13 އޭޕްރީލް 2025 - 05:31 2
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވީ ދިވެހިން ނުކުޅެދުންތެރިކަމަށް ހުށަހެޅޭ ބޮޑު ސަބަބަކީ ދުންފަތް ކަމަށް --- ފޮޓޯ: ރައީސް އޮފީސް
13 އޭޕްރީލް 2025 - 05:31 2
ދިވެހިން ނުޅުދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޒުވާން ޖީލު ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރު ކުރުވަން ގާނޫނަށް ބަދަލު ގެނެސްގެން މިހާރު 25 އަހަރު ވެފައި ތިބި މީހުންނަށް "ޖެނެރޭޝަން ބޭން" އާ މެދު ވަޒީރުންގެ މަޖިލީހުން މިއަދު ގޮތެއް ނިންމާނެކަން އިއުލާނުކުރައްވަމުންނެވެ.
"ރާއްޖޭގަ ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ. އަދި، ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ހެލްތް ސްޓެޓިކްސް ސާވޭ 2022 އަށް ރިއާޔަތް ކުރައްވަމުންނެވެ. އެ ސާވޭ މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމުކުރީ 2021 ގެ ސާވޭ އެވެ.
މީގެ އިތުރުން، ރާއްޖޭގައި މަރުވާ 84 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ. ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ފެތުރޭ މައިގަނޑު ސަބަބަކީވެސް ދުންފަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދުންފަތް މަނާކުރަން ކަނޑައަޅާ ޖެނެރޭޝަން ބޭން އާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ކަމަށް ބުނެ ރައީސް ވަނީ ސޯޝަލް މީޑިއާ ޕޯލެއް ވެސް ނަގާފަ އެވެ. މި ޕޯލަށް ލިބުނު ޖުމްލަ ވޯޓުގެ 61 ޕަސެންޓު ވޯޓު ލިބުނީ 2000 އިން ފެށިގެން ވިހެއި އެންމެނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.
މިފަދަ ގާނޫނެއް ވުޖޫދުވެއްޖެ ނަމަ ރާއްޖެ ވެގެންދާނީ އާބާދީގެ ބަޔަކަށް ދުންފަތް މަނާކުރާ ފުރަތަމަ ގައުމަށެވެ. މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާ ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާ ވެސް ބައްދަލުކޮށްފަ އެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ގާނޫނުތައް ބަދަލުކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޖެހިގެން އައި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން، ގާނޫނު ބަދަލުކޮށް ކޮންމެ ސިނގިރޭޓަކުން ނަގާ އިމްޕޯޓު ޑިއުޓީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 8ރ. އަށް މަތިކޮށްފަ އެވެ. އަދި، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ވަނީ ބޮޑުކޮށްފަ އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސަނީ
12 days ago
މީނާވީ އަލުން ކުރަފަތް ޖަހަން.
ސައްލި
13 days ago
ފޯއް މަނާކުރަންޖެހޭ. ފޯކުން ކެންސަރ ޖެހޭ. ކަލޭ ތިޔަ އުޅެނީ ކުރާނެ ކަމެއް ނޭގިގެންތަ؟
Comment