ޕިރްލޯ ވަކިކޮށްފި، ޔުވެންޓަސް ކޯޗުކަން އަލުން އަލެގްރީ އަށް

May 28, 2021, 10:28 AM
ޔުވެންޓަސްގެ ކޯޗުކަމުން ވަކިކުރި ޕިރްލޯ (ކ) އާއި ދެން ހަވާލުވާން ނިންމާފައިވާ އަލެގްރީ.

ޔުވެންޓަސްގެ ކޯޗުކަމުން ވަކިކުރި ޕިރްލޯ (ކ) އާއި ދެން ހަވާލުވާން ނިންމާފައިވާ އަލެގްރީ.

ޓިއުރިން (މެއި 28) - ޔުވެންޓަސް ކޯޗުކަމުން ރަސްމީކޮށް މިއަދު އަންދްރެއާ ޕިރްލޯ އެއް އަހަރަށް ފަހު ވަކިކުރިއިރު، ވަރަށް އަވަހަށް އެ މަގާމާ ޔުވެންޓަސް އަށް ކުރިން ކޯޗު ކޮށްދިން މެސިމޯ އަލެގްރީ ހަވާލުވާނެ ކަމަށް އެ ކްލަބުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓްކޮށްފި އެވެ.

ޕިރްލޯ އެއް ސީޒަނަށް ފަހު ޔުވެންޓަސްގެ ކޯޗުކަމުން ވަކިކުރީ މި ފަހަރު އެ ޓީމަށް ނުވަ އަހަރަށް ފަހު އިޓާލިއަން ލީގު ގެއްލުމުގެ އިތުރުން ގަދަ ހަތަރެއްގެ ފުރުސަތު ވެސް ލިބުނީ އުނދަގުލުން ކަމަށްވާތީ އެވެ. ޕިރްލޯގެ ކޯޗުކަމުގައި އިޓާލިއަން ސުޕަ ކަޕް ޔުވެންޓަސް އިން ކާމިޔާބުކުރިއިރު، ދާދި ފަހުން އެ ޓީމުން އެޓަލަންޓާ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި އުފުލާލީ ޕިރްލޯގެ 42 ވަނަ އުފަން ދުވަހު އެވެ.

ޔުވެންްޓަަސްގެ ކޯޗުކަމާ މި ސީޒަނުގައި ޕިރްލޯ ހަވާލުވީ ކޯޗިންގެ މާ ބޮޑު ތަޖުރިބާއެއް ނެތި އެވެ. އޭނާގެ ރަސްމީ ފުރަތަމަ ކޯޗިން ވަޒީފާ ކަމަށްވާ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ހަވާލުކުރިތާ 10 ދުވަސް ފަހުން ސީނިއާ ޓީމުން ފުރުސަތު ލިބުނީ އެވެ.

ޔުވެންޓަސް އިން ވަކިކުރުމުން ޕިރްލޯ އަންނަނީ އިޓާލިއަން ލީގުގެ ސަސުއޯލޯއާ ހަވާލުވާން އެ ޓީމާ މަޝްވަރާ ކުރަމުންނެވެ. ޕިރްލޯ ހޯދަން ލާޒިއޯ އާއި ނަޕޯލީން ވެސް ޝައުގުވެރިވެ އެެވެ. ލާޒިއޯގެ ކޯޗަކަށް ހުރި ސިމޯން އިންޒާގީ ވަނީ އެ ޓީމު ދޫކޮށް ލީގު ޗެމްޕިއަންކަން ހޯދި އިންޓަ މިލާނާ ހަވާލުވާން ނިންމައިފަ އެވެ. އިންޓަގެ ކޯޗުކަން އެންޓޯނިއޯ ކޮންޓޭ ވަނީ ދޫކޮށްލައިފަ އެވެ. އެއީ އެ ޓީމުގެ ވެރިންނާ އުފެދުނު ހިޔާލުތަފާތުވުން ތަކެއްގެ ތެރެއިންނެވެ.

އުމުރުން 53 އަހަރުގެ އަލެގްރީ އަކީ ރެއާލް މެޑްރިޑްގެ ކޯޗުކަމަށް ގެންނަން އެ ޓީމުން ބޭނުންވި ކޯޗެވެ. ރެއާލްގެ ކޯޗަކަށް ހުރި ޒިނެދިން ޒިދާން ވަނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލައިފަ އެވެ.

އަލެގްރީ ޔުވެންޓަސް ކޯޗުކަމުން ވަކިވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ޓީމަކާ ހަވާލެއް ނުވެ އެވެ. ކުރިން އޭސީ މިލާނަށް ވެސް ކޯޗުކޮށްދިން އަލެގްރީ އަށް ކޯޗިން ވަޒީފާއެއް ނެތި ހޭދަކުރި މި ދެ އަހަރު ގިނަ ޓީމުތަކެއްގެ ހުށަހެޅުން ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ޗެލްސީ އާއި އާސެނަލް ހިމެނެ އެވެ.

ފަސް އަހަރު ޔުވެންޓަސްގެ ކޯޗުކަން ކުރިއިރު، އަލެގްރީ ވަނީ އެ ޓީމާ އެކު އެގާރަ ތަށި އުފުލާލައިފަ އެވެ. އޭގެ ތެެރެއިން ފަސް ތަށްޓަކީ އިޓާލިއަން ލީގެވެ. އަލެގްރީގެ ކޯޗުކަމުގައި ޔުވެންޓަސް ވަނީ ދެ ފަަަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފަ އެވެ. އެއީ 2015 އާއި 2017 ވަނަ އަހަރު އެވެ.

އަލެގްރީ ޔުވެންޓަސް ދޫކޮށްލި ފަހުން އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތެއް ނުލިބެ އެވެ. ޕިރްލޯ އަކީ އަލެގްރީ ވަކިވި ފަހުން ޔުވެންޓަސް އިން ވަކިކުރި ދެ ވަަނަ ކޯޗެވެ. ޕިރްލޯގެ ކުރިން ޔުވެންޓަސްގެ ކޯޗަކަށް ހުރީ މައުރީޒިއޯ ސާރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox