Advertisement

ބަލަނީ ފަނޑިޔާރުންގެ ފޭކު މައްސަލައެއް ކަމަށް ބުނާ ވާހަކައަށް އޭސީސީއިން ބަހެއް ނުބުނި

4 މާރިޗު 2025 - 05:16 0

ލީވާން އަލީ ނާސިރު

ލ

Advertisement

އޭސީސީގެ ރައީސް ޝާމިލް (ކ): ފަނޑިޔާރުންގެ މައްސަލައިގައި އެއްވެސް މައުލޫމާތެއް ދޭން އޭސީސީން ވަނީ އިންކާރު ކޮށްފައި -- ފޮޓޯ؛ ރައީސް އޮފީސް


ބަލަނީ ފަނޑިޔާރުންގެ ފޭކު މައްސަލައެއް ކަމަށް ބުނާ ވާހަކައަށް އޭސީސީއިން ބަހެއް ނުބުނި

4 މާރިޗު 2025 - 05:16 0

Advertisement

Advertisement

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފެން މަތި ކުރުވީ ކަމެއް އުފައްދައިގެން ކަމަށް ބުނާ ވާހަކައަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެއްޗެއް ނުބުނި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާކަން އޭސީސީން ބުނެ އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލަ ބަލަން ކުޑަތަންވެފައި އޮއްވަ އެވެ.

Advertisement

ނަމަވެސް އެކަމާ ގުޅިގެން ތަފާތު އެތައް ސުވާލެއް އަދަދު އިން އޭސީސީއާ ކުރުމުން ވެސް ބުނެފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެއްވެސް އެއްޗެއް މިވަގުތު ބުނެވެން ނެތް ކަމަށެވެ.

"ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްވާތީ އެއްވެސް އެއްޗެއް މިވަގުތު ބުނެވެން ނެތް. ކުރި ހުރިހާ ސުވާލަކީ ވެސް ތަހުގީގާ ގުޅޭ ސުވާލުތައް،" އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަދަދު އިން އޭސީސީއާ ކުރި ސުވާލުތައް:

Advertisement

  • ތިން ފަނޑިޔާރުންގެ މައްސަލަ އޭސީސީއަށް ލިބުނީ ކޮން އިރަކު؟
  • ހުށަހަޅާފައިވަނީ ކާކުކަން އެނގޭ ގޮތަށްތޯ؟ ނުވަތަ ކާކުކަން ނޭނގޭ ގޮތަށްތޯ؟
  • ތުހުމަތު ކުރެވޭ މައްސަލައަކީ ކޮބައިތޯ؟
  • މައުލޫމާތު ސާފުކުރުމަށް ފަހު، ތަހުގީގު ކުރަނީ ޖިނާއި މައްސަލައެއް ކަމަށް ކަނޑައެޅީ ކޮން ދުވަހަކުތޯ؟
  • ޖޭއެސްސީއަށް ސިޓީ ފޮނުވީ ކޮން ދުވަހަކު، ކޮން ގަޑިއަކުތޯ؟
  • ޖޭއެސްސީ އަށް ސިޓީ ހިފައިގެން ދިޔައީތޯ؟ ނުވަތަ އޮންލައިން ސިސްޓަމުން ފޮނުވީތޯ؟
  • ތުހުމަތު ކުރެވޭ އެއްވެސް ފަނޑިޔާރަކާ މިހާތަނަށް އެއްވެސް ގޮތަކުން ސުވާލެއް ކޮށްފިންތޯ؟

އޭސީސީއާ އަމާޒުކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދިނުމުން ސަސްޕެންޑުކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތެއް މިހާތަނަށް ސާފެއް ނުވެ އެވެ. އަދި ފަނޑިޔާރުން ސަސްޕެންޑުކުރުމާ އޭސީސީން މައްސަލަ ބަލަން ފެށި ވަގުތާ ދެމެދު ހިނގި ވަގުތެއް ސާފެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްސަލަ އޭސީސީން ބަލަމުންދާކަން ހާމަނުކުރަނިކޮށް، ޖޭއެސްސީން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރިކަން ވަނީ އިއުލާންކޮށްފަ އެވެ. ޖޭއެސްސީން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން އެ ތިން ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށެވެ. އެ އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ވަނީ ބިލެއް ވަނީ ފާސްކޮށްފަ އެވެ. ބިލު ފާސް ކުރީ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށެވެ. އެ ބިލު މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.