އިންސީނިއޭގެ ގޯލުތަކާ އެކު މޮޅުވެ ނަޕޯލީ އެއް ވަަނަ އަށް

Oct 29, 2021, 4:53 AM
ލަނޑު ޖެހުމަށް ފަހު އިންސީނިއޭ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު އިންސީނިއޭ އުފާފާޅުކުރަނީ.

ނޭޕްލްސް (އޮކްޓޫބަރު 29) - އިޓާލިއަން ލީގުގައި ރޭ ލޮރެންޒޯ އިންސީނިއޭގެ ދެ ގޯލާ އެކު 3-0 އިން ބޮލޯނިއާ ބަލިކޮށް ނަޕޯލީ ލީގުގެ އެއް ވަަނަ މަގާމަށް ޖެހިލައިފި އެވެ.

ރޭގެ މެޗަށް ނަޕޯލީ ނުކުތްއިރު އެ ޓީމު ދެ ވަނައިގައި އޮތީ މި ހަފްތާގައި އޭސީ މިލާން ކުޅުނު މެޗުން މޮޅުވެފައި އޮތުމުންނެވެ. ރޭގެ ނަތީޖާ އަށް ފަހު ނަޕޯލީ އާއި މިލާނަށް ވެސް ލިބިފައިވަނީ 10 މެޗުން 28 ޕޮއިންޓެވެ. ނަޕޯލީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ނޭޕްލްސްގެ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ނަޕޯލީގެ ވިކްޓަ އޮސީމެން ހުސްކޮށްލާފައި ދިން ބޯޅައަކުން އިންސީނިއޭ ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ހުއްޓުވީ ބޮލޯނިއާގެ ޑިފެންޑަރު ގެރީ މެޑަލް އެވެ.

ނަޕޯލީ އަށް ލީޑުނަގައިިދިނީ މެޗުގެ 19 މިނިޓްގައި ސްޕެއިންގެ މިޑްފީލްޑަރު ފަބިއާން ރުއީޒް އެވެ. އެލްޔިފް އެލްމާސް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭރިއާބޭރުން ރުއީޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ 41 ވަނަ މިނިޓްގައި އިންސީނިއޭ ވަނީ ޕެނަލްޓީ އަކުން ނަޕޯލީގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ އޭރިއާތެރެއިން ބޮލޯނިއާގެ ކުޅުންތެރިއަކު ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ބޮލޯނިއާގެ ކުޅުންތެރިއަކު ބޯޅައިގައި އަތްލީ ނަޕޯލީގެ އޮސީމެން ބޮލުން ޖަހަން އެރި ވަގުތު އެވެެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ނަޕޯލީގެ ތިން ވަނަ ގޯލު ޖަހައިދޭން އޮސީމެން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. މެޗުގެ 62 ވަނަ މިނިޓްގައި ބޮލޯނިއާ ކުޅުންތެރިއަކު އޭރިއާތެރެއިން އޮސީމެން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް އިންސީނިއޭ ވަނީ ނަޕޯލީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ނަޕޯލީ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން ޒަމްބޯ އަންގީސާ އޭރިއާބޭރުން ޖެހި ބާރު ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ކުރިން ފުލަމް އަށް ކުޅުނު އަންގީސާ މި ސީޒަނުގައި ނަޕޯލީ އަށް ކުޅެނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox