18 ފެބުރުވަރީ 2025 - 13:35 0
18 ފެބުރުވަރީ 2025 - 13:35 0
މެޑްރިޑް (ފެބްރުއަރީ 18) - ރެއާލް މެޑްރިޑްގެ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ޑޭވިޑް އަލަބާ އާއި އެންޓޯނިއޯ ރުޑިގާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ފެންނާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
މެޑްރިޑުން ވަނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-2 ގެ ނަތީޖާ އަކުން ކުރިހޯދައިފަ އެވެ. އެ މެޗުގައި ރެއާލްގެ ގިނަ ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވެ އެވެ. އޭގެ ތެރޭގައި ރުޑިގާ އާއި އަލަބާ ވެސް ހިމެނެ އެވެ.
އެކަމަކު އަނިޔާ އިން ސަލާމަތްވެ، އަލަބާ އާއި ރުޑިގާ މިހާރު އަންނަނީ ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
ރުޑިގާ އާއި އަލަބާ އަށް އަނިޔާވެ، މެޑްރިޑްގެ ކޯޗު ކާލޯ އެންޗޮލޮޓީ އެކަމުގެ ކަންބޮޑުވުން މީގެ ކުރިން ވަނީ ފާޅުކޮށްފަ އެވެ. އެކަމަކު، އެ ދެ ކުޅުންތެރިން ދެވަނަ ލެގުގެ ކުރިން ފިޓްވުން އެއީ އަންޗެލޮޓީ އަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމަކަށްވާނެ އެވެ.
ރެއާލުން ސިޓީއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗުގައި އެ ކްލަބްގެ ދަނޑު ސެންޓިއާގޯ ބާނަބެއު ގައި ކުޅޭނީ މާދަމާ ރޭ ރާއްޖެ ގަނޑިން ދަންވަރު 01:00 ގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment