ ވަރަކަށް ކުޅުންތެރިން އެބަތިބި ކަަމަށެވެ. އެ ކުޅުންތެރިންނަށް މެޗުތަކެއް ކުޅެލަން ދީގެން ތަޖުރިބާ ހޯދައިދީފިނަމަ އެއީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް ކުރެވޭނެ "އިންވެސްޓެއް" ގޮތުގައި ސޮބާ ފާހަގަކުރި އެވެ.

ސޮބާ މި ފާހަގަކުރި ކަންތައްތަކަކީ މުސްތަގުބަލުގައި ކުރިމަތިލާ މުބާރާތްތަކަށް ބަލާއިރު، ވިސްނާލުން މުހިއްމު ކަމެކެވެ.

ޓާގެޓަކީ އަދިވެސް ތަށި: އަކޫ

ގައުމީ ޓީމުގެ ކެޕްޓަން އަކޫ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މުހިއްމު ކަންތައްތަކެއް ފާހަަގަކޮށް ކުރިއަށް އޮތް ސީޝަލްސް މެޗަށް ޓަކައި މުހިއްމު މެސެޖެއް ދީފަ އެވެ. އަކޫ ބުނީ މި ވަގުތު އިސްކަންދޭންވީ އެންމެން އެއްބައިވެގެން އަމިއްލަ ބާރުގައި އޮތް ކަންތައްތަކުގެ ބޭނުންހިފައި ފޯ ނޭޝަންސް ކަޕްގެ މި ތަށި ހޯދަން މަސައްކަތް ކުރުމަށެވެ.

"މި ތަށި އަޅުގަނޑުމެންނަށް ވެސް ވަރަށް މުހިއްމު ސާފުން މި ލިބުނު ނާކާމިޔާބުން އަރައިގަންނަން އަޅުގަނޑުމެން އައީ މި ތަށި ހޯދަން. ކަން ދިމާކުރި ގޮތުން އަޅުގަނޑުމެން އެންމެން ބޭނުންވާ ނަތީޖާ ވެސް ނައިސްގެން އަޅުގަނޑުމެން ބޭނުންވާ ފުޓްބޯޅަ ވެސް ނުކުޅެވިގެން މި އުޅެނީ،" 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އަކޫ ބުންޏެވެ.

"ނެގެޓިވް ހުރިހާ ވާހަކަތަކެއް ބައިންދާލަދެއްވާށޭ ދިވެހި ސަޕޯޓަރުންނަށް ބުނެލަން އޮތީ. އެ ތަނަށް އަރާ (ދަނޑަށް އަރާ) އެއްވެސް ކުުޅުންތެރިއަކު ނާރާނެ މި ޓީމު ބަލިވާން އެދޭ. މި ޓީމުގެ މަސައްކަތް ކުރާނީ އެއްކޮށް އެއް އަމާޒެއްގައި ތަށްޓައް އަދިވެސް މި ތިބީ. އެއްވެސް މީހަކާ ދޭތެރޭ އެއްވެސް ހިތްބަރުކަމެއް ނެތް. މައްސަލައެއް ވެސް ނެތް، ކާމިޔާބަކީ މާތް ﷲ މިންވަރު ކުރައްވާ އެއްޗެއް،"

އަކޫ ދިން ޔަގީން ކަމަކީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ދެއްކި މޮޅު ކުޅުން ތަކުރާރު ކޮށްފިނަމަ ރާއްޖޭން ފޯ ނޭޝަންސް ކަޕް ކާމިޔާބު ކުރާނެ ކަމެވެ. ކުޅުންތެރިންގެ ލެވަލަށް ބަލާއިރު އެއީ ނުވާނެ ކަމެއް ނޫނެވެ. އެކަމަކު، އެ ކާމިޔާބީ ހާސިލްވާ ވަރަށް އެކަން ހަންގުވާ މިންވަރަށް ދަނޑުމަތީގައި މަސައްކަތް ކުރަން ވެސް ޖެހޭނެ އެވެ.

ފުޓްބޯޅައިގައި ރާއްޖޭން އެންމެ ފުރަަތަމަ ކުޅުނު މެޗަކީ 1979 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ސީޝެލްސްއާ ދެކޮޅަށެވެ. އެ ދުވަހު ރާއްޖެ ބަލިވީ 9-0 އިންނެވެ. އެންމެ ފަހުން ރާއްޖޭން ސީޝެލްސްއާ ދެކޮޅަށް 2015 ވަަނަ އަހަރުގެ އައިއޯއައިޖީގައި ކުޅުނު މެޗުން ވަނީ 2-1 އިން މޮޅުވެފަ އެވެ. ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު ސީޝެލްސްއާ ކުޅޭއިރު، މި މެޗުން މޮޅުވެ، ދިވެހި ފުޓްބޯޅަ އަށް ގެއްލެމުންދާ އިތުބާރު ހޯދައިދިނުން ހުރިހާ ގޮތަކުން ވެސް މުހިއްމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox