ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 9) - މިހާރު ކުރިއަށްދާ އިންޑިއަން ވެލްސްގެ ދެ ވަނަ ބުރުގައި ކުޅުނު މެޗުން ބަލިވެ، ސާބިއާގެ ޓެނިސް ތަރި، ނޮވަކް ޖޮކޮވިޗް ޖެހިޖެހިގެން ތިން މެޗުން ބަލިވެއްޖެ އެވެ.
ގްރޭންޑް ސްލޭމް 24 މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ގާއިމްކޮށްފައިވާ ޖޮކޮވިޗް، 37، ވަނީ، އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުން އަލެކްސަންޑަ ޒްވެރެވް އަތުންނާއި ގަތަރު އޯޕަން ފުރަތަމަ ބުރުގައި، މަޓެއޯ ބެރެޓިނީ އަތުން ބަލިވުމުގެ އިތުރުން، މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް މުބާރާތުގެ ދެ ވަނަ ބުރުގައި، ނެދަލެންޑްސްގެ ވެން ޑީ ޒަންޑްޝުލްޕް އަތުންނެވެ.
ދުނިޔޭގެ ރޭންކިން 85 ގައި އޮތް، ޒަންޑްޝުލްޕް އަތުން މި ވަގުތު ރޭންކިން ހަތެއްގައި އޮތް ޖޮކޮވިޗް ބަލިވީ، 6-2 3-6 6-1 އިންނެވެ.
"އަހަންނަށް ވަރަށް ދަށްކޮށް މި އަހަރުތައް މި ދަނީ، އަހަރެން ކުޅެން ބޭނުންވާ މިންވަރާ ގާތަށް ވެސް ކުޅުމެއް ނުދެއްކި މި ދަނީ، ކޮންމެ މުބާރާތެއް މިހާރު މި ވަނީ ޗެލެންޖަކަށް، ވަރަށް ބޮޑަށް އުނދަގޫ ހާލަތަކަށް މި ދަނީ،" އިންޑިއަން ވެލްސް އިން ކެޓި މެޗަށް ފަހު ޖޮކޮވިޗް ބުންޏެވެ.
މިދިޔަ އަހަރު ޖޮކޮވިޗަށް ލިބުނު ކާމިޔާބަކީ، އޮލިމްޕިކްސްގެ ޓެނިސް އިވެންޓުގެ ރަން މެޑަލެެވެ. ޓެނިހުގެ ބޮޑު މުބާރާތެއް މިދިޔަ އަހަރު ޖޮކޮވިޗަށް ނުލިބިދިޔައިރު، މިއީ 2017 ވަނަ އަހަރަށް ފަހު މި ގޮތަށް ނިމުނު ފުރަތަމަ ފަހަރެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment