ބަނޑޭރި ކޮށި ސަރަހައްދު ފްލެޓާއި އޮފީސް ޓަވަރުތަކާއެކު ތަރައްގީ ކުރަން ވިސްނަނީ

ބަނޑޭރި ކޮށި ސަރަހައްދު ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް

ބަނޑޭރި ކޮށި ސަރަހައްދު ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް

ނެއިބަހުޑް ޑެވެލޮޕްމެންޓް ސަރަހައްދެއްގެ ގޮތުގައި ބަނޑޭރި ކޮށި ހިމެނޭ ސަރަަހައްދު ތަރައްގީ ކުރުމުގެ ވިސްނުމެއް ގެންގުޅޭކަން ސަރުކާރުން މިރޭ ހާމަކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ވަނީ ސިޓީގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވާފަ އެވެ.

ތިން ސައްތޭކައެއްހާ މީހުން ޒޫމް މެދުވެރިކޮށް ބައިވެރިވި އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ވަނީ މިހާރު އެ މިނިސްޓްރީން އެކުލަވާލާފައި އޮތް ލޭންޑް ޔޫސް ޕްލޭންގެ ޕްރެޒެންޓޭޝަނެއް ދީފަ އެވެ.

Advertisement

އެ ޕްރެޒެންޓޭޝަނުގައި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި ބަނޑޭރި ކޮށި ސަރަހައްދު ތަރައްގީ ކުރަން ހިމަނާފައިވެ އެވެ. ބަނޑޭރި ކޮށީގެ އިތުރުން ވެސް އެ ސަރަހައްދުގައި ދައުލަތުގެ ގިނަ ބިންތަކެއް ހުރުމުން އެ ތަނަކީ، ނެއިބަހުޑެއްގެ ގޮތުގައި ތަރައްގީ ކުރެވިދާނެ ކަމެއް ކަމަށް މިނިސްޓްރީން ދެކެ އެވެ.

އެ ތަނަށް ތަފްސީލީ ޕްލޭނެއް އަދި ނެތް ނަމަވެސް، ޕްލޭނިން މިނިސްޓްރީން ވަނީ މިހާރު މަސައްކަތް ކުރަމުންދާ ޕްލޭނުގައި ހުރި ބައެއް ކަންކަން ފާހަގަކޮށްފަ އެވެ.

ނައިބަހުޑެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދު
ނައިބަހުޑެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދު

ނައިބަހުޑެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދު

އެގޮތުން، އެ ސަރަހައްދުގައި މިޑް ރައިސް ރެސިޑެންޝަލް ޓަވަރުތަކެއް އެޅުމަށް ޕްލޭނުގައިވެ އެވެ. އަދި، މަލްޓިލެވެލް ފުޓްސަލް ކޮމްޕްލެކްސްއަކާއި ލޯ އަދި މިޑް ރައިސް އޮފީސް ޓަވަރުތަކަކާއި އެކި ބޭނުންތަކަށް ބޭނުން ކުރެވޭނެ ޓަވަރުތަކާއި އޮފީސް އަދި ފިހާރަތައް ޕްލޭނުގައި ހިމަނާފައިވެ އެވެ. އަދި، ހިނގާ އުޅެވޭނެ މަގުތަކާއި ޕާކްތައް ވެސް ޕްލޭނުގައި ހިމަނާފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީން އެ ސަރަހައްދު ތަރައްގީ ކުރުމަށް ގެންގުޅޭ ޕްލޭނަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތާއިދު ކުރެއްވި އެވެ. ކައުންސިލްގެ އެކްޝަން ޕްލޭނުގައި ވެސް މާލޭގައި ބިން ލިބޭ މިންވަރަކުން ގޯތި ދެވޭނެ ގޮތް ހެދުމަށް ހިމަނާފައިވެ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެ ސަރަހައްދު ތަރައްގީ ކުރުމުގެ ވިސްނުމެއް ސިޓީ ކައުންސިލްގައި ވެސް އެބަ އޮތް ކަމަށެވެ. ވިސްނުމަކީ މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ރަށްވެހިންނަށް ގެދޮރު ކަށަވަރުކޮށްދިނުން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވެސް އެންމެ ގިނަ ބަޔަކު ހިޔާލު ހުށަހަޅާފައިވަނީ ވީހާވެސް ގިނަ ބިންތަކެއް ގެދޮރާއި ފްލެޓް އެޅުމަށް ހުސްކުރުމަށެވެ. ހިޔާލު ފާޅުކުރި މީހުން ބުނި ގޮތުގައި، މާލޭގެ ރަށްވެހިންނަށް އެންމެ މުހިންމީ ގެދޮރު ކަމާއި އެހެން ކަންކަން އަންނަން ޖެހޭނީ އޭގެ ފަހުން ކަމަށެވެ.

"އަހަރެމެން ބޭނުން ވަނީ ގޯތި، 2.4 މިލިއަން ރުފިޔާއަށް 500 ސްކުއާޕީޓެއް ބޭނުމެއް ނޫން، އެ ވެސް އަދި ރަށްރަށު މީހުންނާ ކިޔުގައި ޖެހިގެން،" މީހަކު ހިޔާލު ފާޅުކުރި އެވެ.

އެހެން މީހަކު ބުނި ގޮތުގައި، މާލޭގެ ރައްޔިތުންގެ ހައްގުތައް ވަނީ ގެއްލިފަ އެވެ. މިހާރު ވެސް ވިސްނުން ހުރީ މާލެއަށް މީހުން ޖަމާވާ ގޮތަށް ތަރައްގީ ކުރުމަށް ކަމަށާއި އޭގެ ބަދަލުގައި މާލޭގެ މީހުންނަށް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ އެންމެންނަށް މާލޭގައި ނޫޅެވޭނެކަން އެބަ ޖެހޭ ގަބޫލުކުރަން،" މީހަކު ބުންޏެވެ.

މި ސަރުކާރުގެ ވިސްނުމަކީ، ގުޅީފަޅަށް ނޯތު ހާބަރު ބަދަލުކޮށް، މިހާރު ނޯތު ހާބަރު އޮތް ސަރަހައްދު، މީހުން ހިތްހަމަޖައްސާލަން ދާ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. ނަމަވެސް، ބައެއް މީހުން ވަނީ އެ ސަރަހައްދު ވެސް ގެދޮރަށް ދޫކުރުމަށް ހިޔާލު ހުށަހަޅާފަ އެވެ.

އަދި، ގުޅީފަޅު ވެސް މާލޭ ރައްޔިތުންނަށް ގެދޮރު ދޫކުރުމަށް އެދިފައިވެ އެވެ. ސިޓީ ކައުންސިލުން ވެސް ބޭނުން ވަނީ ބަނދަރު ތިލަފުށީގައި އަޅައި، ގުޅީފަޅު ގެދޮރަށް ދޫކޮށްލުމެވެ. އެކަމަށް މޭޔަރު މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ. އެއީ، ކުރީ ސަރުކާރުން ގުޅީފަޅާއި ތިލަފުށި ތަރައްގީ ކުރަން ވިސްނާފައި އޮތް ގޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox