ސައުތެމްޓަން ބަލިކޮށް ޗެލްސީ ހަތަރަކަށް

26 ފެބުރުވަރީ 2025 - 03:43 0


ސައުތެމްޓަން ބަލިކޮށް ޗެލްސީ ހަތަރަކަށް

26 ފެބުރުވަރީ 2025 - 03:43 0

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން 4-0 އިން ބަލިކޮށް ޗެލްސީން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

މި ނަތީޖާއާ އާއެކު، ޗެލްސީން ހަތަރު ވަނަ އަށް ޖެހިލީ 27 މެޗުން 46 ޕޮއިންޓާ އެކު އެވެ. ކުރިން ހަތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ މި ވަގުތު ފަސް ވަނައިގައި އޮތީ 26 މެޗުން 44 ޕޮއިންޓާ އެކު އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ ވެސް ތިން ގޯލުގެ ލީޑަކާ އެކު އެވެ. އޭރިއާތެރެއިން ތަނަވަސްވި ފުރުސަތެއްގައި ޗެލްސީ އަށް ގޯލު ހުޅުވާލައިދިނީ، ކްރިސްޓޮފާ އެންކުންކޫ އެވެ. އަދި، ލީޑުފުޅާކޮށްދިން ގޯލު ޕެޑްރޯ ނެޓޯ ޖެހިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ހަމަޖެހިލީ ލީވައި ކޯލްވިލް ކާމިޔާބުކުރި ގޯލުންނެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، އިތުރު ގޯލުތަކެއް ޖެހޭތޯ މަސައްކަތްކުރި ޗެލްސީ އަށް މި ހާފުގައި ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކުރީ މާކް ކުކުރޭއާ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އިން ވަނީ 4-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. ބްރައިޓަން އިން 2-1 އިން ބޯންމައުތުގެ މައްޗަށް ކުރިހޯދިއިރު، ވުލްވްސް އަތުން ފުލަމް މޮޅުވީ 2-1 އިންނެވެ.