އިންތިގާލީ އިންސާފުގެ އޮފީހަށް ގިނަ ވަޒީފާތަކެއް، މުސާރަތައް ބޮޑު!

ދައުލަތުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާގޭ ކުރިމަތީ ބަޔަކު މަޑުކޮށްލައިގެން: އިންތިގާލީ އިންސާފުގެ އޮފީހުން ގިނަ ވަޒީފާތަކެއް ވަނީ އިއުލާންކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ދައުލަތުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާގޭ ކުރިމަތީ ބަޔަކު މަޑުކޮށްލައިގެން: އިންތިގާލީ އިންސާފުގެ އޮފީހުން ގިނަ ވަޒީފާތަކެއް ވަނީ އިއުލާންކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ހެދި، އިންތިގާލީ އިންސާފުގެ އޮފީހުން ގިނަ ވަޒީފާތަކަކަށް ހުޅުވާލައިފި އެވެ.

މި މަހުގެ 18 ވަނަ ދުވަހު އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ ޖުމްލަ 20 ވަޒީފާއެއް ހުޅުވާލާފަ އެވެ. އަލަށް އުފެދޭ މި އޮފީހަށް ގިނަ މުވައްޒަފުންތަކެއް ނަގައި، މުވައްޒަފުންނަށް ދޭން ކަނޑައަޅާފައިވާ މުސާރަތައް ޖުމްލަ ގޮތެއްގައި ބޮޑެވެ.

އެގޮތުން، ކޭޝް މެނޭޖްމެންޓް އޮފިސަރުންނާއި ލީގަލް އޮފިސަރުންނާއި ރީސާޗް އޮފިސަރުންނާއި ވިކްޓިމް ސަޕޯޓް އޮފިސަރުންނާއި އިންވެސްޓިގޭޝަން އޮފިސަރުންނަށް ހުޅުވާލާފައިވެ އެވެ. ގިނަ މަގާމުތަކުގެ އަސާސީ މުސާރަ 15،000 ރުފިޔާއަށް އަރާއިރު ސާވިސް އެލެވެންސްގެ ގޮތުގައި ކޮންމެ މަގާމަކަށް ވެސް 5،000ރ. ނުވަތަ 6،000ރ. ލިބެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މުވައްޒަފުން ނަގައި، މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު އެތަނަށް އިސްވެރިން ކަނޑައެޅިތާ މިހާރު ވަނީ ދުވަސްތަކެއްވެފަ އެވެ. އެގޮތުން، އެންމެ އިސްވެރިޔާ، ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ، ނ. މާފަރު، އީޓުޖެހިގެ، އަބްދުއްސަލާމް އާރިފެވެ.

އޭގެ ދަށުން އޮމްބަޑްސްޕާސަންގެ މަގާމަށް ހަމަޖައްސާފައިވަނީ، ޖިހާދާ އަނީސް އާއި މަރްޔަމް ލައިޒާ އެވެ.

އޮމްބަޑްސްޕާސަނުންނަށް 35،000 ރުފިޔާގެ މުސާރައެއް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެ އަދަދު މަދުވެގެން މަޖިލީހަށް ޝަކުވާ ވެސް ހުށަހެޅި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މެންޑޭޓަށް ބޮޑު ޒިންމާއެއް ހަވާލުކޮށްފައިވާއިރު، ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިޒާމީ ގޮތެއްގައި ރޭވިގެން މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް އެ އޮފީހުން ބަލަން ޖެހޭނެ އެވެ.

މި އޮފީސް ފުރަތަމަ އުފެއްދުމަށް މަޖިލީހަށް ބިލް ހުށަހެޅީ އޮތީ، ހަމައެކަނި ރައީސް މުހައްމަދު ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި ކަންކަން ބެލުމަށެވެ. ނަމަވެސް، މަޖިލީހުން ބިލް ދިރާސާ ކުރުމަށްފަހު ފަސް ވެރިކަމުގެ ތެރޭގައި ހިނގައިދިޔަ ކަންކަން ވެސް ބެލުމަށް ހިމެނީ އެވެ.

ބޮޑެތި ބާރުތަކެއް ދީފައިވާ މި އޮފީހަށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި މުއާމަލާތް ކުރުމުގެ ބާރު އޮވެ އެވެ. އަދި، މައްސަލަތައް ތަހުގީގު ކުރުމާއި މީހުން ހާޒިރުކުރުން ފަދަ ކަންކަން ވެސް މެންޑޭޓްގެ ތެރޭގައި އޮވެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ މި އޮފީސް އެކުލަވާލައި، ބޮޑު ހޭދައެއް ކުރުމަކީ އިދިކޮޅުން ފާޑުކިޔަމުން އަންނަ ކަމަކަށްވާއިރު، އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އެމްޑީޕީން ބަދަލު ހިފުމުގައި ރޫހުގައި ކުރާ ކަމެކެވެ.

މި ސަރުކާރުގައި ވަނީ އެކިއެކި މައްސަލަތައް ބެލުމަށް ތަފާތު ރިޔާސީ ކޮމިޝަންތައް ވެސް އުފައްދައި، މަގާމުތައް އެކި ފަރާތްތަކަށް ދީފަ އެވެ. ނަމަވެސް، މިހާތަނަށް އެއިން ކޮމިޝަނެއްގެ މަސައްކަތްތައް ނިމި، އެކަށީގެންވާ ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ. އޭގެ ތެރޭގައި މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަން ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox