Advertisement

އައިޕީއެލް: ބެންގަލޫރު ބަލިކޮށް ދިއްލީ ޓީމުގައި ރާހުލްގެ ވިދުން ގަދަވަނީ

11 އޭޕްރީލް 2025 - 09:55 0

Advertisement


އައިޕީއެލް: ބެންގަލޫރު ބަލިކޮށް ދިއްލީ ޓީމުގައި ރާހުލްގެ ވިދުން ގަދަވަނީ

11 އޭޕްރީލް 2025 - 09:55 0

Advertisement

ބެންގަލޫރު، އިންޑިއާ (އޭޕްރީލް 11) - ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ކޭއެލް ރާހުލްގެ މޮޅު ކުޅުމާ އެކު، ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ މައްޗަށް ދިއްލީ ކެޕިޓަލްސް އިން ވަރުގަދަ މޮޅެއް ހޯދައިފި އެވެ.

ކުރިން ބެންގަލޫރަށް ވެސް ކުުޅުނު ރާހުލް މި ސީޒަނުގައި ދިއްލީއާ ގުޅުމަށް ފަހު، ފުރަތަމަ މެޗުގައި އާއިލީ ކަމެއްގެ ސަބަބުން ނުކުޅެވުނެވެ. އެކަމަކު، މެޗުން މެޗަށް ބަލާއިރު، އޭނާ އަންނަނީ ބޮޑު ކުރިއެރުމެއް ހޯދަމުންނެެވެ. ދިއްލީ އަކީ މި ފަހަރުގެ އައިޕީއެލްގައި ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ.

Advertisement

މިދިޔަ ސީޒަނުގައި ލަކްނައު ސުޕަ ޖަޔަންޓްސްއާ އެކު، އެންމެ ރަނގަޅު ލެވަލެއްގައި ނުކުޅެވުނު ކަމުގައި ވިޔަސް، ރޭ ބެންގަލޫރު މެޗުގައި، ނުބައިނުވެ، 93 ލަނޑު ހަދައިގެން ނިންމާލި ރާހުލް ފެނުނީ ރަނގަޅު ފޯމެއްގަ އެވެ.

ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ދިއްލީން ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 163 ލަނޑެވެ. ބެންގަލޫރުގެ އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި ނުކުމެ، ފިލް ސޯލްޓަށް 37 ލަނޑު ހެދުނުއިރު، ވިރާތު ކޯލީ ނުބައިވީ 22 ލަނޑު ހަދާފައިވަނިކޮށެވެ.

މި އިނިންގްސްގައި، ވިޕްރާޖް ނިގަމް އާއި ކުލްދީޕު ޔާދަވް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.

Advertisement

ޖަވާބުގައި ކުޅެން އަރައި، ދިއްލީން ހަ ވިކެޓުން މެޗު ކާމިޔާބުކުރީ، 17.5 އޯވަރުގެ ތެރޭގައި ހަތަރު ކުުޅުންތެރިން ނުބައިވިއިރު، 169 ލަނޑު ހަދައިގެންނެވެ. ދިއްލީގެ ތަފާތަކަށްވީ، ހަަތަރު ވަނަ ބެޓްސްމަނެއްގެ ގޮތުގައި އަރައި، ރާހުލް 53 ބޯޅައިން ހެދި 93 ލަނޑެވެ.

މި މޮޅާ އެކު، ދިއްލީ ކެޕިޓަލްސް ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ނެޓް ރަން ރޭޓުން ކުރީގައި އޮތް ގުޖުރާތު ޓައިޓަންސް އަށް އަށް ޕޮއިންޓް ލިބުނީ ފަސް މެޗުންނެވެ.