13 އޭޕްރީލް 2025 - 03:02 0
13 އޭޕްރީލް 2025 - 03:02 0
ބާސެލޯނާ (އޭޕްރީލް 13) - ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް އަތުން 1-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ލީޑުފުޅާކޮށްފި އެވެ.
ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ބާސެލޯނާ އިން ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، ބާސެލޯނާ އަށް 31 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލުން ކުޅުނު 30 މެޗުން އެ ޓީމަށް ވަނީ 63 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 30 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.
ލެގަނޭސް ދަނޑުގައި ރޭ ކުޅުނު މެޗުގައި، ބާސެލޯނާ އަށް ފުރަތަމަ ހާފުގައި ލެގަނޭސް ކޮޅަށް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލަކީ ދެ ވަނަ ހާުފުގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭގައި، ލެގަނޭސްގެ ޖޯޖް ސައެންޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ، މެޗުގެ 48 ވަނަ މިނިޓްގައި، ބާސެލޯނާގެ ރަފީނިއާ އެ ޓީމުގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އަށް ނަގައިދިން ހުރަހެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ޖޯޖް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ރެލިގޭޝަން ޒޯނާ ގާތުގައި އޮތް ލެގަނޭސް އިން ވަނީ ދެ ވަނަ ހާފުގައި ގޯލެއް ޖެހޭތޯ ރަނގަޅު އެޓޭކްތަކެއް ކޮށްފަ އެވެ. އެ ގޮތުން، އެ ޓީމުގެ އަޑްރިއާ އަލްޓިމީރާ ފޮނުވާލި ބޯޅައެއް ބާސެލޯނާގެ ކީޕަރު، ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ. އަދި، ލެގަނޭސްގެ ޑަނީ ރާބާ ވެސް ވަނީ ގޯލެއް ޖަހަން ރަނގަަޅު ދެ ހަމަލާ ފޮނުވާލައިފަ އެވެ.
ބާސެލޯނާގެ ފާމިން ލޮޕޭޒް ވެސް ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްްފަ އެވެ. އެކަމަކު، ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތުގައި އެ ޓީމަށް ކާމިޔާބެއް ނުލިބުނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment