Advertisement

16 ތަނެއް ރިސޯޓު ހަދަން ދީފި، ދިން އަގު ސިއްރު

23 ޑިސެންބަރު 2024 - 13:41 4

އަމަން ހަލީމް

އަމަން ހަލީމް

ރާއްޖޭގެ ރަށްތަކެއް ދައްކުވައިދޭ ރެޕްރެޒެންޓޭޓިވް ކުރެހުމެއް: އެންމެ ގިނައިން ކުއްޔަށް ދޫކޮށްފައި ހުރީ މާލެ އަތޮޅުގެ ފަޅުތައް -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


16 ތަނެއް ރިސޯޓު ހަދަން ދީފި، ދިން އަގު ސިއްރު

23 ޑިސެންބަރު 2024 - 13:41 4

ރިސޯޓު ތަރައްގީކުރަން ދޫކުރި ރަށްތަކާއި ފަޅުތައް ހިމެނޭހެން މި ސަރުކާރުން ކުއްޔަށް ދޫކުރި އެއްވެސް ތަނެއް ކުއްޔަށް ދޭން ނެގި ލީޒް އެކުއިޒިޝަން ކޮސްޓު ހާމަަކުރެވެން ނެތް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ޓޫރިޒަމަށް "އަދަދު" އިން ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 18 ގައި މި ސަރުކާރުގެ ދައުރު ފެށުނު ފަހުން، ޓޫރިޒަމްގެ ބޭނުންތަކަށް 16 ތަނެއް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމުން ބުންޏެވެ. މި ހުރިހާ ތަނެއް ދޫކޮށްފައި ހުރި މި އަހަރުގެ ތެރޭގައި އެވެ.

މި ތަންތަން ކުއްޔަށް ދިން ތާރީހާއި ކުއްޔަށް ނެގި މީހުންނާއި ވިޔަފާރިތަކުގެ މައުލޫމާތު ހިއްސާކުރި ނަމަވެސް ލީޒް އެކުއިޒިޝަން ކޮސްޓަކީ އެއްބަސްވުންތަކުގެ "ނަން ޑިސްކްލޯޝާ އެންޑް ސާކަމްވެންޝަން" ގެ ދަށުން ހާމަކުރެވެން ނެތް މައުލޫމާތެއް ކަމުގައި ބުންޏެވެ.

ލީޒް އެކުއިޒިޝަން ކޮސްޓު ހާމަކުރަން ޓޫރިޒަމުން ދެކޮޅު ހަދާއިރު، ރިސޯޓު ތަރައްގީކުރަން ދޫކުރާ ތަންތަނުގެ ލީޒް އެކުއިޒިޝަން ކޮސްޓަކީ ކުރިން ހާމަކުރަމުން އައި މައުލޫމާތެކެވެ. އަދި ހާމަނުކުރާ ހާލަތްތަކުގައި ފަހުން އާންމުކޮށްފައި ހުރި ރިޕޯޓުތަކުންނާއި ރަސްމީ ލިޔެކިޔުންތަކުން އެ މައުލޫމާތު ފެންނަން އެބަހުއްޓެވެ.

އޭގެ އިތުރުން ޓޫރިޒަމްގެ ބޭނުންތަކަށް ތަންތަން ކުއްޔަށް ދޭން ޓޫރިޒަމުން ކުރާ އިއުލާނުތަކުގައި ވެސް އެންމެ ކުޑަކޮށް ހުށަހެޅޭ ލީސް އެކުއިޒިޝަން ކޮސްޓު ހިމަނާފައިވެ އެވެ.

ލީސް އެކުއިޒިޝަން ކޮސްޓު ހިސާބުކުރާ ފޯމިއުލާ: އެއްވެސް ރަށެއް ނޫނީ ފަޅެއް ކުއްޔަށް ދޫކުރެވޭނީމި ފޯމިއުލާގެ ދަށުން އެކުއިޒިޝަން ކޮސްޓު ނަގައިގެން --


ލީސް އެކުއިޒިޝަން ކޮސްޓު ހިސާބުކުރާ ފޯމިއުލާއަކީ ޓޫރިޒަމް ގާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި, ބިންބިމާއި, ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދު" ގެ ދަށުން ކަނޑައެޅިފައިވާ ފޯމިއުލާއެކެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައި ހުރި އިއުލާންތަކާއި ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ލިސްޓު އަޅައިބަލާއިރު، ކުއްޔަށް ދޫކުރި ތަންތަނުގެ ތެރެއިން ގިނަ ތަންތަނަކީ ޓޫރިޒަމުން އިއުލާނުކުރި ލިސްޓުތަކާއި ކްރޮސް ސަބްސިޑީގެ ދަށުން ޕްރޮޖެކްޓުތަކަށް ފައިސާ ހޯދަން ދޫކުރާ ތަންތަނުގެ ލިސްޓުތަކުގައި ހިމެނޭ ތަންތަނެއް ނޫނެވެ.

އިއުލާންނުކުރާ ތަންތަން ކުއްޔަށް ދޫކުރުމަކީ ޓޫރިޒަމް ގާނޫނުގެ ދަށުން މަނާކަމެއް ނޫނެވެ. ނަމަވެސް މި ތަންތަން ވާން ޖެހޭނީ ރައީސްއަށް ލިބިދޭ ހާއްސަ ބާރުގެ ދަށުން ޓޫރިޒަމްގެ ބޭނުންތަކަށް ކަނޑައެޅިފައި ހުންނަ ތަންތަނަށެވެ. މި ނޫހުން ވާނީ ގާނޫނާ އެއްގޮތަށް މިއީ ޓޫރިޒަމްގެ ބޭނުންތަކަށް ކަނޑައެޅިފައި ހުރި ތަންތަންތޯ ކަށަވަރުކުރުމަށް ރައީސް އޮފީހަށް އާރުޓީއައިއެއް ހުށަހަޅާފަ އެވެ.

ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު އަދަދު ޓޫރިޒަމުން ހާމަނުކުރި ނަމަވެސް، މީރާއިން އާންމުކޮށްފައިވާ މަންތުލީ ރެވެނިޔު ރިޕޯޓުތަކުން މި އަދަދު އަންދާޒާކޮށްލެވެ އެވެ. މީރާގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ނޮވެމްބަރުގެ ނިޔަލަށް ލޭންޑް އެކުއިޒިޝަން އަދި ކޮންވާޝަން ފީގެ ގޮތުގައި 23.5 މިލިއަން ޑޮލަރު (360.6 މިލިއަން ރުފިޔާ) ލިބިފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މި ނޫހުން ހުށަހެޅި އާރުޓީއައި ދިން ޖަވާބާއި ރަށްތަކާއި ފަޅުތަކުގެ ލިސްޓު: އެންމެ ގިނައިން ތަންތަން ދޫކޮށްފައި ހުރީ އޮކްޓޫބަރު މަހުގެ ތެރޭގައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


މި ފައިސާގެ ބޮޑު ބަޔެއް ލިބިފައިވަނީ އޮކްޓޫބަރާއި ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެންމެ ގިނައިން ފަޅުތަކާއި ރަށްތައް ދޫކޮށްފައި ހުރީ ވެސް މި މުއްދަތުގެ ތެރޭގަ އެވެ. ނަމަވެސް މި އާމްދަނީގެ ތެރޭގައި ލޭންޑް އެކުއިޒިޝަން އާއި ކޮންވާޝަން ފީ ވެސް ހިމެނޭތީ މިއީ ސީދާ ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު އާމްދަނީއެއް ކަމަށް ނުބެލެވޭނެ އެވެ.

ރިސޯޓު ހަދަން ކުއްޔަށް ދޫކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ހަތް ރަށާއި ނުވަ ފަޅު ހިމެނެ އެވެ. ކުއްޔަށް ދޫކުރި ފަޅުތަކުގެ ތެރެއިން އެއް ފަޅަކީ (މާވަރު ފަޅު) އިންޓަގްރޭޓަޑް ޓޫރިޒަމް މަޝްރޫއެއް ހިންގަން ދުބާއީގެ ކުންފުންޏަކަށް ދޫކޮށްފައި ހުރި ފަޅެކެވެ. އެންމެ ގިނައިން ތަންތަން ދޫކޮށްފައި ހުރީ މިހާރު ވެސް އެންމެ ގިނަ ރިސޯޓުތައް ހުރި ކ. އަތޮޅުންނެވެ.