23 މާރިޗު 2025 - 04:26 0
23 މާރިޗު 2025 - 04:26 0
ނޭޕްލްސް، އިޓަލީ (މާޗް 23) - ލިވަޕޫލަށް ކުޅެމުން އަންނަ ހުނަރުވެރި ވިންގް، ފެޑެރިކޯ ކިއޭސާ، އެނބުރި އިޓާލިއަން ލީގަށް ދިއުމަށް ބޭނުންވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަން ފެއްޓުމުގެ ކުރިން، ކިއޭސާ، 27، ގަންނަން ލިވަޕޫލުން ޔުވެންޓަސް އަށް ފުރަތަމަ ފީގެ ގޮތުގައި، ދެއްކީ 13 މިލިއަން ޑޮލަރެވެ. އިތުރު، 2.5 މިިލިއަން ޑޮލަރު ދައްކާނީ ލިވަޕޫލްގައި ހާސިލްކުރާ ކަންތައްތަކަށް ބަލައިފަ އެވެ.
ލިވަޕޫލްގެ އާ ކޯޗު އާނާ ސްލޮޓްގެ ކޯޗުކަމުގައި އެ ޓީމުން ޖާގަ ހޯދަން ކިއޭސާ އަށް ވަނީ އުނދަގޫވެފަ އެވެ. ކުޅުނު ގިނަ މެޗުތަކެއްގައި ވެސް ކިއޭސާ ކުޅެން އެރީ ބަދަލަކަށެވެ. އެ ގޮތުން، އިނގިރޭސި ލީގު ކަޕް ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވި މެޗުގައި ކިއޭސާ ވަނީ ބަދަލަކަށް ކުޅެން އަރައި ގޯލު ވެސް ޖަހައިފަ އެވެ.
ފިއޮރެންޓީނާ އަށް ކުރިން ކުޅުނު ކިއޭސާ، އެނބުރި އިޓާލިއަން ލީގަށް ދިއުމަށް ބޭނުންވަނީ ގަވާއިދުން ކުޅުމަށާއި އިޓަލީގެ ގައުމީ ޓީމުން ޖާގަ ޔަގީންކުރުމަށެވެ. ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ކިއޭސާ ހޯދަން ނަޕޯލީން ހުށަހެޅި އެވެ. އެއީ، ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު، ލިވަޕޫލުން އެ އަށް އެއްބަހެއްނުވި އެވެ.
އެންޓޯނިއޯ ކޮންޓޭގެ ކޯޗުކޮށްދޭ ނަޕޯލީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކިއޭސާ އެ ޓީމަށް ގެންދަން ބޭނުންވެ އެވެ. އެއ، ޖެނުއަރީގައި އެ ޓީމު ދޫކޮށްލި، ޖޯޖިއާގެ ވިންގް، ކްވިޗާ ކްރަވަޝްކޭލިއާގެ ބަދަލުގަ އެވެ. ނަޕޯލީގައި މޮޅަށް ކުޅުނު ކްރަވަޝްކޭލިއާ ބަދަލުވީ ފްރާންސްގެ ޕީއެސްޖީ އަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment