މާފަންނު ސްޓޭޑިއަމްގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރަނީ. -- ފައިލް ފޮޓޯ: އަދަދު
މާލެ ސިޓީގައި މިފަހަރު ފިތުރު އީދު ނަމާދު ކުރާނީ 27 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިފަހަރު އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 07:00 ޖަހާއިރު ކަމަށެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނީ މާފަންނު ސްޓޭޑިއަމުގައި ކަމަށްވާއިރު، ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ވިލިމާލެ ބޯލަދަނޑުގަ އެވެ. އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ސިންތެޓިކް ޓްރެކްގައި ކަމަށްވާއިރު، ފޭސް 2 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.
ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑު ޖަމއާއަތް ކެންސަލްވެއްޖެނަމަ، އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment