13 އޭޕްރީލް 2025 - 10:40 0
13 އޭޕްރީލް 2025 - 10:40 0
މެޑްރިޑް (އޭޕްރީލް 13) - ސްޕެނިޝް ލީގުގައި މިރޭ ޑިޕޯޓިވޯ އަލްވޭސްއާ ދެކޮޅަށް މެޗު ކުޅެން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އެކަމަކު އިތުރު ޝަކުވާ އެއް ކުރަން ބޭނުން ނުވާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ރެއާލުން ވަނީ މީގެ ކުރިން މި މެޗު ހޮނިހިރު ދުވަހަށް އަވަސް ކުރަން ނޫނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި މި ހަފްތާގައި، އާސެނަލާ ދެކޮޅަށް ކުޅޭ މެޗަށް ވުރެ ފަސް ކުރަން ސްޕެނިޝް ލީގުގައި އެދިފަ އެވެ. އެކަމަކު، ސްޕެނިޝް ލީގުން ވަނީ މި މެޗު ކަނޑައެޅި ތާރީހުގައި ކުޅެން ނިންމައިފަ އެވެ.
މި މެޗު ބަދަލުކުރަން ރެއާލުން ހުށަހެޅީ މެޗު ނިންމުމަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އާސެނަލްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ކުޅުންތެރިންނަށް އަރާމު ކުރަން އެންމެ 72 ގަޑިއިރު، ލިބޭތީ އެވެ.
ޗެލްސީ އާއި އޭސީ މިލާނުގެ ކުރީގެ ކޯޗު، އަންޗެލޮޓީ ވަނީ މީގެ ކުރިން ވެސް ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ އެކަމުގެ ޝަކުވާ ކޮށްފަ އެވެ. އަދި އޭގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއް ކްލަބަކީ ރެއާލް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
"އަހަންނަކަށް ނޭނގޭ އާދީއްތަ ދުވަހު މެޗު ކުޅެން ޖެހޭ ސަބަބެއް. އެކަމަކު، އަހަރެންގެ ޝަކުވާ އެއް ނެތް. 72 ގަޑިއިރު އެބަލިބޭ އަރާމުކުރަން" އަންޗެލޮޓީ ބުންޏެވެ.
މި ފަހުން ރެއާލުން ދަށްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން އަންޗެލޮޓީ ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި އާސެނަލް އަތުން ދެ ވަނަ ލެގުގައި ރެއާލަށް ކުރިނުހޯދިއްޖެނަމަ އޭނާ މަގާމުން ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންޗެލޮޓީ އަށް ބްރެޒިލްގެ ކޯޗުކަމުގެ އޮފާ ލިބިފައިވާއިރު، މި ސީޒަނަށް ފަހު، ރެއާލްގެ ކޯޗުކަމާ ޒަބީ އަލޮންސޯ ހަވާލުވެދާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment