މިއާމީ އޯޕަންގެ ދެ ވަނަ ބުރުން ޑްރެޕާ އާއި އަލްކަރާޒް ކަޓައިފި

23 މާރިޗު 2025 - 07:05 0

މިއާމީ އޯޕަން މެޗެއްގެ ތެރެއިން އަލްކަރާޒް ބޯޅަ ފޮނުވާލަނީ.---


މިއާމީ އޯޕަންގެ ދެ ވަނަ ބުރުން ޑްރެޕާ އާއި އަލްކަރާޒް ކަޓައިފި

23 މާރިޗު 2025 - 07:05 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 23) - މިހާރު ކުރިއަށްދާ މިއާމީ އޯޕަން ޓެނިސް މުބާރާތުގެ ދެ ވަނަ ބުރުން އިނގިރޭސި އެއް ވަނަ ކުޅުންތެރިޔާ، ޖޭކް ޑްރެޕާ އާއި ސްޕެއިނުގެ ތަރި، ކާލޯސް އަލްކަރާޒް ކަޓައިފި އެވެ.

ދާދި ފަހުން އިންޑިއަން ވެލްސްގެ ޗެމްޕިއަންކަން ހޯދައި ދުނިޔޭގެ ރޭންކިން ގަދަ 10 އިން ޖާގަ ހޯދި ޑްރެޕާ، 23، އިންޑިއަން ވެލްސްގެ ދެ ވަނަ ބުރުގައި ބަލިވީ ޗެކް ރިޕަބްލިކްގެ ޔަކޫބް މެންސިކް، 19، އަތުންނެވެ.

ވާދަވެރިކޮށް ދިޔަ މި މެޗުގެ ސެޓުތައް ނިމުނީ، 7-6 (7-2) 7-6 (7-3) އިންނެވެ. ޑްރެޕާ ބުނީ، ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ވަރުގަދަ އެއް މެޗަށް މި މެޗު ވެގެންދާނެ ކަމަށާއި މިއީ ކުރިއަށްދިއުމަށް ފިލާވަޅުތަކެއް ނެގޭނެ މެޗެއް ކަމަށެވެ.

އަލްކަރާޒް ވަނީ އުމުރުން އެންމެ 18 އަހަރުގައި، 2022 ވަނަ އަހަރު، މިއާމީ އޯޕަން ކާމިޔާބުކޮށްފަ އެވެ. މިދިޔަ ހަފްތާގައި އިންޑިއަން ވެލްސް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރި އަލްކަރާޒް، މިއާމީ އޯޕަން ދެ ވަަަނަ ބުރުން ކެޓީ ދުނިޔޭގެ 55 ވަނައިގައި އޮތް ބެލްޖިއަމްގެ ޑޭވިޑް ގޮފިން އަތުން ބަލިވުމުންނެވެ.

ގޮފިން އާއި އަލްކަރާޒް ބައްދަލުކުރި މެޗުގެ ސެޓުތައް ދިޔައީ، 5-7 6-4 6-3 އެވެ.

މެޗަށް ފަހު، އަލްކަރާޒް ބުނީ، މިއީ އޭނާގެ ކުޅުމުގެ ފެންވަރު ހުންނަން ޖެހޭ ލެވަލަށް ބަލާއިރު، އާދަޔާހިލާފަށް ދަށް މެޗެއް ކަމަށެވެ.