7 އޭޕްރީލް 2025 - 06:20 0
ލީވާން އަލީ ނާސިރު
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ތަގުރީރު ކުރައްވަނީ: ނިކަމެތި ގައުމުތަކަށް ތިމާވެށީގެ އިންސާފު ހޯދައިދޭން ނާމްގެ މެންބަރު ގައުމުތަކަށް ގޮވައިލެއްވި -- ފޮޓޯ: މަޖިލިސް
7 އޭޕްރީލް 2025 - 06:20 0
ނިކަމެތި ގައުމުތަކަށް ތިމާވެށީގެ އިންސާފު ހޯދައިދޭން ނާމްގެ މެންބަރު ގައުމުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
އިންޓާ ޕާލިމެންޓަރީ ޔޫނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އުޒްބެކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ނާމްގެ ޕާލިމަންޓްރީ ނެޓްވޯކުގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑު ނުރައްކަލެއް ކަމަށެވެ.
"މޫސުމަށް އަންނަ ބަދަލަކީ ރާއްޖެއަށް ދިމާވެފައިވާ އަދި ދިމާވަމުންދާ ބޮޑު ނުރައްކަލެއް. އަޅުގަނޑު ދެކޭ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން އޮންނަ އެއްބާރުލުމަކީ، މި މައްސަލައަށް ހައްލު ގެނައުމަށް އޮތް އެންމެ ބޮޑު ބާރު. ނާމްގެ ހުރިހާ ގައުމުތަކަށް ގޮވާލަން ހަރުދަނާ ގޮތެއްގައި ނިކަމެތި ގައުމުތަކަށް ތިމާވެށީގެ އިންސާފު ހޯދައިދޭން،" އޭނާ ވިދާޅުވި އެވެ.
ބަންޑުންގް އުސޫލުތައް ދެމެހެއްޓުމާއި އިންކްލޫސިވް ޑިވެލޮޕްމަންޓުގެ މުހިންމުކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން އެކަން ކަށަވަރުކުރަން ގާނޫނުތަކެއް ވެސް ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ސޯޝަލް ޕްރޮޓެކްޝަން އެކްޓް އަދި ޑީސެންޓްރަލައިޒޭޝަން އެކްޓްގެ ސަބަބުން މުޖުތަމައުތައް ބާރުވެރިކޮށް، ހަމަހަމަކަމުގެ އުސޫލުތައް ގާއިމުކުރެވިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ނެޝަނަލް ޑިވެލޮޕްމަންޓް އެންޑް ހެރިޓޭޖް ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީފަދަ ކޮމިޓީތައް ސަރުކާރުން ކުރަމުންދާ މަސައްކަތް ސިޔާސަތުތަކާ އެއްގޮތަށް ބަލަމުންދާ ކަމަށެވެ.
އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ސުލްހައަށް އެއްބާރުލުންދީ ކޮންމެ ގައުމެއްގެ މިނިވަންކަމަށް އިހުތިރާމްކޮށް، ދިފާއުގައި ވަކާލާތުކުރަން ބޭރުގެ ނުފޫޒުން އެއްކިބާވެ ސިޔާދަތު ދަމަހައްޓަން ޖެހޭ ކަމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment