13 އޭޕްރީލް 2025 - 07:04 2
މުހައްމަދު ޝަހްޒާން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ ޒާހިރު؛ މަހާޒްގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގިކަން ކަށަވަރު ކުރުމަށް އޭނާގެ ފަރާތުން މަސައްކަތް ކުރުމުން ޖޭއެސްސީން މިހައިތަނަށް ޖަވާބެއް ވެސް ދީފައި ނުވޭ -- ފޮޓޯ: އިސްމާއިލް އިމްދާދު / އަދަދު
13 އޭޕްރީލް 2025 - 07:04 2
ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ ޒާހިރުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގައި ކްރިމިނަލް ކޯޓުގެ ގާޒީންނަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
މަހާޒްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅީ ތިން ހެކިވެރިންނެވެ. ނަމަވެސް މިއަދު އެ މައްސަލައިގެ ފަހު އަޑުއެހުން ނިންމައިލިއިރު، އޭގެތެރެއިން އެއްވެސް ހެއްކެއްގެ ހެކިބަސް ނަގާފައި ނުވާކަން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ.
އެކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން 'އަދަދު' ނޫހަށް މައުލޫމާތު ދެމުން ބުނީ މަހާޒްގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގިކަން ކަށަވަރު ކުރުމަށް އޭނާގެ ފަރާތުން މަސައްކަތް ކުރުމުން ޖޭއެސްސީން މިހައިތަނަށް ޖަވާބެއް ވެސް ދީފައި ނުވާ ކަމަށެވެ.
'އަދަދު' އަށް އެނގިފައިވާގޮތުގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު މަހާޒްގެ ފަރާތުން އެދުނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ތައްޔާރު ކުރާ ތަހުގީގު ރިޕޯޓު ފާސްކުރުމަށް ނަގާ ވޯޓުގައި އެ މައްސަލަ ތަހުގީގު ކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއި ބަންޑާރަނައިބު، އަހުމަދު އުޝާމް ބައިވެރިވެވަޑައިނުގަތުމަށެވެ.
ފަނޑިޔާރު މަހާޒްގެ ފަރާތުން އެގޮތަށް ހުށަހެޅުއްވީ އެ މައްސަލައިގައި އެ ބޭފުޅުންގެ މަސްލަހަތު އޮންނާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ.
މަހާޒްގެ މައްޗަށް ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޑރ. އަޒްމިރާލްދާ ޒާހިރުގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ފަނޑިޔާރު، އަޒްމިރާލްދާއަށް ވެސް ކުރެ އެވެ. ފަހު އަޑުއެހުމަށް އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުވާން އަންގާފައި އޮތީ މިއަދު ހެނދުނު 10:00 އަށެވެ.
އެ މައްސަލައިގެ އިތުރުން މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރި އިރު އެ މަޖިލީހުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ތިއްބެވިތީ އެ މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތަކެއް ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލުކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ދުވަހު އެވެ. އެ އަޑުއެހުން ތާވަލުކުރިއިރު، ސުޕްރީމް ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތާ ހިލާފަށް، އެ މައްސަލައަކީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނޭ މައްސަލައެއް ކަމަށް ނިންމާފަ އެވެ.
މަހާޒް އާއި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ޖޭއެސްސީން ސަސްޕެންޑު ކުރި އެވެ. ސަސްޕެންޑު ކުރުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކިކުރުން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފެބްރުއަރީ 27، ގައި ބިލެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ބިލަށް ފާޑުކިޔުން އަމާޒުވުމުން ބިލު ތަސްދީގު ނުކުރައްވައި ރައީސް މުއިއްޒު ވަނީ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފަ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
12 days ago
މުއިއްޒުގެ ވެރިކަން ނިމޭދުވަހަކުން މިކަހަލަ ހުރިހާ މައްސަލަ ތަކެއް ތަހުގީގުކޮއް ޝަރީއަތަށް ފޮނުވަން ކެރޭނީ ކާކު ވެރިކަމަށް ގެނެސްގެންބާ.؟ ވަރަށްބޭނުން މިކަން ކުރަން،
ކުރިޓިކު
12 days ago
މި ޤައުމު ދެން މިޖެހުނީ މިލިޓިރީންނާ ހަވާލް ކުރަން، ކީއްކުރާނީ!
Comment