މި އަހަރުގެ ފުރަތަމަ ދެ މަހު އިޒްރޭލުގެ 156 ފަތުރުވެރިއަކު ރާއްޖެ އަތުވެއްޖެ

7 އޭޕްރީލް 2025 - 03:04 3

ހަސަން މުހައްމަދު

ހ

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިސް އިމާރާތް ކައިރި މީހަކު އަޑު އުފުލަނީ: އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ސަރުކާރުން ބުނި ފަހުން އަހަރެއްވާން ގާތްވެއްޖެ -- ފޮޓޯ: އަދަދު ފައިލް


މި އަހަރުގެ ފުރަތަމަ ދެ މަހު އިޒްރޭލުގެ 156 ފަތުރުވެރިއަކު ރާއްޖެ އަތުވެއްޖެ

7 އޭޕްރީލް 2025 - 03:04 3

މި އަހަރުގެ ފުރަތަމަ ދެ މަހު އެކަނި ވެސް އިޒްރޭލުގެ 156 ފަތުރުވެރިއަކު ރާއްޖެ އައިސްފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އިޒްރޭލުގެ ޕާސްޕޯޓުގައި ޖެނުއަރީ މަހު ރާއްޖެއަށް 97 ފަތުރުވެރިއަކު އައެވެ. އަދި ފެބްރުއަރީ މަހު އިޒްރޭލުގެ 59 ފަތުރުވެރިއަކު ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރި ދުވަހަކީ ޖެނުއަރީ 26، އެވެ. އެ ދުވަހު އެ ގައުމުގެ 17 މީހަކު ރާއްޖެ އައެވެ. އޭގެ ފަހުން އިޒްރޭލުގެ އެންމެ ގިނަ ފަތުރުވެރިން އައީ ވެލަންޓައިންސް ނަމުގައި ކާފަރުން ފާހަގަ ކުރާ ދުވަހާ ދިމާކޮށް ފެބްރުއަރީ 12، ގަ އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1435 މީހަކު ރާއްޖެ އައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު 23، 2023، ގައި އިޒްރޭލުން ނަސްލުހޭދު ކުރަން ފެށި ފަހުން އެ ގައުމުގެ 2196 މީހަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ އޮކްޓޯބަރު، 2023، ގައި އެތެރެވި 517 މީހުންނާއި އެ އަހަރުގެ ނޮވެމްބަރުގައި އެތެރެވި 54 މީހުންނާއި ޑިސެމްބަރު މަހު އެތެރެވި އިޒްރޭލުގެ 34 މީހުން ހިމަނައިގެންނެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އިޒްރޭލުގެ ވެރިން. އާންމު ރައްޔިތުން ނުހިމެނޭ ގޮތަށް އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭންކުރުން. އެއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން. އޭގެ ތެރޭގަ ސިފައިން ވެސް ނުހިމެނޭ ގޮތަށް. މުޅި އިޒްރޭލަކީ ސިފައިން ދެއްތޯ ގާތްގަނޑަކަށް. އެހެންވީމަ އެ ހިމެނިއްޖިއްޔާ އިޒްރޭލުގެ ހުރިހާ ރައްޔިތުން ހިމެނިގެންދާނެ،" ނޮވެމްބަރު، 2024، ގައި އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވި އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ަހަސަން23432

4 days ago

ސިޔާސީ ބޭނުމަށް މިކަހަލަ ޙަބަރު ގެނެސްދީގެން ގައުމަށް ވާނެ ގެއްލުން ތި ބޭފުޅުންނަށް ނޭގެނީތޯ ؟ އިޒްރޭލް މީހަކަށް ހާނިކަށް ކޮއްގެން ރާއްޖެ ބޯއިކޮޓު ކޮއްގެން ދެންވާނެ ގެއްލުމަކީ ކޮބައިތޯ ؟ މިފަދަ ޙަބަރު ޖަހައިގެން އެކްސްޓްރީމް ފިކުރުގެ މީހުން ރުޅިއަރުވައިގެން ކަމެއް ވެއްޖެޔާ ތިބޭފުޅުން ޒިންމާ ނަގާ .

ޙަސަން އަޙްމަދު

4 days ago

އަޖައިބެއް! ސިޔާސީ ބޭނުމެއް ހާސިލްކުރަން ތަނެއްގައި ހިނގަމުންދާ ގަތުލުޢާއްމެއްގެ ފައިދާ ނަގައިގެން އިސްރައީލު ޕާސްޕޯޓު މަނާކުރާނަމޭ ކިޔައިގެން ޑްރާމާ ކުޅެންޏާ ނޫސްތަކުގަ އެވާހަކަ ޖަހާނެދޯ. އެވާހަކަ ދެއްކި އިރު ތިޔަ އަނގަ ކޮބައި؟ މުނާފިގުކަން!


އަލިބެ..

4 days ago

ސާބަހޭ! ވަކި މީހަކު ވެރިކަމުގަ ހުރީމަތޯ އިސްލާމްދީން އޮންނަނީ.