13 އޭޕްރީލް 2025 - 05:04 1
މުހައްމަދު ޝަހްޒާން
މަންދީ ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހިކަމުގެ ތުހުމަތު ކުރެވޭ މީހާ؛ އެނާ ދޫކޮށްލީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން ޝަރުތު ކުރުމަށްފަހު -- ފޮޓޯ: ފުލުހުން
13 އޭޕްރީލް 2025 - 05:04 1
އެމްޑީޕީގެ އެކްޓިވިސްޓު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް މާޗު 17، ގެ ރޭ ދަންވަރު ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.
އެ މައްސަލައިގައި މާޗު 27، ގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އަހްމަދު ރިޝްމާހް 20، ސަންލައިޓްވިލާ، ގއ. ދާންދޫ، އެވެ. އޭނާ ހައްޔަރު ކުރީ މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ތިބި ސައިކަލު ދުއްވި ކަމުގެ ތުހުމަތުގަ އެވެ.
އޭނާ ބަންދުން ދޫކޮށްލީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އޭނާ އެއްބަސްވެފައި ވާތީ ޝަރުތުތަކެއް ކުރުމަށްފަހު އިއްޔެ އެވެ. އެގޮތަށް ކޯޓުން އަމުރު ކުރީ ތަހުގީގަށް އެއްބާރުލުން ދޭން އޭނާ އެއްބަސްވާ ހާލަތުގައި ބަންދަށް ލުއި ދިނުމަށް ފުލުހުން އެދިފައި ވާތީ އެވެ.
ރިޝަމާހްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން މާޗު 28، ގައި ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ އެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އަލުން ކޯޓަށް ހާޒިރު ކުރުމުންނެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ތިބި ސައިކަލު ދުއްވި ކަމަށް އަހްމަދު ރިޝްމާހް އިންކާރެއް ނުކުރެ އެވެ. އަދި އޭނާ އާއެކު ސައިކަލުގެ ފަހަތުގައި އިން މީހާގެ މައުލޫމާތު ތަހުގީގަށް ހިއްސާ ކޮށްފައިވާކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅެއްގެ ވާހަކަދެއްކި ކަމަށް ބުނެ އޭނާގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަން ފެށި ދަނޑިވަޅުގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
12 days ago
ކޮބާދެން އެހެންމީހުން، ތީނައެކަނި ހައްޔަރުވީ ކީއްވެ.؟ ބަންދުން ދޫކޮއްލަން ފުލުހުންއެދުނީ ކީއްވެ.؟ ކޮބާ ފުލުހުންނަށް އޮތް ބާރަކީ.؟ މިހިރީ ހުސް ގޮޅިތަށް، މިއޮތީވާ ސަރުކާރެއް، ތިއަބައަކު ކަޅުތެޔޮޖެހީ ކާކުބުނެގެން،؟ ކޮބާ އެކަން ކުރުވި އަޑީގަތިބި މީހުން.؟
Comment