ނަޕޯލީން ފަހު ވަގުތު އިންޓައާ އެއްވަރުކުރުމުން އިންޒާގީ ހިތްހަމަނުޖެހިފައި

1 މާރިޗު 2025 - 20:07 0


ނަޕޯލީން ފަހު ވަގުތު އިންޓައާ އެއްވަރުކުރުމުން އިންޒާގީ ހިތްހަމަނުޖެހިފައި

1 މާރިޗު 2025 - 20:07 0

ނޭޕްލްސް، އިޓަލީ (މާޗް 2) - އިޓާލިއަން ލީގުގައި މިރޭ ނަޕޯލީން ފަހު ވަގުތު ގޯލު ޖަހައި، 1-1 އިން އިންޓަ މިލާނާ އެއްވަރުކުރުުން، އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ އެ ނަތީޖާއާ މެދު ހިތްހަަމަނުޖެހުން ފާޅުކޮށްފި އެވެ.

މި މެޗުން މޮޅުވިނަމަ، އިންޓަ އަށް ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، އިންޓަ އެއްވަރުވުމުން، މި ވަގުތުު ތާވަލުގެ ކުރީގައި އޮތީ އެންމެ ޕޮއިންޓެއްގެ ލީޑަކާ އެކު އެވެ. އިންޓަ އަށް 27 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އަށް ވަނީ 27 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވަނީ، 27 މެޗުން 55 ޕޮއިންޓް ލިބިފަ އެެވެ. އެޓަލަންޓާ އިން ވަނީ ވެނެޒިއާއާ 0-0 އިން އެއްވަރުވެފަ އެވެ.

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޓަ އިން ލީޑުނެގީ، 22 ވަނަ މިނިޓްގައި ފެޑެރީކޯ ޑި މާކޯ ކާމިޔާބުކުރި ޕެނަލްޓީންނެވެެ. މި ގޯލުން މެޗުގެ ބޮޑުބައިގައި ލީޑުގައި އޮތް އިންޓަ މޮޅުވާނެ ކަމަށް ބަލައިގެންތިއްބައި، ނަޕޯލީން އެއްވަރުކުރީ މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށެވެ.

މެޗުގެ 87 ވަަނަ މިނިޓްގައި ނަޕޯލީގެ މި ގޯލު ޖެހީ ފިލް ބިލިން އެވެ. މިއީ، ނަޕޯލީގެ ސްޓަނިސްލާވް ލޮބޮޓްކާ ކުރި އެޓޭކެއްގައި ބައިވެރިވެ، ބިލިން ޖެހި ގޯލެކެވެ.

މި މެޗަށް ފަހު އިންޓަގެ ކޯޗު، އިންޒާގީ ބުނީ، ގެއްލިގެންދިޔައީ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި، ލީގު މިހާރު މި ކުރިއަށްދާ ގޮތަށް ބަލާއިރު، ލީގުގެ ރޭހުގައި އޮތް ޓީމަކާ ދެކޮޅަށް ކުޅޭ މެޗުތަކުން ކޮންމެހެނެއް ވެސް މޮޅުވާން ލިބޭ ފުރުސަތުގެ ބޭނުންހިފަން ޖެހޭނެ ކަމަށް އިންޒާގީ ވަނީ ބުނެފަ އެވެ. ސަބަބަކީ ހެޑް ޓު ހެޑް ގަވާއިދަށް ހިނގައްޖެނަމަ، އިތުބާރާ އެކު ދެމި އޮތުމުގެ ބޭނުމުގައި ކަމަށް އިންޒާގީ ފާހަގަކުރި އެވެ.