ޔޫތު މުބާރާތަށް އީގަލްސްގެ ޓްރަޔަލްސް މިރޭ ފަށަނީ

Apr 30, 2021, 4:37 AM
އީގަލްސްގެ ޓްރެއިނިން އެއްގެ ތެރެއިން އެ ޓީމުގެ ޒައިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސްގެ ޓްރެއިނިން އެއްގެ ތެރެއިން އެ ޓީމުގެ ޒައިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޒުވާން ކުޅުންތެރިން އުފެއްދުމުގެ ވިސްނުމުގައި އެފްއޭއެމުން ބާއްވަމުން އަންނަ ޔޫތު ފުޓްބޯޅަ މުބާރާތަށް ކުޅުންތެރިން ހޯދުމުގެ ވިސްނުމުގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އީގަލްސް އިން މިރޭ ޓްރަޔަލްސްތައް ފަށަން ނިންމައިފި އެވެ.

އެފްއޭއެމުން ވަނީ ޖޫން މަހުގައި ޔޫތު ފުޓްބޯޅަ މުބާރާތް ފަށަން ނިންމާފައިވާކަން ކްލަބްތަކަށް އަންގައިފަ އެވެ.

އީގަލްސް އިން މިރޭ ޓްރަަޔަލްސްތައް ފަށަން ނިންމާފައިވަނީ މާފަންނު ޓާފް ދޭއްް ގައި 22:30 އިން ފެށިގެންނެވެ. މި ފަހަރުގެ ޔޫތު މުބާރާތް ހާއްސަކުރެވިފައިވަނީ 18 އަހަރުން ދަށަށް ކަމަށް ވާތީ ޓްރަޔަލްސްގައި ބައިވެރިވެވޭނީ 2003 އާއި 2004 ވަނަ އަހަރު އުފަންވި ކުދިންނަށެވެ.

"ސިލެކްޝަން ތަކުން ކުދިން ފައިނަލްކުރާނީ ކުދިންގެ ހުނަރު ދައްކާލުމަށް އަދި އެކުދިންނަށް އެކަށީގެންވާ ވަގުތު ދީފައި. އެ ގޮތުން ފައިނަލް ސިލެކްޝަން ހަދާނީ އެކި ދުވަސްތަކުގައި ޓްރެއިނިންތައް ބޭއްވުމަށް ފަހު،" އީގަލްސް އިން ބުންޏެވެ.

އީގަލްސްގެ ޓްރަޔަލްސްގައި ބައިވެރިވާން ޝައުގުވެރިވާ ކުދިން އިތުރު މައުލޫމާތު އޮޅުންފިލުވުމަށް 7530613 ނޫނީ 7991869 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

އެފްއޭއެމުން 2011 ވަނަ އަހަރު ބާއްވަން ފެށި ޔޫތު މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އެކާވީސް އަހަރުން ދަށަން ހާއްސަކޮށްގެން ފެށި މި މުބާރާތް 2018 ވަނަ އަހަރު ބޭއްވީ 18 އަހަރުން ދަށަަށެވެ.

އެކަމަކު އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތް އަލުން 21 އަހަރުން ދަށަށް ބަދަލުކޮށް އުސޫލަށް ބަދަލެއް ގެނަ އެވެ. އެއީ އެއް އަހަރު 21 އަހަރުން ދަށަށް، އަނެއް އަހަރު 19 އަހަރުން ދަށަށް ބާއްވާށެވެ. އޭރުން އެއް އަހަރު ވާދަކުރި ކުޅުންތެރިން އިތުރު ހަރުފަތަކަށް އަރައި އަންނަ އަހަރު ކުޅެން އާ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބިގެންދާނެތީ އެ ގޮތަށް ވިސްނުމަށް ފަހު އެވެ.

ޔޫތު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ، ގްރީން ސްޓްރީޓްސް އަދި ކްލަބް އީގަލްސް އެވެ. މީގެ ތެރެއިން ގްރީން ސްޓްރީޓްސް އިން މި މުބާރާތް ކާމިޔާބުކުރީ 18 އަހަރުން ދަށަން ބޭއްވިއިރު އެވެ.

އީގަލްސް އިން ވަނީ މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. ޔޫތު މުބާރާތުން އީގަލްސް އިން ވިދާލި ގިނަ ކުޅުންތެރިން އަންނަނީ މި ވަގުތު އީގަލްސްގެ ފުލް ޓީމަށް ކުޅެމުންނެވެ. އަދި މި މުބާރާތުން ތައާރަފްވި ކުޅުންތެރިން ގައުމީ ސީނިއާ ޓީމަށް ވެސް ކުޅެ އެވެ.

އަންނަ މަހު ފަސް ވަނަ ދުވަހު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ވެސް ވަނީ ޔޫތު މުބާރާތަށް ޓްރަޔަލްސް ފަށަން ވަނީ ނިންމައިފަ އެވެ. ޔުނައިޓެޑް ވިކްޓްރީ ޓީމުގެ ޓްރަޔަލްސްގައި ބައިވެރިވަން ބޭނުންވާ ކުދިން ގުޅާނީ 7911437 އާއި 7499715 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox