9 މާރިޗު 2025 - 16:13 2
އަހުމަދު އާއިދު
ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި އަޒްމިރަލްދާ ފަނޑިޔާރުންގެ ބެންޗުގައި. އޭނާ ޖޭއެސްސީއަށް ހާޒިރުކުރަނީ މާދަމާ ---
9 މާރިޗު 2025 - 16:13 2
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއްގެ ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް ސިއްރުކުރީ އެ އަޑުއެހުން އާންމުކޮށްފިނަމަ އާންމު މަސްލަހަތަށް ގެއްލުން ވެދާނެތީ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ އެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަޒްމިރަލްދާ އެދިފައި ވަނިކޮށެވެ.
އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރަލްދާ އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ އެވެ. މީގެ ކުރިން ވެސް އެ ކޮމިޝަނުން, ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.
ނިންމުމާ ގުޅިގެން ޖޭއެސްސީން ފަނޑިޔާރަށް ފޮނުވި ސިޓީގައި ބުނީ އަޑުއެހުން ސިއްރުކުރީ އެ ކޮމިޝަނުގެ ތަހުގީގީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމި ނިންމުން ކޮމިޝަނުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ. އެގޮތަށް ނިންމީ މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ޖޭއެސްސީން ފުރަތަމަ އެންގީ ފަނޑިޔާރު އަޒްމިރަލްދާ މިއަދު ހެނދުނު 11:00 އަށް އެ ކޮމިޝަނަށް ހާޒިރުވުމަށެވެ. ނަމަވެސް، މާދަމާގެ ގަޑިއަކަށް ތަހުގީގު އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ.
އަޒްމިރާލްދާގެ އަޑުއެހުން ސިއްރުކުރަން ޖޭއެސްސީން ނިންމައިފި
އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް ފަނޑިޔާރުގެ ގާނޫނީ ވަކީލުން ޖޭއެސްސީގައި އެގޮތަށް އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ. މީގެކުރިންވެސް އެގޮތަށް އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވޭ.
އަޒްމިރާލްދާގެ އަޑުއެހުން ސިއްރުކުރަން ޖޭއެސްސީން ނިންމައިފި
އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް ފަނޑިޔާރުގެ ގާނޫނީ ވަކީލުން ޖޭއެސްސީގައި އެގޮތަށް އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ. މީގެކުރިންވެސް އެގޮތަށް އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވޭ.
އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ.
އަޒްމިރަލްދާ ސަސްޕެންޑުކުރީ, އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ ލިބުނު ސިޓީއަކާ ގުޅިގެން, ގާނޫނު އަސާސީ ބަދަލުކުރި މައްސަލައިގެ އަޑުއެހުމަކަށް ކުޑަތަން ވެފައި ވަނިކޮށެވެ.
ޖޭއެސްސީން މިހާރު ބަލަމުން ގެންދާ ސުލޫކީ މަައްސަލަތައް ބަލަން ފެށީ ކޮޮރަޕްޝަން ހިނގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސަސްޕެންޑުކުރި ފަހުންނެވެ. އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އެވެ.
އެ މައްސަލާގެ އިތުރުން ޖޭއެސްސީން ބަލަނީ ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.
16.67%
0.00%
66.67%
16.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
7 days ago
ޖޭ އެސް.ސީ. އޮރިޔާންވާނެތީ ސިއްރުކުރީ، ހަދާ މަކަރާ، ރައްޔިތުންނަށްދޭ އަނިޔާ އާއްމުވާނެތީ، މުއިއްޒު ހުންނާނެ ގިޔާމަތްދުވަހު ޖޭ.އެސް.ސީ މީހުން ހިމާޔަތްކުރަންދޯ.؟
ފޮނިހުސޭނު
7 days ago
އަޒްމެރަލްޑާ، ސުއޫދު، އަދި މަހާޒް، ސަސްޕެންޑްކުރީވެސް އާއްމު މަސްލަހަތައް ގެއްލުންވެދާނެތީ.
Comment