28 މާރިޗު 2025 - 04:33 0
އަހުމަދު ދާއޫދު
ރޮބޯކޮޕް: ޕީސީ، ޕީއެސް5 އަދި އެކްސްބޮކްސް ސީރީޒް ރިލީޒްކުރީ 2023ގައި --
28 މާރިޗު 2025 - 04:33 0
ގޭމިންގ ކޮމިއުނިޓީގެ ޝައުގުވެރިކަން އިތުރުވެ، އީސްޕޯޓްސް މުބާރާތްތައް ކުރިއަރަމުންދާ ދަނޑިވަޅެއްގައި، ޕްލޭސްޓޭޝަން ޕްލަސް ޚިދުމަތުގެ އެޕްރީލް މަހަށް ލިބޭނެ އައު ކުޅިވަރުތައް ސޮނީއިން ހާމަކޮށްފިއެވެ.
ގޭމަރުންނަށް ހިތްގައިމު ހަބަރަކާއެކު ހާމަކޮށްފައިވާ އެޕްރީލް މަހުގެ ލައިންއަޕްގައި ނޭކޮންގެ އެކްޝަން-ޕެކްޑް ޝޫޓަރ "ރޮބޯކޮޕް: ރޯގް ސިޓީ"، ސަރވައިވަލް ހޮރަރ "ދަ ޓެކްސަސް ޗެއިން ސޯ މެސަކަރ" އަދި ޖޭއާރްޕީޖީ "ޑިޖިމޮން ސްޓޯރީ: ސައިބަރ ސްލޫތު - ހެކަރސް މެމޮރީ" ހިމެނޭގޮތަށް ވަރުގަދަ ތިން ޓައިޓަލް ހިމަނާފައިވެއެވެ.
ނޭކޮންގެ ސައިބަރޕަންކް ޝޫޓަރ ގޭމް "ރޮބޯކޮޕް: ރޯގް ސިޓީ" އަކީ މަޝްހޫރު ފިލްމީ ސިލްސިލާއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފަސްޓް-ޕާރސަން ޝޫޓަރ ކުޅިވަރެކެވެ. މި ގޭމްގައި ކުޅޭ ފަރާތްތަކަށް ޑިޓްރޮއިޓްގެ މަގުތަކުގައި ކުށްވެރިންނާ ކުރިމަތިލާން ޖެހެއެވެ. މި ގޭމް ޕީއެސް5 ޕްލެޓްފޯމުގައި ލިބެން ހުންނާނެއެވެ.
ރޮބޯކޮޕް: ރޯގް ސިޓީން ފިލްމްތަކުން ފެންނަ ރޮބޯކޮޕްގެ ދުނިޔެ ރިކްރިއޭޓް ކުރަނީ
"ދަ ޓެކްސަސް ޗެއިން ސޯ މެސަކަރ" އަކީ 1974 ވަނަ އަހަރުގެ ފިލްމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އަސިމެޓްރިކަލް ސަރވައިވަލް ހޮރަރ ގޭމެކެވެ. މި ގޭމްގައި ފިލްމުގެ ހަމަނުވާ ޢާއިލާގެ މެންބަރުންގެ ދައުރު ނުވަތަ އެ މީހުންގެ ޝިކާރައަކަށްވާ މީހުންގެ ދައުރު އަދާކުރެވޭނެއެވެ. މި ގޭމް ޕީއެސް4 އަދި ޕީއެސް5 ގައި ލިބެން ހުންނާނެއެވެ.
"ޑިޖިމޮން ސްޓޯރީ: ސައިބަރ ސްލޫތު - ހެކަރސް މެމޮރީ" އަކީ 2015 ގެ "ޑިޖިމޮން ސްޓޯރީ: ސައިބަރ ސްލޫތު" ގެ ފަހަތުން އައި އާރްޕީޖީ ކުޅިވަރެކެވެ. މި ގޭމްގައި ދިގިމޮން ޓްރެއިނަރ ކެއިސުކެ އަމަޒާވާގެ ދައުރު އަދާކުރެވޭނެއެވެ. މި ގޭމް ޕީއެސް4 ގައި ލިބެން ހުންނާނެއެވެ.
މި ތިން ގޭމްވެސް ޕީއެސް ޕްލަސް ސަބްސްކްރައިބަރުންނަށް އެޕްރީލް 1 އިން ފެށިގެން މެއި 5 އާ ހަމައަށް ލިބެން ހުންނާނެއެވެ. ޕީއެސް ޕްލަސް މެންބަރުން އެސެންޝަލް، އެކްސްޓްރާ އަދި ޑެލަކްސް/ޕްރީމިއަމް ގްރޭޑްތަކުގެ ސަބްސްކްރައިބަރުންނަށް މި ގޭމްތައް އެމީހުންގެ ގޭމް ލައިބްރަރީއަށް އެޑްކޮށް، އެކްޓިވް ސަބްސްކްރިޕްޝަން އޮތްހާ ހިނދަކު ކުޅެވޭނެއެވެ.
ޓެކްސަސް ޗެއިންސޯ މެސަކަރ އަކީ އެސިމެޓްރިކަލް ސަވައިވަލް ބިރުވެރި ގޭމެއް --
އަދި ހަމަ އެހެންމެ، މި މަހުގެ ޕީއެސް ޕްލަސް ކުޅިވަރުތައް ކަމަށްވާ "ޑްރެގަން އޭޖް: ދަ ވެއިލްގާޑް"، "ސޮނިކް ކަލަރސް: އަލްޓިމެޓް" އަދި "ޓީއެމްއެންޓީ: ދަ ކަވަބަންގާ ކަލެކްޝަން" މާރިޗު 31 ގެ ނިޔަލަށް ގޭމް ލައިބްރަރީއަށް އިތުރުކުރެވޭނެއެވެ.
ޕްލޭސްޓޭޝަން ޕްލަސް ސަބްސްކްރިޕްޝަން ސަރވިސްއަކީ ސޮނީ އިންޓަރެކްޓިވް އެންޓަރޓެއިންމަންޓް އިން 2010 ވަނަ އަހަރު ތަޢާރަފުކުރި ޕްރީމިއަމް ސަބްސްކްރިޕްޝަން ޚިދުމަތެކެވެ. މި ސަރވިސްގެ ސަބްސްކްރައިބަރުންނަށް ކޮންމެ މަހަކު ތިން ގޭމް ހިލޭ ލިބެއެވެ. ގްރޭޑަށް ބަލައި، ކުލާސިކް ގޭމްތަކުގެ ކެޓަލޮގް، ޑިޖިޓަލް ޑެމޯތައް، ޑިސްކައުންޓްތައް އަދި އޮންލައިން މަލްޓިޕްލޭއަރ އެކްސެސްވެސް ލިބެއެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment