28 މާރިޗު 2025 - 08:26 0
28 މާރިޗު 2025 - 08:26 0
ބުކަރެސްޓް، ރުމޭނިއާ (މާޗް 28) - ފުޓްބޯޅަ ކެރިއަރުގައި މަސްތުވާތަކެތި ބޭނުންކުރި މައްސަލަ ކުރިމަތިނުވިނަމަ އޭނާ އަށް ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ލިބޭނެ ކަމަށް ޔުވެންޓަސް، އިންޓަ މިލާން އަދި ޗެލްސީ އަށް ކުރިން ކުޅުނު މޫޓޫ ބުނެފި އެވެ.
އެކާވީސް ވަނަ ގަރުނު ޔޫރަޕް ފުޓްބޯޅައިގައި އެންމެ އުންމީދީ ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދި މޫޓޫ، ޗެލްސީ އަށް ކުޅެމުންދަނިކޮށް، 2004 ވަނަ އަހަރު އަށް މަހުގެ ސަސްޕެންޝަނެއް އައީ ކޮކޭން އަށް ޕޮޒިޓިވްވުމުންނެެެވެ. އަދަބު ތަންފީޒުކޮށް ކުޅުމަށް ނުކުތް ނަމަވެސް، ކުރީގެ ކުޅުން މުޓޫ އަށް ނުދެއްކުނެވެ.
މުޓޫ، 46، ބުނީ ފުޓްބޯޅަ ކެރިއަރުގެ އެންމެ ރަނގަޅު ދުވަސްތަކުގައި އޭނާ އަށް މަސްތުވާތަކެތި ބޭނުންކުރެވުމަކީ މުޅި ހަޔާތުގައި ވެސް ހެދުނު އެންމެ ބޮޑު ގޯހަށްވާނެ ކަމަށެވެ.
"އެއީ ހަޔާތުގައި ވެސް ހެދުނު އެންމެ ބޮޑު ގޯސް. އެ އަކު ދެބަސްވުމެއް ނެތް. އަހަރެން ކުރި އެ ކަންތަކުގެ ވާހަކަ އަނބުރާލަން ޑިޕްރޭޝަނޭ އެހެން ކަމެކޭ ނުބުނެވޭނެ. ޗެލްސީން ވެސް އަމަލުކުރި ޑްރަގް ކަމަކާ ގުޅޭގޮތުން ކުރަން ޖެހޭ ގޮތަށް، ޒީރޯ ޓޮލަރެންސް،" މުޓޫ ބުންޏެވެ.
މުޓޫ ބުނީ ކުޅުން ހުއްޓާލައިގެން މިހާރު ހުންނައިރު، ބައެއް ކަންކަން ހާސިލްނުވެ ނިންމާލަން ޖެހުމުގެ މާޔޫސްކަން ވެސް ވަރަށް ބޮޑު ކަމަށެވެ.
"ދެ ވަރަކަށް ސީޒަން އަހަރެންގެ ލެވަލް ހުރީ ވަރަށް ރަނގަޅަށް، ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ގުނޭނެ ފެންވަރުގައި. ހަގީގަތުގައި އެ ލެވަލްގައި ކުޅެގެން އަހަންނަށް ފަސޭހައިން ބެލޮންޑިއޯ ވެސް ހޯދޭނެ، އެކަމަކު މިހާރު މީ މާނަ ހުރި ވާހަކަތަކެއް ނޫން،" މޫޓޫ ބުންޏެވެ.
ވިހި އަަަަހަރުގެ ކެރިއަރު ނިންމާލުމަށް ފަހު، މޫޓޫ ކުޅުން ހުއްޓާލީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، އޭނާ އަންނަނީ ކޯޗިން ކެރިއަރު ކުރިއަށްގެންދަމުންނެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment