4 މާރިޗު 2025 - 10:20 1
އަމަން ހަލީމް
ޖޭއެސްސީން ސުވާލުކުރި ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބާއި އިބްރާހިމް ޒިހުނީ: މި މައްސަލައިގައި ތުހުމަތުކުރެވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މި ވަގުތު ތިބީ ސަސްޕެންޝަނުގައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
4 މާރިޗު 2025 - 10:20 1
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކޯޓުގެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް, ބަޔާންނަގައިފި އެވެ.
މި ކަމުގައި ޖޭއެސްސީގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް އަދަދު އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓުގެ ގާޒި އިބްރާހިމް ޒިހުނީގެ ބަޔާން ނަގާފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި ގާޒީ ސަފްއަތު ހަބީބުގެ ބަޔާން ނެގުމަށް ހަމެޖިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ނުފޫޒު ފޯރުވި މައްސަލައިގައި ޖޭއެސްސީން ތުހުމަތުކުރަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރަށާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާށެވެ. އެ ދެ ފަނޑިޔާރުން މި ވަގުތު ތިބީ ސަސްޕެންޝަނުގަ އެވެ. ނަމަވެސް އެއީ މި މައްސަލައާ ގުޅިގެން ނޫނެވެ.
އެ ދެ ފަނޑިޔާރުންނާއި ސުޕްރީމް ކޯޓުން މިއަދު އިސްތިއުފާދެއްވީ ހުސްނުއްސުއޫދު ޖޭއެސްސީން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ހާމަކުރަން އޭސީސީން ވަނީ ދެކޮޅު ހަދާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތައް ބަލަން ފެށީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލަ ބަލަމުންދަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑުކުރި ކަން އެންގީ ވެސް އެ މައްސަލައިގައި ނެރެދޭން އެދުނު ވަގުތީ އަމުރެއްގެ އަޑުއެހުމަށް ކުޑަތަން ވެފައި ވަނިކޮށެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ އިތުރުން, ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ބިލެއް ވެސް ފާސްކޮށްފަ އެވެ.
14.29%
0.00%
71.43%
14.29%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ވޯލް
about 2 months ago
ރާއްޖޭގައި ތިބި އެންމެ ކޮރަޕްޓް ފަންޑިޔާރުން ތިބި ކޯޓުގަ މި އަހަނީ ނުފޫޒު ފޯރުވިތޯ.
Comment