ޓީ20 ކްރިކެޓް ވޯލްޑް ކަޕް: ހަތަރު ވަނަ މެޗުން ވެސް މޮޅުވެ ޕާކިސްތާން ސެމީ އަށް

Nov 2, 2021, 6:40 PM
ޕާކިސްތާންގެ ބާބަރް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާންގެ ބާބަރް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ދުބާއީ (ނޮވެމްބަރު 2) - ކުޅުނު ހަތަރު ވަނަ މެޗުން މިރޭ ނަމީބިއާ އަތުން 45 ލަނޑުން މޮޅުވެ، ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި މި ފަަހަރު ތަފާތު ފޯމެއްގައި އޮތް ޕާކިސްތާން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުން ވަނީ އިންޑިއާ އަތުން 10 ވިކެޓުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ނިއު ޒީލެންޑް އަތުން ފަސް ވިކެޓުން މޮޅުވިއިރު، ތިން ވަނަ މެޗުން އަފްގާނިސްތާން އަތުން ވެސް މޮޅުވީ ފަސް ވިކެޓުންނެވެ. މިރޭ ނަމީބިއާގެ މައްޗަށް ފަސޭހަކަމާ އެކު ކުރިހޯދިއިރު، ޕާކިސްތާނުން ސެމީގެ ޖާގަ ޔަގީންކުރީ ބާކީ އެއް މެޗު އޮއްވަ އެވެ.

މިއީ ޕާކިސްތާނުން ޓީ20 ވޯލްޑް ކަޕްގެ ސެމީގައި ކުޅޭ ފަސް ވަނަ ފަހަރެވެ. އެ ޓީމަކީ މި މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ސެމީ ފައިނަލުގައި ކުޅުނު ޓީމެވެ. އެ ޓީމުން ވަނީ 2009 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ގްރޫޕް ދޭއްގެ އެއް ވަނައިގައި ޕާކިސްތާން އޮތީ ހަަތަރު މެޗުން އަށް ޕޮއިންޓާ އެކު އެވެ. ޕާކިސްތާން ސެމީގެ ޖާގަ ކަށަވަރުކުރުމާ އެކު މި ގްރޫޕުން ދެން ސެމީގެ ޖާގަ ހޯދުމުގެ ފޯރިގަދަވާނެ އެވެ.

މި ގްރޫޕްގެ ދެ ވަނައިގައި މި ވަގުތު އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އަފްގާނިސްތާން އެވެ. ތިން ވަނައިގައި އޮތް ނިއު ޒީލެންޑާއި ހަތަރެއްގައި އޮތް ނަމީބިއާ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން ނަމީބިއާ ތިން މެޗު ކުޅުނުއިރު، ނިއު ޒީލެންޑް ކުޅުނީ ދެ މެޗެެވެ.

މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ނުކުތް އިންޑިއާ އޮތީ ފަސް ވަނައިގަ އެވެ. އަދި ހަ ވަނައިގައި އޮތީ ސްކޮޓްލެންޑެވެ. މި ދެ ޓީމުން ވެސް ދެ މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ. އިންޑިއާ އަށް ސެމީގެ ޖާގަ ލިބޭނީ ދެން އޮތް ތިން މެޗުން މޮޅުވެގެންނެވެ.

ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ބެޓްކުރާށެވެ. މިރޭ ވެސް ތަފާތު ދެއްކީ މުހައްމަދު ރިޒްވާން އާއި ބާބަރު އާޒަމްގެ ޕާޓްނަޝިޕުންނެވެ.

ރިޒްވާން ނުބައިނުވެ 50 ބޯޅައިން 79 ލަނޑު ހެދިއިރު، ހަތަރަކަށް އަށް ފަހަރު އަދި ހަޔަކަށް ހަތަރު ފަހަރު ޖެހި އެވެ. ޕާކިސްތާން ލީޑުކުރުމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބާބަރު ވަނީ 49 ބޯޅައިން 70 ލަނޑު ހަދައިފަ އެވެ. ޕާކިސްތާނުން ވަނީ 20 އޯވަރު ހަމަވިއިރު، ދެ ކުޅުންތެރިން ނުބައިވެގެން 189 ލަނޑު އެއްކޮށްފަ އެވެ.

ޖަވާބުގައި ނަމީބިއާ އިން ކުޅެންއަރައި 20 އޯވަރު ހަމަވިއިރު، ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ، 31 ބޯޅައިން 43 ލަނޑު ހެދި ޑޭވިޑް ވެއިސް އެވެ.

ޕާކިސްތާނުގެ އުކުންތެރިންގެ ފަރާތުން ރަނގަޅު ބޯޅަތަކެއް ފެނުނު މި މެޗުގައި ނަމީބިއާ ބެޓްސްމަނުންނަށް އެންމެ ރަނގަޅަށް ފޮނުވާނުލެވި މެޗުން ބަލިވީ އެވެ. ޕާކިސްތާނުން ގްރޫޕްގައި ކުޅޭ ފަހު މެޗުގައި އާދިއްތަ ދުވަހު ސްކޮޓްލެންޑާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox