Advertisement

ޕްރިންސް އޮފް ޕާޝިއާ: ދަ ލޮސްޓް ކްރައުންގެ މޯބައިލް ވާޝަން ނެރެނީ

29 މާރިޗު 2025 - 06:10 0

އަހުމަދު ދާއޫދު

އ

Advertisement

މި ގޭމް އެންމެ ފުރަތަމަ ނެރުނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންޓެންޑޯ ސްވިޗަށް --


ޕްރިންސް އޮފް ޕާޝިއާ: ދަ ލޮސްޓް ކްރައުންގެ މޯބައިލް ވާޝަން ނެރެނީ

29 މާރިޗު 2025 - 06:10 0

Advertisement

ޔޫބިސޮފްޓްގެ މަޝްހޫރު އެކްޝަން އެޑްވެންޗާ ގޭމް "ޕްރިންސް އޮފް ޕާޝިއާ: ދަ ލޮސްޓް ކްރައުން" އެންޑްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމްތަކަށް އަންނަ މަހު ނެރުމަށް މިވަނީ ތައްޔާރުވެފަ އެވެ.

މި ގޭމް އެންމެ ފުރަތަމަ ނެރުނީ ޖެނުއަރީ 2024 ގައި ނިންޓެންޑޯ ސްވިޗް، ޕްލޭސްޓޭޝަން 4، ޕްލޭސްޓޭޝަން 5، އެކްސްބޮކްސް ވަން އަދި އެކްސްބޮކްސް ސީރީސް އެކްސް/އެސް ޕްލެޓްފޯމްތަކަށެވެ. އަދި މިދިޔަ އަހަރުގެ އޯގަސްޓް މަހު ވިންޑޯސް ޕްލެޓްފޯމަށް ސްޓީމް މެދުވެރިކޮށް ނެރުނެވެ. އެންމެފަހުން މިހާރު މިވަނީ މި ގޭމް މޯބައިލް ޔޫޒަރުންނަށް ލިބޭގޮތް ހަދާފަ އެވެ.

Advertisement

ޔޫބިސޮފްޓުން ހާމަކުރި ގޮތުގައި މި ގޭމްގެ މޯބައިލް ވާޝަންގެ އަގަކީ 14.99 ޔޫރޯ (ގާތްގަނޑަކަށް 250ރ.) އެވެ. ނަމަވެސް، އޭޕްރިލް 14 އިން ފެށިގެން ފުރަތަމަ ތިން ހަފްތާގެ ތެރޭގައި 9.99 ޔޫރޯ (ގާތްގަނޑަކަށް 165ރ. ) އަށް ލިބެން ހުންނާނެ އެވެ.

މި ގޭމް އެންޑްރޮއިޑް އަދި އައިއޯއެސް ޔޫޒަރުންނަށް ސްމާޓްފޯނު އަދި ޓެބްލެޓްތަކުން ކުޅެވޭނެއެވެ. މިހާރުވެސް އެޕް ސްޓޯރ އަދި ޕްލޭ ސްޓޯރ މެދުވެރިކޮށް ޕްރީ-ރެޖިސްޓްރޭޝަން ހުޅުވާލާފައިވެއެވެ. އަދި ޝައުގުވެރިވާ ފަރާތްތަކަށް މި ގޭމްގެ އިންޓްރޮޑަކްޝަން ހިލޭ ޓްރައަލްއެއްގެ ގޮތުގައި ކުޅެވޭނެއެވެ.

Advertisement

މި ގޭމް މޯބައިލް ޕްލެޓްފޯމްތަކަށް ނެރުމަކީ ގިނަ ގޭމަރުންނަށް ލިބޭނެ އުފާވެރި ހަބަރެކެވެ. މިއާއެކު މި މަޝްހޫރު ގޭމް ކުޅުމުގެ ފުރުސަތު އިތުރު ގިނަ ބަޔަކަށް ލިބިގެންދާނެއެވެ.

ޕްރިންސް އޮފް ޕަރޝިއާ: ދަ ލޮސްޓް ކްރައުން މޯބައިލް ވަރޝަންގެ ޚާއްޞަ ފީޗާތައް

ޔޫބިސޮފްޓުން ހާމަކުރި ގޮތުގައި "ޕްރިންސް އޮފް ޕާޝިއާ: ދަ ލޮސްޓް ކްރައުން" މޯބައިލް ވާޝަން ވަނީ ޔޫބިސޮފްޓް ޑަ ނަންގު ސްޓޫޑިއޯއިން މޯބައިލްތަކަށް އޮޕްޓިމައިޒްކޮށްފަ އެވެ. މި މެޓްރޮއިޑްވޭނިއާ ގޭމް މޯބައިލް ތަކުގައި އޮފްލައިންކޮށް ކުޅެވޭނެ އެވެ. އަދި އެންމެ ފަހުގެ ޖީލުގެ މޯބައިލްތަކުގައި ސިކުންތަކަށް 60 ފްރޭމްގެ ރޭޓެއްގައި ކުޅެވޭނެ އެވެ. މިއީ ވަރަށް ސްމޫތު ގޭމްޕްލޭއެއް ކަށަވަރުކޮށްދޭ ކަމެކެވެ.

ބޭރުގެ ކޮންޓްރޯލަރުތަކުގެ އިތުރުން، މި ގޭމް ޓަޗް ކޮންޓްރޯލްތަކުން ވެސް ކުޅެވޭނެ އެވެ. ފުރިހަމަ ކޮންޓްރޯލް ރީމެޕިން އޮޕްޝަނާއި ޓަޗް ކޮންޓްރޯލް ކަސްޓަމައިޒޭޝަން ލިބެން ހުންނާނެ އެވެ. މީގެ ސަބަބުން ޕްލޭޔަރުންނަށް ގޭމްގެ އެކި ކޮންޓްރޯލް އިންޕުޓްތަކުގެ ސައިޒާއި، ޕޮޒިޝަނާއި، ޓްރާންސްޕޭރަންސީ ބަދަލުކުރެވޭނެ އެވެ.

އޭގެ އިތުރުން، މި ގޭމްގެ މޯބައިލް ވަރޝަންގައި އޮޓޯ-ޕޯޝަން، އޮޓޯ-ޕެރީ، ސްލޯ ޓައިމް އޮޕްޝަންތަކާއި އެހެނިހެން މޯބައިލްއަށް ޚާއްޞަ ކޮލިޓީ-އޮފް-ލައިފް ފީޗަރތައް ހިމެނެއެވެ.

"އައި އޮފް ދަ ވޮންޑަރާ" ފަދަ އެކްސެސިބިލިޓީ ފީޗަރުތަކުން ޕްލޭޔަރުންނަށް ސްކްރީންޝޮޓް ނަގައި، އެ ސްކްރީންޝޮޓްތައް މެޕްގައި ޕިން ކުރެވޭނެ އެވެ. މީގެ އިތުރުން، އެނެމީ އެންކައުންޓަރތަކުގެ ޑިފިކަލްޓީ އެޑަޕްޓް ކުރުމާއި، ޕްލެޓްފޯމް އެސިސްޓް ފަދަ އިތުރު އެކްސެސިބިލިޓީ އޮޕްޝަންތައް ވެސް މޯބައިލް ވާޝަންގައި ލިބެން ހުންނާނެ އެވެ.

މައުންޓް ގާފްގެ މިއޮލޮޖިކަލް ދުނިޔޭގައި ބިނާކޮށްފައިވާ މި ގޭމްގައި އިމޯޓަލްސް ނަމަކަށް ކިޔާ ގުރޫޕުގެ ފާރިސީ ޒުވާން ހަނގުރާމަވެރިއެއް ކަމަށްވާ ސާގޮންގެ ރޯލު ކުޅުންތެރިން އަދާކޮށް، ވަގަށް ނެގި ޕްރިންސް ޣައްސާން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ހަމަޖެހުން ގެނައުމަށް އެހީތެރިވެދެއެވެ.