Advertisement

އަޒްމިރާލްދާގެ މައްޗަށް ހިންގާ ސިއްރު ތަހުގީގުގައި ވަކީލަކު ބޭނުން ކުރުމުގެ ފުރުސަތު ވެސް ނުދިން

11 މާރިޗު 2025 - 07:38 0

އަހުމަދު އާއިދު

އ

Advertisement

ފަނޑިޔާރު އަޒްމިރަލްދާ އަދި އޭނާގެ ވަކީލު ޝަމީލް މިއަދު ޖޭއެސްސީގެ އޮފީހުން ނުކުންނަނީ : ތަހުގީގީ ކޮމިޓީން ވަކީލަށް ފުރުސަތު ނުދިން --- ފޮޓޯ: އަހުމަދު އާއިދު / އަދަދު


އަޒްމިރާލްދާގެ މައްޗަށް ހިންގާ ސިއްރު ތަހުގީގުގައި ވަކީލަކު ބޭނުން ކުރުމުގެ ފުރުސަތު ވެސް ނުދިން

11 މާރިޗު 2025 - 07:38 0

Advertisement

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ ސިއްރު ތަހުގީގުގައި ގާނޫނީ ވަކީލެއްގެ ބޭނުން ހިފުމުގެ ފުރުސަތަށް ހުރަސްއަޅައިފި އެވެ.

ސުލޫކީ މައްސަލާގައި ޖޭއެސްސީއަށް އަޒްމިރާލްދާ ހާޒިރުކުރީ މިއަދު ހެދުނު 10:00 ގަ އެވެ. ރައީސުލްޖުމްހޫރިިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ މެންބަރު ޔަޒްމީދު މުހައްމަދު ޗެއާކުރައްވާ ކޮމިޓީން އަޒްމިރަލްދާގެ ބަޔާން ނަގަން ގަޑިއިރެއްހާއިރު ހޭދަވި އެވެ.

Advertisement

އަޑުއެހުމަށްފަހު އަދަދު ނޫހާ ވާހަކަ ދައްކަވަމުން އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ޖޭއެސްސީން ކުރާ ތުހުމަތު ތަކަށް ފަނޑިޔާރު އިންކާރު ކުރެއްވި ކަމަށެވެ. ނަމަވެސް ފަނޑިޔާރުގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ކޮމިޓީން ވަކީލަށް ނުދިންކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެބޭފުޅުން ފުރުސަތެއް ނުދެއްވި. ވަކީލަށް އެއްވެސް ވާހަކައެއް ނުދެއްކެވޭނެ ކަމަށް އެބޭފުޅުން ފާހަގަކުރައްވަމުން ގެންދެވީ،" ވަކީލު ވިދާޅުވި އެވެ.

ޖޭއެސްސީން މިހާރު ބަލަމުންގެންދާ ސުލޫކީ މަައްސަލަތައް ބަލަން ފެށީ ކޮޮރަޕްޝަން ހިނގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސަސްޕެންޑުކުރި ފަހުންނެވެ. އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އެވެ.

Advertisement

އެ މައްސަލާގެ އިތުރުން ޖޭއެސްސީން ބަލަނީ ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.

ޝާމިލްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ޝާމިލް ސޮއިކުރި ސިޓީގައި ސިޓީ ނަންބަރެއް ނެތް ކަމަށާއި ޖޭއެސްސީއަށް ޖިނާއީ ތަހުގީގެއް ހިންގާކަން އެންގިއިރު އެފަދަ ތަހުގީގެއް އޭނާގެ މައްޗަށް ކުރަން އޭސީސީން ނިންމާފައި ނުވާކަން އަޒްމިރާލްދާ ފާހަގަކުރެއްވި.

ޝާމިލްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ޝާމިލް ސޮއިކުރި ސިޓީގައި ސިޓީ ނަންބަރެއް ނެތް ކަމަށާއި ޖޭއެސްސީއަށް ޖިނާއީ ތަހުގީގެއް ހިންގާކަން އެންގިއިރު އެފަދަ ތަހުގީގެއް އޭނާގެ މައްޗަށް ކުރަން އޭސީސީން ނިންމާފައި ނުވާކަން އަޒްމިރާލްދާ ފާހަގަކުރެއްވި.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ. އަދި، މައްސަލަތައް ބަލާ ކޮމިޓީ އެކުލަވާލާފައިވަނީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ.

މީގެ އިތުރުން، މައްސަލައާ ގުޅިގެން ހޯދަން އެދިލެއްވި ލިޔެކިޔުންތައް ޖޭއެސްސީން ދޫނުކުރާ ކަމާއި ފިރިކަލުންގެ މައްސަލާގައި ނުފޫޒު ފޯރުވުމުގެ ގޮތުން އޭނާ އަދި އެހެން މީހަކު މެދުވެރިކޮށް ވެސް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅާފަ ނުވާނެކަން ޖޭއެސްސީއަށް ދިން ބަޔާނުގައި އަޒްމިރަލްދާ ފާހަގަކުރެއްވި އެވެ.

މިކަންކަން ފާހަގަކުރެއްވުމުން، ތަހުގީގީ ރިޕޯޓު ނެރުމުން އެކަންކަން ފާހަގަކުރުމަށް ކޮމިޓީގެ މެންބަރުން ވިދާޅުވި ކަމަށް ވެސް އަޒްމިރަލްދާގެ ވަކީލު ފާހަގަކުރެއްވި އެވެ.

ޖޭއެސްސީގެ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ވަކީލުން މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ އެދިވަޑައިގަތެވެ. ނަމަވެސް، އާންމު މަސްލަހަތަށް ގެއްލުން ވެދާނެ ކަމަށް ބުނެ ޖޭއެސްސީން ނިންމީ ތަހުގީގު އަޑުއެހުންތައް ސިއްރު ކުރުމަށެވެ.

އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރާލްދާ އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ އެވެ. މީގެ ކުރިން ވެސް އެ ކޮމިޝަނުން, ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.

ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައިގެ ތަހުގީގަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ވަނީ ހާޒިރުވެވަޑައިގެން ބަޔާން ދެއްވާފަ އެވެ.