3 މާރިޗު 2025 - 05:29 0
3 މާރިޗު 2025 - 05:29 0
މެންޗެސްޓާ (މާޗް 3) - ކުރެވޭ ކަމެއް ނޭނގޭނަމަ، އުމުރުން 40 އަހަރުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި، ނުހުންނާނެ ކަމަށް ބުނެ، އެ ޓީމާ ހަވާލުވެހުރި ކޯޗު ރުބެން އަމޮރިމް، ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ އަށް ނުސީދާ ރައްދެއް ދީފި އެވެ.
ޓީވީ ޕަންޑިޓަކަށް ހުރެ، ދާދި ފަހުން ރޫނީ ވަނީ އަމޮރިމް ދެއްކި ވާހަކައަކާ ބެހޭގޮތުން އޭނާގެ ޝުއޫރުފާޅުކޮށްފަ އެވެ.
އެ ގޮތުން، ރޫނީ ބުނީ، ކަންކަން ހިނގާގޮތް އެންމެ ރަނގަޅަށް ދެނެނުގަނެ، އަމޮރިމް، ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގު ހޯދައިދޭ ވާހަކަ ދެއްކުމަކީ ކަންކަން ރަނގަޅަށް ނޭނގެނީ ކަމަށް ބުނެފަ އެވެ. އަދި، މި ވަގުތު ޔުނައިޓެޑް އޮތީ ލީގުގެ 14 ވަނައިގައި ކަމަށްވާއިރު، އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށާއި، މިއީ އޭނާގެ ކުޅުމުގެ ކެރިއަރު ކުރިއަށްދާ ވަގުތެއްނަމަ، ޔުނައިޓެޑްގެ ހުށަހެޅުމެއް ލިބިއްޖެނަމަ، ގަބޫލުނުކުރާނެ ކަަމަށް ވެސް ރޫނީ ވަނީ ބުނެފަ އެވެ.
ރޫނީގެ މި ވާހަކަތަކާ ގުޅިގެން އަމޮރިމް ވަނީ ރޭ އެފްއޭ ކަޕްގެ ގަދަ 16 ބުރުގައި ފުލަމް އަތުން ޔުނައިޓެޑް ބަލިވެ، މުބާރާތުން ކެޓި މެޗަށް ފަހު ޖަވާބުދީފަ އެވެ.
"ޕްރިމިއާ ލީގު ހޯދުމަކީ އަހަރެމެންގެ ގޯލަކީ، ކަމެއް ނޭނގޭ ކަމަށްވާނީ، އެއްވެސް ވަރަކަށް ނުވިސްނައި، މި ސީޒަނުގައި އަހަރެމެން ލީގު ހޯދާނަމޭ ބުނެފިއްޔާ. އެކަމަކު، އަހަރެމެންނަށް އަންނަ ސީޒަނުގައި ވަރުގަދަ ވާދައެއް ކުރެވޭނެ،" ސްޕޯޓިން ލިޒްބަންގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ފަހު، މީގެ ތިން މަސް ކުރިން ޔުނައިޓެޑާ ހަވާލުވި އަމޮރިމް ބުންޏެވެ.
އަމޮރިމް ބުނީ، މިހާރު އޮތް ހާލަތުގައި ޔުނައިޓެޑާ ބެހޭގޮތުން ކޮންމެ މީހަކަށް ވެސް ވާހަކަ ދައްކަން ފަސޭހަވެފައި ކަންކަން އެނގޭނެ ކަމަށާއި، ހާއްސަކޮށް އޭނާ އަކީ ވެސް ޓީވީ ޕަންޑިޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހަަކަށްވާތީ، އެ ގޮތަށް ވާހަކަ ދައްކަން ފަސޭހަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރެމެން މި ތިބީ ވަރަށް އުނދަގޫ ހާލަތެއް. އަހަންނަށް ކަންކަން އެނގޭ. ކަމެއް ނޭނގޭނަމަ، 40 އަހަރުގައި އަހަރެން ޔުނައިޓެޑްގެ ކޯޗަކަށް ނުހުންނާނެ،" އަމޮރިމް ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވިއިރު އޭނާގެ އަމިއްލަ ޓާގެޓަކީ ކުރިން މި ކްލަބް އޮތް ކާމިޔާބުގެ މަގަށް އަލުން ގެންދިއުން ކަމަށާއި އޭގެއިން އެންމެ ބޮޑު ކަމަކީ އަލުން ލީގު ހޯދުން ކަމަށް އަމޮރިމް ފާހަގަކުރި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment