ގޭމަރުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ދިނުމާއި، މާކެޓު ފުޅާ ކުރަން ޕްލޭސްޓޭޝަން 6 (ޕީއެސް6) ކޮންސޯލާއެކު ޑިސްކް ޑްރައިވް އަލުން ތައާރަފު ކުރުން އެކަށީގެންވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ޕީއެސް6 އުފެއްދުމުގެ މަސައްކަތް ސޮނީން ފަށާފައި ވިޔަސް، އެ އުފެއްދުމުގެ ފީޗާތަކާއި ނެރޭނެ ދުވަހެއް ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
އެންމެ ފަހުން ސޮނީން ނެރުނު ޕީއެސް5 އަދި އަދި ޕީއެސް5 ޕްރޯއިން ޑިސްކް ޑްރައިވް އުނިކޮށް، ހަމައެކަނި ޑިޖިޓަލް ކޮންސޯލަކަށް ހެދި އެވެ.
ސޮނީ އިންޓަނޭޝަނަލް އެންޓަޓެއިންމަންޓު އެމެރިކާގެ ރައީސް އަދި ސީއީއޯ، ކަމާއި މުޅި ސޮނީ ނެޓްވޯކް ވައިސް ޕްރެޒިޑެންޓް އަދި ސީއޯއޯ މަގާމު ފުރާފައިވާ ޝޯން ލޭޑަން ދާދި ފަހުން ޕޮޑްކާސްޓެއްގައި ވަނީ ހަމައެކަނި ޑިޖިޓަލް ކޮންސޯލެއްގެ ގޮންޖެހުންތަކަށް އަލި އަޅުވައިލާފަ އެވެ.
ސޮނީގެ އުފެއްދުންތައް 170 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރާއިރު، ގިނަ ގައުމުތަކުގެ އިންޓަނެޓްގެ ހާލަތު ގޯސްވުމުގެ ސަބަބުން ގޭމް ޑައުންލޯޑް ކުރަން އުނދަގޫ ވާއިރު، ބައެއް ފަހަރު ގޭމުތައް ޑައުންލޯޑު ނުވެސް ކުރެެވެ އެވެ.
އެހެންވެ، ލޭޑަން އަށް ގަބޫލު ކުރެވޭ ގޮތުގައި މާކެޓު ދަމަހައްޓައި ފުޅާކުރުމަށްޓަކައި ޕީއެސް6 ގައި ޑިސްކް ޑްރައިވް ހިމަނާނެ ކަމަށް އޭނާ އަށް ގަބޫލު ކުރެވެ އެވެ.
ގޭމިން އިންޑަސްޓްރީ ކުރިއަރަމުން ދާއިރު، ސޮނީން ޕީއެސް6 ގައި ޑިސްކް ޑްރައިވެއް ހިމެނުމަކީ ގޭމަރުންނަށް ދޭ ސަޕޯޓަލަށް ވެގެންދާނެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment